ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ އަށް ގްރޫޕަކުން ދިން ހަމަލާ ކުށްވެރި ކުރައްވަމުން، ކޮރަޕްޝަންގެ މައްސަަލަތައް ބެލުމަށް ވެސް ފިޔަވަޅު އަޅުއްވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
19 ނޮވެމްބަރ 2022
ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ އަށް ގްރޫޕަކުން ދިން ހަމަލާ ކުށްވެރި ކުރައްވަމުން، ކޮރަޕްޝަންގެ މައްސަަލަތައް ބެލުމަށް ވެސް ފިޔަވަޅު އަޅުއްވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
ޝިމާޒް ރޭ މަގުމަތިން ހިންގަވާފައި ވަޑައިގަންނަވަނިކޮށް ގްރޫޕަކުން ވަނީ އޭނާއަށް ހަމަލާދީފަ އެވެ. އޭގެ ކުރިން މިދިޔަ ހަފުތާގައި އޭނާގެ ސައިކަލަށް ގެއްލުންދީފައިވާއިރު، އޭނާއަށް އިންޒާރުދީ މެސެޖުތަކެއް ފޮނުވި މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.
ޝިމާޒު ގަވާއިދާ ހިލާފަށް ވެހިކަލް ރަޖިސްޓްރީކޮށްދިނުން ފަދަ ކޮރަޕްޝަންގެ ބޮޑެތި ކުށްތަކާއި މިނިސްޓްރީގެ ސިޔާސީ މީހުންގެ އަބުރު ކަތިލާ ކަމުގެ ތުހުމަތުކޮށް އޭނާ މަގާމުން ވަކިކޮށްދޭން ވަރަށް ފަހުން މިނިސްޓަރު ނަހުލާ ވަނީ ރައީސް އޮފީހުގައި އެދިފަ އެވެ. އެކަމަކު ޝިމާޒް ގެންދަވަނީ އެ ތުހުމަތުތައް ތަކުރާރުކޮށް ދޮގު ކުރައްވަމުންނެވެ.
ރޭ ނަހުލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޝިމާޒަށް ދިން ހަމަލާ "ހަރުކަށި އިބާރާތުން" ކުއްވެރި ކުރައްވާ ކަމަށެވެ.
ނަހުލާ ވިދާޅުވީ، މައްސަލަތައް ބަލަމުންދާ ދަނޑިވަޅެއްގައި އެކަމަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަން މަސައްކަތްކޮށް، އެކަމުގެ ތެރޭގައި އޭނާގެ އާއިލާއަށް ނިސްބަތްކޮށް، އަބުރު ކަތިލުމުގެ ވާހަކަތަކެއް ދައްކަމުންދާ ކަމަށެވެ.
އެ ޓްވީޓު ނިންމަވާލައްވަމުން ނަހުލާ ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ފަސްޖެހުމެއް ނެތި ކުރައްވާނެ ކަމަށެވެ.
"ކޮރަޕްޝަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތް ފަސްޖެހުމެއްނެތި ކުރާނެ ވާހަކަ ދަންނަވަން،" ނަހުލާ ވިދާޅުވި އެވެ.
ޝިމާޒަށް ހަމަލާދިންކަން އޭނާގެ ޕާޓީ އެމްއާރްއެމުން ކަށަވަރުކޮށްދިން އިރު، ނަހުލާގެ ޕާޓީ ޖުމްހޫރީ ޕާޓީން ބުނީ، އެ ހަމަލާގައި ނަހުލާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. އޭނާއަށް ދިން ހަމަލާއާ މެދު ޖޭޕީން ވެސް ކަންބޮޑުވުން ފާޅުކުރި އެވެ.
ޝިމާޒް 'މިހާރު' އަށް ކުރިން ވިދާޅުވި ގޮތުގައި ވެހިކަލް ރަޖިސްޓްރޭޝަނާއި ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގައި ހިނގާ އެހެން މައްސަލަތަކުގެ ތުހުމަތު އެޅުވިޔަސް ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކުރައްވާފައި ނޯންނާނެ އެވެ. އޭނާ ވިދާޅުވީ ހުރިހާ ޒިންމާއެއް އަދާކުރައްވަނީ މިނިސްޓަރަށް އެނގިވަޑައިގެން ކަމަށެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ރާއްޖޭގައި ދުއްވާ ހުރިހާ ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏާ ހަވާލުކުރި މައްސަލައިގައި އެމްއާރުއެމުން ވެސް ޝިމާޒްގެ މައްސަލަ ބެލި އެވެ. އެކަމަކު ޕާޓީން އޭނާއާ މެދު ފިޔަވަޅެއް ނާޅަން ނިންމީ ޕީޖީން ދައުވާނުކޮށް މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލުމުންނެވެ.
"ޝިމާޒާ މެދު ގޮތް ނިންމަން ވާނީ ތަހުގީގަށްފަހު"
ނަހުލާއާ ދެކޮޅަށް ވިޔަފާރިވެރިންތަކެއް އޭސީސީއަށް
ކޮރަޕްޝަންގެ ތުހުމަތާ އަޅުގަނޑާ ގުޅުމެއް ނެތް: ރަފީއު
ރަޖިސްޓްރީ ބާތިލްކުރުން ހުއްޓުވުމުން ސުޕްރީމް ކޯޓަށް
އޮޓޯ ރިކްޝޯ ރާއްޖޭގައި ދުއްވަން ހުއްދައެއް ނުދޭނެ
ނަހުލާއަށް ތުހުމަތުކުރި މައްސަލަ އޭސީސީން ބަލަނީ
ނަހުލާ އާއި މުވައްޒަފަކަށް ތުހުމަތުކޮށް އޭސީސީއަށް
ހަމަލައަކީ ސިޔާސީ ބަޔަކު ހިންގި ފިނޑި އަމަލެއް:ޝިމާޒް
މިނިސްޓަރަށް ނޭނގި އެއްވެސް ކަމެއް ނުކުރަން: ޝިމާޒް
ވިލާއާ ގުޅޭ ކަމެއްގައި ބައިވެރިވުމެއް ނޯންނާނެ: ނަހުލާ