ހޮންގްކޮންގްގެ މީޑިއާ މަހުޖަނު، ޖިމީ ލައި، މަކަރާއި ހީލަތުގެ ކުށުގައި ގާތްގަނޑަކަށް ހަ އަހަރަށް ޖަލަށް ލުމަށް ހޮންގްކޮންގްގެ ކޯޓުން ހުކުމް ކޮށްފި އެވެ.
ހޮންގްކޮންގްގެ މީޑިއާ މަހުޖަނު، ޖިމީ ލައި، މަކަރާއި ހީލަތުގެ ކުށުގައި ގާތްގަނޑަކަށް ހަ އަހަރަށް ޖަލަށް ލުމަށް ހޮންގްކޮންގްގެ ކޯޓުން ހުކުމް ކޮށްފި އެވެ.
މިދިޔަ އާދީއްތަ ދުވަހު އޮތް ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވުމުގެ ކުރިން ފަނޑިޔާރު ވިދާޅުވީ، ލައިގެ މައްޗަށް ސާބިތުވި ކުށަކީ، އިމާރާތަކުން އޭނާ ކުއްޔަށް ހިފައިގެން އުޅުނު އޮފީސް ޖާގައެއް، ތިން ވަނަ ފަރާތަކަށް ގާނޫނާ ޚިލާފަށް ކުއްޔަށް ދިނުމެވެ. އެ ކުށް ސާބިތުވުމާ ގުޅިގެން އޭނާގެ މައްޗަށް ހުކުމް ކުރީ ފަސް އަހަރާއި ނުވަ މަހަށް ޖަލަށް ލުމާއެކު، ދެ މިލިއަން ހޮންގްކޮންގް ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ.
ޗައިނާ ސަރުކާރުގެ ސިޔާސަތާ އިދިކޮޅު އަދި ޑިމޮކްރެޓިކް އުސޫލުތަކަށް މަސައްކަތް ކުރައްވާ ޖިމީ ލައިގެ މައްޗަށް ހުކުމް ކުރި އިރު، 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފަ އެވެ.
ހޮންގްކޮންގް ސަރުކާރުން އެންމެ ފުރަތަމަ ޖިމީ ލައި ހައްޔަރު ކުރީ، "ބޭރުގެ ބާރުތަކާ ގުޅިގެން އުޅޭ" ކަމުގެ ތުހުމަތުގައި، އޮގަސްޓް 10، 2020 ގަ އެވެ. ނަމަވެސް ކަފާލާތުގެ ގޮތުގައި 300000 ހޮންގްކޮންގް ޑޮލަރު ކޯޓުގައި ބަހައްޓައިގެން އޭނާ ފުލުހުންގެ ބަންދުން ވީއްލުނެވެ.
ކަފާލާތުގެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން، ޑިސެމްބަރު 2، 2020 ގައި ޖިމީ ފުލުހުންގެ އިދާރާ އަށް ހާޒިރުވުމާ އެކު، މަކަރާއި ހީލަތުގެ ތުހުމަތުގައި ފުލުހުން އޭނާ ހައްޔަރުކުރި އެވެ. އަދި ހޮންގްކޮންގައި ފާސްކުރި ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ގައުމީ ސަލާމަތާ ޚިލާފު އަމަލުތަކެއް ހިންގުމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ތަހުގީގު ކުރަން ފެށި އެވެ.
އެފަހަރު ހައްޔަރުކުރުމުން ޖިމީގެ ފަރާތުން ކަފާލާތަށް އެދި ހުށަހެޅުމުން، ޑިސެމްބަރު 23، 2020 ގައި ޝަރުތުތަކެއްގެ މަތިން ހައި ކޯޓުން އޭނާގެ ކަފާލާތު ގަބޫލުކުރި އެވެ. އެއީ އޭނާ އަށް ޖާމިނުވި ތިން މީހުން ކުރެ ކޮންމެ މީހަކު ކޯޓުގައި 100000 ހޮންގްކޮންގް ޑޮލަރު ބެހެއްޓުމާއި، ކޯޓަށް ނުވަތަ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ނޫން ގޮތެއްގައި ގެއިން ބޭރަށް ނުނިކުތުމާއި، އޭނާގެ ޕާސްޕޯޓް ފަދަ ދަތުރުފަތުރަށް ބޭނުންވާ ހުރިހާ ލިޔެކިޔުމަށް ކޯޓުގައި ބެހެއްޓުމާއި، މީޑިއާގެ އެއްވެސް ޕްރޮގްރާމެއްގައި ބައިވެރި ނުވުމެވެ.
ނަމަވެސް، ހޮންގްކޮންގް ސަރުކާރުގެ ފަރާތުން އޭނާގެ ކަފާލާތު އިސްތިއުނާފުކުރުމުން، ފައިނަލް އެޕީލް ކޯޓުން، ޑިސެމްބަރު 31، 2020 ގައި ނިންމީ އޭނާގެ ކަފާލާތު އުވާލައި ހައްޔަރުކުރުމަށެވެ. އޭގެ ފަހުން ޖަލުގައި ހުއްޓައި، ހޮންގްކޮންގް ފުލުހުން ވަނީ، ގައުމީ ސަލާމަތާ ބެހޭ ގާނޫނާ ޚިލާފުވުމުގެ ކުށުގައި އަނެއްކާ އޭނާ ހައްޔަރުކޮށްފަ އެވެ.
އޭނާ މިހާރު ތަންފީޒު ކުރަމުން ދަނީ، 1989 ވަނަ އަހަރު ޗައިނާގެ ޓިއަނަމަން މައިދާނުގައި އާންމުން ކުރި މުޒާހަރާ ރޫޅައިލުމުގެ ތެރޭގައި މަރުވި މީހުންގެ ހަނދާނުގައި، 2020 ވަނަ އަހަރުގެ ޖޫން މަހު ފާހަގަކުރި ސުކޫތުގައި ބައިވެރިވުމުގެ ކުށުގައި އޭނާގެ މައްޗަށް ކޮށްފައިވާ 13 މަހުގެ ޖަލު ހުކުމެވެ. އޭނާގެ މައްޗަށް ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 13 ވަނަ ދުވަހު އެވެ.
ހޮންގް ކޮންގްގައި އުއިގޫރު މުސްލިމުންނަށް ތާއީދުކޮށްފި
ހޮންކޮންގު މުޒާހަރާ އެޕް ގޫގުލް ސްޓޯރުން ނަގައިފި
ހޮންކޮންގު މުޒާހަރާ އަށް ހިތްވަރުދޭން ކޭކުގައި މެސެޖެއް
ހޮންގް ކޮންގްގައި ދެ މިލިއަން މީހުންގެ އެއްވުން!
ބިލް އުވާލަންދެން ހޮންކޮން މުޒާހަރާ ކުރިއަށް ގެންދާނެ
ހޮންގް ކޮންގްގެ މުޝީރުން އެދެނީ ބިލް ފަސްކުރަން
ހޮންގް ކޮންގްގެ މުޒާހަރާ ރޫޅާލައިިފި
ބިލަކާ ދެކޮޅަށް ހޮންގް ކޮންގްގައި ބޮޑެތި މުޒާހަރާތަކެއް
ހޮންގްކޮން އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށައިފި
ޗައިނާ ފުލުހުން މުޒާހަރާތައް ހުއްޓުވައިފި