Roadha Mihaaru
ވޯކްޝޮޕެއްގައި ރޯވެ، މީހަކު ފިހިގެން ފަރުވާދެނީ

ވޯކްޝޮޕެއްގައި ރޯވެ، މީހަކު ފިހިގެން ފަރުވާދެނީ

14 ޑިސެމްބަރ 2022

މާލޭގެ ވޯކްޝޮޕެއްގައި ރޯވެ، މީހަކު ފިހިގެން ފަރުވާދޭން ފަށައިފި އެވެ. ހެންވޭރު ރަތްވިލާ މަގުގައި ހުރި އެ ވޯކްޝޮޕުގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލައިފަ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭގެ ވޯކްޝޮޕެއްގައި ރޯވެ، މީހަކު ފިހިގެން ފަރުވާދޭން ފަށައިފި އެވެ. ހެންވޭރު ރަތްވިލާ މަގުގައި ހުރި އެ ވޯކްޝޮޕުގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލައިފަ އެވެ.

ފިހުނު މީހާ އަށް އޭޑީކޭ ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ދާދި ފަހުން މ. ނިރުފެހިގޭގައި ހުރި ގަރާޖެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 10 ބިދޭސީން ވަނީ މަރުވެފަ އެވެ.

އެ ހާދިސާއަށް ފަހު، މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ގަރާޖުތައް ރައްކާތެރި ތަނަކަށް ބަދަލުކުރަން ހުޅުމާލެއިން ބިން ދޭން އެޗްޑީސީން ވަނީ ނިންމައިފަ އެވެ.

މީހުން ދިރިއުޅޭ ގެތަކުގައި ހިންގާ ގަރާޖުތަކުގައި ވެލްޑިން ކުރުމާއި ޓިންކަރިންކުރުން ފަދަ ކަންކަން ކުރެ އެވެ. އަދި އެ ތަންތަނުގައި ތަފާތު ކެމިކަލްތައް ބޭނުންކުރުމުން ފުރާނައަށް ނުރައްކާވާ ހާދިސާތައް ވެސް ހިނގާފައި އެބަހުއްޓެވެ.