ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕާ ހަވާލުކޮށްގެން ކުރީ ސަރުކާރުން ހަދަން ފެށި ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ލަސްވެ، މުޅި ޕްރޮޖެކްޓް ނިންމާ ތާރީހު އިތުރު ދެ އަހަރު ލަސްކޮށްފި އެވެ.
22 ޑިސެމްބަރ 2022
ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕާ ހަވާލުކޮށްގެން ކުރީ ސަރުކާރުން ހަދަން ފެށި ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ލަސްވެ، މުޅި ޕްރޮޖެކްޓް ނިންމާ ތާރީހު އިތުރު ދެ އަހަރު ލަސްކޮށްފި އެވެ.
އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސް މެނޭޖަރު ޝަމްއާން ޝާކިރު ވިދާޅުވީ، ޕްރޮޖެކްޓް ނިމޭ ތާރީހު އިތުރަށް ލަސްވީ، ކޮވިޑާ ގުޅިގެން އައި ޑިލޭތަކުގެ ސަބަބުން ކަމަށެވެ. އާ ޓާމިނަލްގެ މަސައްކަތް ކުރިއަށް ގެންދާ ސަބް ކޮންޓްރެކްޓަރަކީ ޗައިނާގެ ކުންފުންޏަކަށް ވާތީ، ޗައިނާއިން ލޭބަރުންނާއި މެޓީރިއަލް ގެނައުމުގައި ޑިލޭތައް ކުރިމަތިވި ކަމަށް އޭނާ ވިދާޅުވި އެވެ.
އާ ޓާމިނަލްގެ މަސައްކަތް އެންމެ ފުރަތަމަ އަމާޒު ހިފީ 2022 ވަނަ އަހަރު ނިންމާށެވެ. އެހެން ނަމަވެސް ވެރިކަން ބަދަލުވެ، ޕްރޮޖެކްޓްގެ ފަންޑުގެ މައްސަލަތަކެއް ކުރިމަތިވެ އަމަލީ މަސައްކަތްތައް ކުރުމުގައި ޑިލޭތައް ކުރިމަތިވި އެވެ. އަދި ކޮވިޑާ ގުޅިގެން އައި ޑިލޭތަކާ އެކު އަނެއްކާ އެ ޕްރޮޖެކްޓް ނިމޭނެ ކަމަށް ލަފާކުރީ 2023 ވަނަ އަހަރު އެވެ. އެހެން ނަމަވެސް، މިހާރު މަސައްކަތްތައް ދާ ގޮތުން އެތަން ބޭނުން ކުރަން ފެށޭނީ 2025 ވަނަ އަހަރު ކަމަށް ޝަމްއާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރު ދުވަހު އާ ޓާމިނަލްގެ މަސައްކަތް ވަރަށް ބޮޑަށް ލަސްވެގެން ދިއުމަށްފަހު، މިދިޔަ އޮގަސްޓުން ފެށިގެން އެތަނުގެ މަސައްކަތް އަނެއްކާ ވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.
"އެތަނުގައި މިހާރު ވަރަށް ބާރު ސްޕީޑުގައި މަސައްކަތްތައް އެބަ ކުރިއަށްދޭ. މިހާރު ކުރިއަށްދަނީ ބިލްޑިން އެތެރެ ފަޔާ ޕްރޫފް ކުރުމުގެ މަސައްކަތްތަކާއި ފުރާޅު ހަރުކުމުގެ މަސައްކަތް،" އޭނާ ވިދާޅުވި އެވެ.
އާ ޓާމިނަލް އެޅުމަށް ސައުދީ ބިންލާދިން ގްރޫޕާ ސަރުކާރުން ހަވާލުކޮށްފައި ވަނީ 2016 ވަނަ އަހަރު އެވެ. ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓްގައި ހަދާ، ގާތްގަނޑަކަށް 78،000 އަކަމީޓަރުގެ ޓާމިނަލަށް 5.5 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވެ އެވެ.
އާ ޓާމިނަލްގައި ފަސް ނަމާދުގެ ބަންގީގެ އަޑު އިވޭނެ
އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދޭނީ އޭ330 ބޯޓަށް
ކުރީގެ ރައީސުންގެ ދައުވަތަށް ވަޑައިގަތީ ނަޝީދާއި ވަހީދު
ޑްރޯން ޝޯ އާއި ހަވާއިން ދައްކާލީ މިނިވަންކަމާއި ތާރީހު
ޓާމިނަލްގެ 70 ޕަސެންޓް ނިންމީ މި ސަރުކާރުން: ޝަރީފު
އާ ޓާމިނަލްގައި ޔާމީނާއި އިބޫގެ ދައުރަށް ޝުކުރު
ރާއްޖޭގެ އިގްތިސާދީ އެންމެ މުހިއްމު ތަނބަކީ އެއާޕޯޓު: ރައީސް
ތާރީހީ ކުލަގަދަ ހަފުލާއަކުން އާ ޓާމިނަލް ހުޅުވައިފި
ޑްރޯން ޝޯ 9:20 އަށް، ހަވާ އެރުވުން 9:40 ގައި
މިރޭގެ ހަތެއް ޖަހަންދެން ހުޅުލޭގެ އުތުރު ނެރު ބަންދު!