25 ޑިސެމްބަރ 2022
އާންމުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ތަފާތު އެކި ފަހަރު މަތިން ވާހަކަ ދައްކާފައިވާ މައްސަލާގައި މިއަދު ހައްޔަރުކުރި އައްބާސް އާދިލް ރިޒާގެ ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ.
އާންމުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ތަފާތު އެކި ފަހަރު މަތިން ވާހަކަ ދައްކާފައިވާ މައްސަލާގައި މިއަދު ހައްޔަރުކުރި އައްބާސް އާދިލް ރިޒާގެ ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ.
އޭނާގެ ނަމުގައި ހިންގާ ޓުވިޓާ އެކައުންޓަކުން އިންޑިއާގެ އެމްބަސީ ރޯކޮށްލަން ގޮވާލި މައްސަލަ ބަލާނެ ކަމަށް ފުލުހުން ބުނެފައި ވަނިކޮށް، އައްބާސް ހައްޔަރުކުރީ ޗެނަލް 13ގެ ޕްރޮގްރާމެއް ނިންމާފައި ދަނިކޮށް މިއަދު ހެނދުނެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ ފުލުހުން ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ފަސް ދުވަސް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމު ވެސް ފުރުއްވި އައްބާސްގެ ނަމުގައި ކުރި ޓުވީޓެއްގައި ބުނީ އައްޑޫގައި ފެބުރުއަރީ 8ގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށެވެ. ނަމަވެސް، އެކަމުން ލިބުނު ގެއްލުމުން އަދި އޮތީ ބަދަލު ނުހިފި ކަމަށް، ހުޅުޖަހާފައި ހުރި ފޮޓޯތަކާ އެކު ކުރި ޓްވީޓުގައި ވެ އެވެ.
"އެމްބަސީން ފަށަން އަޅުގަނޑަށް ފެންނަނީ،" އިންޑިއާ އައުޓް ހޭޝްޓެގާއެކު ކުރި ޓްވީޓުގައި ބުންޏެވެ.
ނަމަވެސް އައްބާސް ބުނާ ގޮތުގައި އެއީ އޭނާ ބޭނުންކުރާ ޓުވިޓާ އެކައުންޓެއް ނޫނެވެ. އެ ޓްވިޓާ އެކައުންޓުގެ މައްސަލަ މިދިޔަ އަހަރު ޕޮލިހަށް ވެސް ހުށަހަޅާފައިވާނެ ކަމަށް އޭނާ ބުންޏެވެ. އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެއީ އައްބާސް ބޭނުންކުރާ ޓުވިޓާ އެކައުންޓެއްކަން ފުލުހުންނަށް ވަނީ ކަށަވަރުވެފަ އެވެ.
އައްބާސް އާދިލް ރިޒާ ހޯދަން ފުލުހުން އިއުލާންކޮށްފި
އައްބާސް ކޯޓަށް ހާޒިރު ނުކުރެވި ޝަރީއަތް ނުފެށިފައި
އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްފި
ހުޅުޖަހަން ގޮވި މައްސަލަ ސަރުކާރުން ކުށްވެރިކޮށްފި
އެމްބަސީގައި ހުޅުޖަހަން ގޮވި މައްސަލަ ކުށްވެރިކޮށްފި
ބެނާ ނަގަން އަމުރު ނެރެދިން ގާޒީއަށް އިންޒާރު
"އެއްވެސް އިނާޔަތެއް ކަނޑާލުމުގެ ވިސްނުމެއް ނެތް"
ސަލާންޖަހަން އުޅޭ 47 މީހަކު ފަރުވާއަށް ގެންގޮސްފި
ދަރިފުޅާ ބެހުނު ކަމުގެ ތުހުމަތުވި ބައްޕަ ހައްޔަރުކޮށްފި
ރަހީނުކުރި މައްސަލާގައި އިތުރު 4 މީހަކު ހައްޔަރުކޮށްފި