އުގެއިލް ފައުންޑޭޝަނުން ހިންގާ "ދަ ސާކަލް" އެކަޑަމީގެ ޕްރޮގްރާމުތަކުގައި ކިޔަވާ ދަރިވަރުން ތައްޔާރު ކުރި ފޮތް "ދަ އިޔާ 2024" ނެރެފި އެވެ.
26 ޑިސެމްބަރ 2022
އުގެއިލް ފައުންޑޭޝަނުން ހިންގާ "ދަ ސާކަލް" އެކަޑަމީގެ ޕްރޮގްރާމުތަކުގައި ކިޔަވާ ދަރިވަރުން ތައްޔާރު ކުރި ފޮތް "ދަ އިޔާ 2024" ނެރެފި އެވެ.
އެ ފޮތް އިފްތިތާހުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ފޮތް ނެރެދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އަހުމަދު އާތިފް އެވެ. އެ ފޮތަކީ އުގެއިލް ފައުންޑޭޝަނާއި އެޗްޑީސީން ގުޅިގެން ނެރުނު ފޮތެކެވެ. އެ ފޮތަކީ 2045 ވަނަ އަހަރު ދުނިޔެ އޮންނާނެ ގޮތް ކަމަށް ދަރިވަރުން ކުރާ އުއްމީދާއި، ތަސައްވުރު ހިމަނައިގެން ތައްޔާރު ކޮށްފައިވާ ފޮތެކެވެ.
އެޗްޑީސީގެ ސީއީއޯ އަހުމަދު އާތިފް "ދަ އިޔާ 2045" ފޮތް ބައްލަވާލައްވަނީ. -- ފޮޓޯ: އެޗްޑީސީ
"ދަ ސާކަލް"ގެ އެކި ޕްރޮގްރާމުތަކުގެ ދަށުން ދަރިވަރުންގެ ބައެއް އިލްމީ މަސައްކަތްތައް ޕަބްލިޝްކުރުން ފަދަ ފުރުސަތުތައް ފަހިކޮށްދެމުން އަންނަ ކަމަށް އެ އެކަޑަމީއިން ބުނެ އެވެ. އެ އެކަޑަމީއިން ބުނި ގޮތުގައި ބޮޑެތި މީހުންނާއި ކުޑަކުދިންނަށް އަމާޒުކޮށް އެ އެކަޑަމީއިން ކުރިއަށް ގެންދާ ޕްރޮގްރާމުތަކަށް އެޗްޑީސީގެ އެހީތެރިކަން އަންނަނީ ލިބެމުންނެވެ.
ދަސާކަލްގެ ޕްރޮގްރާމްތަކުގެ ތެރޭގައި ލީޑާސް އޮފް ޓުމޯރޯ, ކޯޑިން އެންޑް ކްރިޓިކަލް ތިންކިން, އެޑްވާންސްޑް ކޯޑިންގް އަދި ކްރިއޭޓިވް އިންގްލިޝް ފަދަ ޕްރޮގުރާމުތައް ހިމެނެއެވެ. އެ ޕްރޮގްރާމްތަކުގެ މައިގަނޑު މަގުސަދަކީ އެކި ކަންކަމާ ގުޅޭ މައުލޫމާތުތައް ފޯރުކޮށްދީ، ދަރިވަރުންގެ ވިސްނުން ތަރައްގީކޮށް ދިރިއުޅުމުގެ އެކި މަރުޙަލާތަކުގައި ބޭނުންކުރެވޭނެ މުހިންމު ހުނަރުތައް ދަސްކޮށްދިނުމެވެ.
ހުޅުމާލޭ ބައެއް މަގުތައް މަރާމާތުކުރަން ޗައިނާ ބަޔަކަށް
ހިޔާގެ އެއްބަސްވުން/އަގުގެ ބަދަލު ފެންނާނެގޮތް ހަދައިފި
އިސްކުރަންވީ ކެތްތެރިކަމާއި އިހުސާންތެރިކަން: ފަސްޓްލޭޑީ
ހުޅުމާލޭ ފަރަށް ބަޔަކު ގެއްލުން ދީފި
ވިނަރެސްއިން ކާރު ޕާކިން ޖާގަ ބީލަން އުސޫލުން ވިއްކަނީ
ހުޅުމާލެއިން ސްޓޯލް ވިއްކާ ކަމަށް ބުނެ ސްކޭމް ހިންގަނީ
އެޗްޑީސީ މުވައްޒަފުންގެ ފްލެޓުތައް ހަވާލުކުރަން ފަށައިފި
އެޗްޑީސީން 32 ރަށެއްގައި ކުޑަކުދިންގެ ޕާކު ހަދައިދެނީ
ހުޅުމާލެ 3 ގެ ބިން ހިއްކަން އަލުން ފަށައިފި
ގަމުގައި ހަދާ ދެ ނާސަރީގެ މަސައްކަތް އެޗްޑީސީއަށް