ހިނގާ ބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ، އިތުރު 33 މީހަކަށް މޮޓޮރައިޒްޑް ވީލް ޗެއާ ހަދިޔާކުރަން ނިންމައިފި އެވެ.
27 ޑިސެމްބަރ 2022
ހިނގާ ބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ، އިތުރު 33 މީހަކަށް މޮޓޮރައިޒްޑް ވީލް ޗެއާ ހަދިޔާކުރަން ނިންމައިފި އެވެ.
ބީއެމްއެލް އިން ބުނީ އަލަށް ހަދިޔާ ކުރާ ވީލްޗެއާއާ އެކު މިހާތަނަށް 200 އަށް ވުރެ ގިނަ މީހުންނަށް ވީލްޗެއާ ހަދިޔާކުރެވުނީ ކަމަށެވެ. ބީއެމްއެލް އިން ވީލްޗެއާ ހަދިޔާ ކުރުމުގެ ޕްރޮގްރާމް ފެށީ 2017 ވަނަ އަހަރު އެވެ.
ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ބޭންކުން އަބަދުވެސް އިސްކަން ދޭ ކަމެއް ކަމަށެވެ.
"މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން މިވަނީ ގިނަ ފަރުދުންނާއި އާއިލާތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމުގައި މުހިންމު ދައުރެއް އަދާކޮށްފައި. މި ފުރުސަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވީލްޗެއާ ހަދިޔާ ކުރުމަށް އަޅުގަނޑުމެންގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރަން،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލް އިން ވީލްޗެއާ ހަދިޔާ ކުރި މީހަކު ވީލް ޗެއާގައި: ބޭންކުން ވީލްޗެއާ ހަދިޔާ ކުރުމުގެ ޕްރޮގްރާމް ފެށީ 2017 ގައި-- ފޮޓޯ: ބީއެމްއެލް
ބީއެމްއެލް އިން އަންނަނީ ގިނަ ޕްރޮގްރާމްތަކެއް މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވަމުންނެވެ. ދާދިފަހުން ބޭންކުން ވަނީ 10 ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ވެސް ހަދިޔާކޮށްފަ އެވެ.
މޯލްޑިވްސް ޑެފް އެސޯސިއޭޝަނާ ގުޅިގެން ބޭންކުން ވަނީ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި ހާއްސަ ހަރަކާތްތަކެއް ވެސް ހިންގައިފަ އެވެ. އަދި މި އަހަރު ކުރީކޮޅު ބޭންކުން ވަނީ އެ އެސޯސިއޭޝަނުން ތައްޔާރުކުރަމުންދާ އޮންލައިން ޑިކްޝަނަރީއެއް އުފެއްދުމުގެ މަސައްކަތަށް ވެސް އެހީވެފަ އެވެ.
މި ކަންކަމުގެ އިތުރަށް ދާދިފަހުން ބޭންކުން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ޓްރާންސްޕޯޓްގެ ހިދުމަތް ދިނުމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތް ޑިސަބިލިޓީސް އަށް ވެސް އެހީވެފަ އެވެ.
9 ރަށެއްގެ ސެން ކްލާހަކަށް ބީއެމްއެލްގެ އެހީ ދީފި
ހިޔާވަހި ލޯނުގެ ޝަރުތުތަކަށް ދެވަނަ ބުރުގައި ލުއި ދެނީ
ބީއެމްއެލްގައި ދުވަސްވީ މުވައްޒަފުންގެ އަގު ވަޒަންކޮށްފި
ބީއެމްއެލް އިން ލަންކާއަށް 25،000 ޑޮލަރު
ބޭންކިންގެ އުސޫލާ ހިލާފަށް ލޯނެއް ނުދެން: ބީއެމްއެލް
"އާ ފްލެޓްތައް ހާއްސަ ކުރާނީ ވިލިމާލޭ ރައްޔިތުންނަށް"
ބީއެމްއެލްގެ އަގުވަޒަންކޮށް ބައިނަލްއަގްވާމީ އެވޯޑެއް
ބްރާންޗުތަކުގެ މުވައްޒަފުން ފައިނޭންޝަލްއެޑްވައިޒަރުންނަށް
"ނިންމާލާނީ އެންމެ ވަރުގަދަ އެއް އަހަރުގެ ގޮތުގައި"
ޗެމްޕިއަންސް ލީގުގެ މެޗަކަށް ދާނެ ފުރުސަތު ދެނީ