ސަރުކާރުން ގއ. ވިލިގިނލީގައި ހަދާ 50 ފްލެޓްގެ ބިންގާ މިއަދު އަޅައިފި އެވެ.
17 ޖެނުއަރީ 2023
ސަރުކާރުން ގއ. ވިލިގިނލީގައި ހަދާ 50 ފްލެޓްގެ ބިންގާ މިއަދު އަޅައިފި އެވެ.
އެ ރަށުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ފްލެޓްތަކުގެ ބިންގާ އަޅުއްވައި ދެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އަދިި އެ ރަށު ކައުންސިލުގެ މެމްބަރުންނެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ވިލިގިނލީގައި 700 އަކަފޫޓުގެ 50 ފްލެޓް އިމާރާތްކުރުމުގެ މަސައްކަތް މިދިޔަ އަހަރު ޖޫން މަހު ހަވާލުކުރީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްއާ އެވެ.
ސަރުކާރުން ގއ. ވިލިގިނލިގައި ހަދާ 50 ފްލެޓްގެ ބިންގާ އަޅަން ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ހައުސިން މިނިސްޓްރީ
ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކުރަން ނިންމާފައިވާ މި މަޝްރޫއުގެ އަގަކީ 48 މިލިއަން ރުފިޔާ އެވެ.
އެތަނުގައި ތިން ކޮޓަރި، ތިން ފާހަނާ، ސިޓިން ރޫމް، ކާގެ، ބަދިގެ، ލޯންޑްރީ އަދި ގުދަނެއް ވެސް ހުންނާނެ އެވެ. އަދި ކޮންމެ ފްލެޓެއްގައި ބެލްކަންޏެއް ވެސް ލާނެ އެވެ. މި ފްލެޓް އިމާރާތްތައް ހަދަނީ ރޯހައުސް ގޮތަށް، ދެ ބުރިއަށެވެ.
ފްލެޓްތައް އަޅާ ސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކުކުރާނެ ސަރަހައްދެއް ވެސް އެ މަޝްރޫއުގެ ދަށުން ހަދަން ވަނީ ހަމަޖެހިފަ އެވެ.
ތުޅާދޫ ހައުސިން ޔުނިޓު ދޫކުރަން މިނިސްޓްރީ ހަވާލުވެއްޖެ
ވަކި މަސައްކަތެއް ކުރާތީ ފްލެޓް ދިނުން އިންސާފުވެރި؟
ޝަރުތު ހަމަވި މީހުން ފްލެޓަށް އަލުން ކުރިމަތިލާން ޖެހޭ
ފްލެޓު ލިބޭނީ މާލޭގައި ދިރިއުޅޭތާ 15 އަހަރު ވުމުން
އާ ފްލެޓާއި ގޯއްޗަށް ހުޅުވާލާނީ ޖެނުއަރީ 4 ގައި
މުއައްސަސާތަކާއި ސިފައިން އަދި ފުލުހުންނަށް ފްލެޓް ލިބޭ
ސިޔާސަތު ހާއްސަކުރީ ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް
ފްލެޓް ދޭން ގެދޮރުނެތް މީހުންނަށް އިސްކަންދެވޭނެ ގޮތެއް
ފްލެޓް އަޅަން ބީއެމްއެލްގެ ސަބްސިޑަރީ ކުންފުންޏެއް
އަގު ހެޔޮކޮށް ވިއްކާ ފްލެޓް އަޅަން ބިން ހަވާލުކޮށްފި