ކިންގް ފޮރެކްސް ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް އުފައްދައި އަދި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލައިގައި ކިންގްސް ކެޕިޓަލް ހޯލްޑިންގްސްގެ ބޯޑް މެމްބަރު އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ އޮފީސް އިއްޔެ ފާސްކޮށްފި އެވެ.
20 ޖެނުއަރީ 2023
ކިންގް ފޮރެކްސް ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް އުފައްދައި އަދި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލައިގައި ކިންގްސް ކެޕިޓަލް ހޯލްޑިންގްސްގެ ބޯޑް މެމްބަރު އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ އޮފީސް އިއްޔެ ފާސްކޮށްފި އެވެ.
އަލްހާންގެ ހިއްސާ އޮންނަ ކިންގް ފޮރެކްސް ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް އުފައްދައި އަދި ގިނަ ބައެއްގެ އަތުން ފައިސާ ނެގި ކަމަށް ބުނެ އަލްހާންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތުކޮށް، ޖިނާއީ ތަހުގީގެއް ދަނީ ހިންގަމުންނެވެ.
އެ މައްސަލައިގެ ތަހުގީގަށް އަލްހާން ވަނީ މިދިޔަ އަހަރުގެ މޭ މަހު ފުލުސް އޮފީހަށް ވެސް ހާޒިރުކޮށްފަ އެވެ. އެ މައްސަލަ ފުލުހުން ވަނީ ޕީޖީ އަށްވެސް ފޮނުވައިފަ އެވެ.
ފުލުހުން ބުނީ، އެ އިދާރާއިން ހިންގަމުންދާ ތަހުގީގަކާ ގުޅިގެން އަލްހާންގެ އޮފީހާއި ދިރިއުޅޭ ތަން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ފުލުހުން އެ ތަންތަން ބަލާ ފާސްކޮށްފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައިގަ އެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު ވެސް ވަނީ ހިފަހައްޓައިފަ އެވެ.
އަލްހާން ހިންގި ކިންގްސް ކެޕިޓަލް ސްކީމް މީގެ ނުވަ ވަރަކަށް މަސް ދުވަސް ކުރިން މައްސަލަގަނޑަކަށް ވި ހިސާބުން އެ ފައިސާ ހޯދަން އިންވެސްޓަރުން މަސައްކަތް ކުރި އެވެ. އެ ސްކީމް މައްސަލަ އަކަށް ވީ، އެއީ ޕޮންޒީ ސްކީމްގެ ހުރިހާ ސިފައެއް ހުރި ސްކީމަކަށް ވެފައި، ހުއްދަ ނުހޯދައި އެކަހަލަ ފަންޑުތައް ނުހިންގޭނެ ކަމަށް އެމްއެމްއޭ އިން އިއުލާން ކުރި ހިސާބުންނެވެ.
އޭރު، އެތައް ބަޔަކު އެ ސްކީމަށް ވަނީ އިންވެސްޓްކޮށްފަ އެވެ. އެ މީހުން ފައިސާ އިންވެސްޓް ކުރީ، އިންވެސްޓްކުރި ފައިސާ ވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ދެ ގުނަ، ތިން ގުނަ ވާނެ ކަމަށް ބުނެ ކުންފުނިން ދިން ޔަގީން ކަމާ އެކު އެވެ.
ނަމަވެސް އެއިން އެއްވެސް ފައިސާއެއް އެއްވެސް މީހަކަށް މިހާތަނަށް ވެސް ލިބޭގޮތެއް ނުވެ އެވެ.
ސްކޭމްތަކާ ގުޅިގެން އިދާރާތައް އެސްއޯއީ ކޮމިޓީއަށް
އަލްހާން އާއި ދެ ކޮއްކޮއަކަށް ދައުވާކުރަން ޕީޖީއަށް
ސްކޭމް ކޯލްތައް އިތުރުވެ، އިދާރާތައް އެއް މޭޒަކަށް
ކިންގްސްގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި
އަހަރެން މީ ކާކުކަން އެނގޭތަ؟
"ކެލާ އަހައްމަދު" އިތުރު ބަަޔަކަށް ލަނޑުދިންތޯ ބަލަނީ
ދިވެހިބަސް ނޭނގޭ ދިވެއްސަކަށް ތަރުޖަމާނެއްގެ އެހީ
ސްކޭމަރުންގެ އާ އުކުޅަށް ސަމާލުވާން ފުލުހުން އެދިއްޖެ
ސްކޭމެއްގައި ބައިވެރިކުރުވީ ބިރުދައްކައިގެން ކަމަށްބުނެފި
މަޝްއަރު ޓުއާސްގެ ވެރިންނަށް ދައުވާކުރަން ފޮނުވައިފި