Roadha Mihaaru
އެމްޓީޑީސީގެ މިދިޔަ އަހަރުގެ ފައިދާއަކީ 45 މިލިއަން

އެމްޓީޑީސީގެ މިދިޔަ އަހަރުގެ ފައިދާ އަކީ 45 މިލިއަން ރުފިޔާ

02 ފެބުރުއަރީ 2023

މިދިޔަ އަހަރު އެމްޓީޑީސީގެ އާމްދަނީ ވަރަށް ބޮޑަށް އިތުރުވެފައިވާ ވިޔަސް ފައިދާގެ ގޮތުގައި ލިބުނީ 2.9 މިލިއަން ޑޮލަރު (45 މިލިއަން ރުފިޔާ) ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ އަހަރު އެމްޓީޑީސީގެ އާމްދަނީ ވަރަށް ބޮޑަށް އިތުރުވެފައިވާ ވިޔަސް ފައިދާގެ ގޮތުގައި ލިބުނީ 2.9 މިލިއަން ޑޮލަރު (45 މިލިއަން ރުފިޔާ) ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

މިއީ ކުރީ އަހަރާ އަޅާބަލާއިރު 80 ޕަސެންޓުގެ ދަށްވުމެކެވެ.

އެމްޓީޑީސީ އަށް 2021 ވަނަ އަހަރު 10.2 މިލިއަން ޑޮލަރު (157 މިލިއަން ރުފިޔާ) ފައިދާވި އެވެ. އެހެންވެ މިދިޔަ އަހަރުގެ ފައިދާ ވަނީ 112 މިލިއަން ރުފިޔާ ދަށްވެފަ އެވެ.

ޖުމްލަ ފައިދާ ދަށްވި ނަމަވެސް އެ ކުންފުންނީގެ އާމްދަނީ މިދިޔަ އަހަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 7.3 މިލިއަން ޑޮލަރު (113 މިލިއަން ރުފިޔާ) ހޯދައިފައިވެ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 90 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އާމްދަނީ އިތުރުވި ނަމަވެސް ފައިދާ އެހާ ބޮޑަށް ދަށަށް ދިޔައީ ކުންފުނީގެ ހިންގުމުގެ ހަރަދު 25 ޕަސެންޓް މައްޗަށް ގޮސްފައިވާތީ އެވެ.

އެމްޑީޓީސީއަށް 11 އަހަރަށް ފަހު ފައިދާވާން ފެށީ 2021 ވަނަ އަހަރު އެވެ. އެއީ ކުންފުނިން ލީޒްކޮށްފައިވާ ރަށްތަކުގެ އެގްރީމެންޓްތައް މިހާރަށް ވުރެ ފައިދާވާ ގޮތަށް ބަދަލުކުރުމުންނެވެ.

އެމްޓީޑީސީން އެންމެ ފުރަތަމަ ހިއްސާ ވިއްކަން ފެށީ 2007 ވަނަ އަހަރު އެވެ. އެ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް ހިއްސާއެއް ވިއްކަމުން އައީ 100ރ. އަށެވެ. ނަމަވެސް 2014 ވަނަ އަހަރުން ފެށިގެން ހިއްސާއެއްގެ މޫނުމަތީ އަގު 10ރ. އަށް ވަނީ ބަދަލުކޮށްފަ އެވެ.