Roadha Mihaaru
ޑްރަގް އަތުލުމަށް ފަހު އެ ގެނައި މީހާ ފޮނުވާލައިފި

ޑްރަގް އަތުލައިގަތުމަށް ފަހު އެ ގެނައި މީހާ ފޮނުވާލައިފި

07 ފެބުރުއަރީ 2023

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 2.6 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެ އެ ގެނަައި މީހާ ރާއްޖެ އެތެރެވިޔަ ނުދީ ފޮނުވާލައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 2.6 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެ އެ ގެނަައި މީހާ ރާއްޖެ އެތެރެވިޔަ ނުދީ ފޮނުވާލައިފި އެވެ.

ކަސްޓަމްސް އިން ބުނީ އިއްޔެ ގަތަރުގެ ދޯހާއިން ރާއްޖެ އައި އުމުރުން 23 އަހަރުގެ އަންހެނެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން ބެލިއިރު މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަތުލައިގަތް ތަކެތި ފުރަތަމަ މަރުހަލާގައި ތަހްލީލް ކުރިއިރު ކޮކެއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 2.6 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 6.5 މިލިއަން ރުފިޔާ އަށް އަރާކަމަށް އެ އިދާރާއިން ބުންޏެވެ.

އެ މީހާ މިހާރު ވަނީ ރާއްޖެއަށް އެތެރެވިޔަ ނުދީ ފޮނުވާލައިފަ އެވެ. އެގޮތަށް އަމަލުކުރުމުގެ ބާރު އިމިގްރޭޝަން ކޮންޓްރޯލާއަށް އޮވެ އެވެ.

އަތުލައިގަތް މަސްތުވާތަކެތި ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.