18 ޖެނުއަރީ 2017
ކިޑްނީގައި އުފެދޭ ހިލަ، ލޭޒާ ބޭނުންކޮށްގެން ގޮއްވުމަށް ކުރާ އޮޕަރޭޝަން އައިޖީއެމްއެޗުގައި ވެސް ފަށައިފި އެވެ.
ކިޑްނީގައި އުފެދޭ ހިލަ، ލޭޒާ ބޭނުންކޮށްގެން ގޮއްވުމަށް ކުރާ އޮޕަރޭޝަން އައިޖީއެމްއެޗުގައި ވެސް ފަށައިފި އެވެ.
މި އޮޕަރޭޝަން މިދިޔަ އަހަރު އޭޑީކޭގައި ވަނީ ފަށައިފަ އެވެ.
އައިޖީއެމްއެޗުގައި މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ހުޅުވި ކިޑްނީގެ ބަލިތަކާ ބެހޭ ސެންޓަރުގައި މިދިޔަ ހޯމަ ދުވަހު މި އޮޕަރޭޝަން ކުރެއްވީ އިންޑިއާގެ މަޝްހޫރު އެންޔޫ ހޮސްޕިޓަލުގެ ޑޮކްޓަރެކެވެ. މި ސެންޓަރު ހިންގަނީ އެންޔޫ ހޮސްޕިޓަލާ ގުޅިގެންނެވެ.
އެ އޮޕަރޭޝަން ކުރެއްވި ޑރ. މަނީޝް ސިންހާ މިއަދު ނޫސްވެރިންނަށް ވިދާޅުވީ މިއީ ހަށިގަނޑުން ވަރަށް ކުޑަ ތަންކޮޅެއް ފަޅާލައިގެން، ކިޑްނީގައިވާ ހިލަ ލޭޒާ ޓްރީޓްމެންޓުގެ އެހީގައި ގޮއްވާލައި، އެ ނެގުމަށް ކުރާ ކުޑަ އޮޕަރޭޝަނެއް ކަމަށެވެ.
އައިޖީއެމްއެޗުގައި ފުރަތަމަ ފަހަރަށް މި އޮޕަރޭޝަން ކުރަން ޖެހިލުންވި ކަމަށާއި އެކަމަކު ޑޮކްޓަރުންނާއި ނަރުހުންގެ ޝައުގުވެރިކަން ފެނި، އެ ހާސްކަން ފިލައިގެން ދިޔަ ކަމަށް މަނީޝް ވިދާޅުވި އެވެ. އަދި އޮޕަރޭޝަން ކުރުމަށް އައިޖީއެމްއެޗުގައި ހުރި އާލާތްްތަކުގެ ފެންވަރު ރަނގަޅުކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ
ކިޑްނީގެ ބަލިތަކާ ބެހޭ ސެންޓަރުގައި ފަރުވާ ދެއްވާ ސުޕަ ޝްޕެލިސްޓް، ޑރ. އިބްރާހިމް ޝިހާމް ވިދާޅުވީ ގިނަ އަހަރުތަކެއްގެ މެދުކެނޑަކަށް ފަހު އައިޖީއެމްއެޗުގައި ކިޑްނީގެ ބަލިތަކަށް ފަރުވާ ދޭން ފެށިއިރު، ކުރިއަށް އޮތް ތަނުގައި އިތުރު އޮޕަރޭޝަންތަކާއި ހިދުމަތްތައް އެ ތަނުގައި ދޭން ފަށާނެ ކަމަށެވެ.
"މިއީ ހަމައެކަނި ޔޫރޮލޮޖިސްޓުންނަށް ދެވޭ ހިދުމަތެއް. އަަޅުގަނޑުމެން މި ފެށީ ކިޑްނީގެ އެންމެ އާދައިގެ ހިދުމަތްތަކުން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި މި ފަދަ ބޮޑެތި އޮޕަރޭޝަންތައް މި ތަނުގައި ކުރާނަން،" އޭނާ ވިދާޅުވި އެވެ.
އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލުގައި ކިޑްނީގެ އޮޕަރޭޝަން ކުރި މީހާގެ ހާލު ރަނގަޅު ކަމަށާއި ދެ ދުވަހެއްގެ ތެރޭގައި އޭނާ ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށެވެ.
ކިޑްނީީ ބަދަލުކުރުމުގެ އޮޕަރޭޝަން ރާއްޖޭގައި ފަށަނީ
އައިޖީއެމްއެޗުގެ އާ ސެންޓަރަށް 8.5 މިލިޔަން ރުފިޔާ
ވިލިމާލޭގައި ހޮސްޕިޓަލްގެ ޑިޒައިންގެ މަސައްކަތް ފަށަނީ
ދަރުމަވަންތައިގެ ހައިބްރިޑްތިއޭޓަރު ބޭނުންކުރަން ފަށައިފި
ހޮސްޕިޓަލުގެ ކިއު ކުޑަކުރަން ވަގުތު އިތުރުކުރަނީ
ސަރުކާރުގެ މައި ހޮސްޕިޓަލަކަށް ދަރުމަވަންތަ!
ދަރުމަވަންތަ ކައިރީ ހޮސްޕިޓަލްގެ އާ އިމާރާތެއް އަޅަނީ
ސަރުކާރުގެ ރައްދު: ސިއްހީ ހިދުމަތްތައް ނުހުއްޓޭނެ
"ސިއްހީ ހިދުމަތްތައް ހުއްޓިދާނެ ކަމުގެ ބިރު އެބައޮތް"
'އޮއެވަރު' ކޮންފަރެންސަށް ދިރާގުން އެހީ ދީފި