ދުނިޔޭގެ ފުރަތަމަ ފްލޯޓިން ސިޓީގެ ގެތައް ހުންނާނެ ގޮތުގެ މޮކަޕް ހުޅުމާލެ ފަޅުތެރޭގައި އާއްމުންނަށް ދައްކާލަން ތައްޔާރުވެއްޖެ އެވެ.
21 ފެބުރުއަރީ 2023
ދުނިޔޭގެ ފުރަތަމަ ފްލޯޓިން ސިޓީގެ ގެތައް ހުންނާނެ ގޮތުގެ މޮކަޕް ހުޅުމާލެ ފަޅުތެރޭގައި އާއްމުންނަށް ދައްކާލަން ތައްޔާރުވެއްޖެ އެވެ.
ކުލަ މަންޒަރަކުން މިހާތަނަށް ދައްކަމުން އަންނަ މި ސިޓިގެ ގެތައް ހުންނާނެ ގޮތް ފުރަތަމަ ދައްކާލަން އުޅުނީ މިދިޔަ ރޯދަ މަހުގެ ތެރޭގަ އެވެ. އެކި ސަބަބުތަކާ ހެދި އަހަރެއްހާ ދުވަސް ލަސްވެފައި ވިޔަސް މިހާރު ހުޅުމާލޭގެ ފަޅުތެރޭގައި ވަނީ ގެއެއް ބައްޓައިފަ އެވެ.
މި ޕްރޮޖެކްޓުގެ ލޯކަލް ކޮންސަލްޓެންޓް އިބްރާހިމް ރިޔާޒް ވިދާޅުވީ ފްލޯޓިން ސިޓީގެ މަސައްކަތްތައް އެހާ ބޮޑަށް ލަސްވީ، ސަރުކާރުން ލިބެން ޖެހޭ ހުއްދަތައް ދިނުން ލަސްވުމުން ކަމަށެވެ. އެކަމަކު އާއްމުންނަށް ގެތައް ދައްކާން ވާން ޖެހޭ ތައްޔާރީތައް މިހާރު ނިމިފައިވާ ކަމަށް ވިދާޅުވެ އޭނާ ވަނީ ހުޅުމާލޭގެ ފަޅުތެރޭގައި ހުރި ގެއެއްގެ ފޮޓޯތަކެއް އާއްމުކުރައްވައިފަ އެވެ.
ޕްރޮޖެކްޓްގެ މޮކަޕް ހެދި އިރު، އެ ޕްރޮޖެކްޓްގެ ދަށުން ގެތައް އަޅާ ފަޅުގައި އެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތްތައް ނުކުރެވެނީ، އީއައިއީ ރިޕޯޓަށް އެންވަޔަރުމެންޓް މިނިސްޓްރީން ނުލިބުމުންނެވެ.
ފްލޯޓިން ސިޓީގެ މޮކަޕް ހުޅުމާލެ ފަޅުތެރޭގައި.
މާލެ ކައިރި ފަޅެއްގައި ތަރައްގީ ކުރާ "ފްލޯޓިން އައިލެންޑް" ޕްރޮޖެކްޓްގެ އެގްރީމެންޓްގައި އެންމެ ފުރަތަމަ ސޮއި ކުރީ 2010 ވަނަ އަހަރު އެވެ. ނަމަވެސް އޭރު ވެރިކަން ބަދަލުވުމުން ޕްރޮޖެކްޓް އޮތީ ހުއްޓިފަ އެވެ. އެއަށްފަހު މި ސަރުކާރުން ވެރިކަމަށް އައިސް ދެވަނަ ފަހަރަށް އެގްރީމެންޓްގައި ސޮއި ކުރީ 2021 ވަނަ އަހަރުގެ ކުރީ ކޮޅު އެވެ. އެއަށް ފަހު ވެސް މަސައްކަތް ކުރުމުގެ ގިނަ ތާރީހުތަކެއް ދިނުމަށް ފަހު އަނެއްކާ ވެސް އެ އެގްރީމެންޓަށް ބަދަލުތަކެއް ގެެނެސް, ނެދަލެންޑްސްގެ ޑަޗް ޑޮކްލޭންޑާ އެކު ޓޫރިޒަމް މިނިސްޓްރީން ސޮއިކުރީ މިދިޔަ އަހަރުގެ ޖޫން ގަ އެވެ.
އެގްރީމެންޓަށް ގެނައި ބަދަލުގެ ތެރޭގައި މި ޕްރޮޖެކްޓްގެ މުއްދަތަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. އެ ޕްރޮޖެކްޓް 2019 ވަނަ އަހަރު ދިނީ ދެ އަހަރު ތެރޭ މަސައްކަތް ނިންމުމަށެވެ. އެހެން ނަމަވެސް އަދި މިހާތަނަށް ޕްރޮޖެކްޓްގެ އަމަލީ މަސައްކަތްތަކެއް ނުފެށެ އެވެ.
އެއް ބިލިއަން ޑޮލަރުގެ މި ޕްރޮޖެކްޓްގެ ދަށުން 5،000 ގެ ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ޕްރޮޖެކްޓްގެ ދަށުން އެންމެ ފުރަތަމަ ކަނޑައެޅީ ގެއެއް 250،000 ޑޮލަރު (3.8 މިލިއަން ރުފިޔާ) އަށް ވިއްކާށެވެ. އެހެން ނަމަވެސް ރާއްޖޭގައި ގެދޮރުގެ މައްސަލަ އޮތް މިންވަރު އެނގި އާންމުންނަށް ގަނެވޭނެ ފަދަ އަގަކަށް ބަދަލު ގެންނަން މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ޑަޗް ޑޮކްލޭންޑުން ބުނެފައިވެ އެވެ.
މިއީ ސަމާސާ އަކަށް ވުރެ ބޮޑު ވާހަކައެއް!
ފްލެޓަށް އެދުނު އެންމެންނަށް ބޯހިޔާވަހިކަން ހަމަޖެހޭނެ
"ކުރީގެ ލިސްޓުގައި ނެތް މީހަކަށް ފްލެޓް ނުލިބޭނެ"
ފްލެޓު ލިސްޓާ ގުޅިގެން އެމްޑީޕީގެ ތުހުމަތުތަކެއް!
ޕްރިޔަންކާގެ ހަތަރު ފްލެޓު ބޮޑު އަގުގައި ވިއްކާލައިފި
3 ދުވަސް ތެރޭ ފްލެޓް ލިސްޓާ ގުޅޭ 700އެއްހާ ޝަކުވާ
ފްލެޓް ލިސްޓް ޝަކުވާއަށް ހުޅުވާލައިފި
އުތުރުތިލަފަޅަށް ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް
"މިއީ ނުފޫޒެއް ނެތް ހަމައެކަނި ހައުސިން ލިސްޓް"
ގެދޮވެރިޔާ ފްލެޓު ދޫކޮށްލައްވަން ހައިދަރު ނިންމަވައިފި