22 ފެބުރުއަރީ 2023
ރާއްޖެއަށް މި އަހަރު ހައްޖަށް ގެންދިއުމަށް ލިބުނީ 1،000 ކޯޓާ ކަމަށާއި އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް މި އަހަރު ހައްޖަށް ގެންދިއުމަށް ލިބުނީ 1،000 ކޯޓާ ކަމަށާއި އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ސައުދީ ސަރުކާރުން ރާއްޖެއަށް ރަސްމީކޮށް ހަމަޖައްސައިދީފައިވަނީ 1،000 މީހުންގެ ޖާގަ ކަމަށެވެ. ނަމަވެސް، އެ އަދަދު އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ހައްޖު ކޯޓާ އިތުރުކުރުމުގެ މަސައްކަތް ރާއްޖެއިން ކުރަމުން އަންނައިރު، މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ކަންތައް ކުރިއަށް ގެންދަން ހަމަޖައްސާފައިވަނީ، ކޮވިޑް-19 ގެ ބަލިމަޑުކަން ފެށުމުގެ ކުރިން އޮތް އާންމު އުސޫލުން ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށް 2009 އިން 2019 ވަނަ އަހަރާ ދެމެދު، ކޮންމެ އަހަރަކު ވެސް ގާތްގަނޑަކަށް 2.3 މިލިއަން މީހުންނަށް ހުއްދަ ދިނެވެ. އެ އުސޫލުން އެންމެ ފަހުން 2019 ވަނަ އަހަރު އެކަނި ވެސް، ދުނިޔޭގެ އެކި ގައުމުތަކުންނާއި ސައޫދީ ރައްޔިތުންނާ އެކު، ޖުމްލަ 2.9 މިލިއަން މީހުން ހައްޖުގައި ބައިވެރި އެވެ.
ނަމަވެސް 2019 ވަނަ އަހަރުގެ ފަހުކޮޅު ފެތުރުނު ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ހައްޖުގައި ބައިވެރިކުރީ، ސައޫދީގައި އެ ވަގުތު ތިބި އެކި ގައުމުތަކުގެ ރައްޔިތުންނާއި ސައޫދީ ރައްޔިތުންގެ ތެރެއިން އެންމެ 1000 މީހުންނެވެ.
ޖެހިގެން އައި 2021 ވަނަ އަހަރުގެ ހައްޖުގައި ބައިވެރިކުރީ، ކޮވިޑު ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައިވާ، ސައޫދީ މީހުންނާއި އެ ތަނުގައި ތިބި އެކި ގައުމުތަކުގެ މީހުންގެ ތެރެއިން، ޖުމްލަ 60،000 މީހުންނެވެ. މިދިޔަ އަހަރުގެ ހައްޖުގައި ދުނިޔޭގެ އެކި ގައުމުތަކުގެ މީހުންނާއި ސައޫދީ އަރަބިއްޔާގެ ރައްޔިތުންނާ އެކު ޖުމްލަ 899،533 މީހުން ބައިވެރިވި އެވެ.
މިދިޔަ އަހަރު ރާއްޖެއަށް ލިބުނީ 453 ކޯޓާ އެވެ. އެ ހުރިހާ ޖާގައެއް ވެސް ދިނީ ހައްޖު ކޯޕަރޭޝަނަށެވެ.
ސަލާމަތީކަންކަން ހައްޖުވެރިންނާ ބައްދަލުކުރަން ހުރަހަކަށް
ހައްޖު ކޯޓާ 2،500 އަށް އިތުރުކޮށްދޭން އެދިއްޖެ
ރާއްޖޭން މިއަހަރު ހައްޖަށް ދެވޭނެކަމެއް އަދިވެސް ނޭނގޭ
ހައްޖަށް ދެވޭނެ ކަމަށް ސައޫދީން އަދި ނާންގާ:މިނިސްޓަރު
ފުރުސަތު ލިބިއްޖެ ނަމަ ހައްޖުގެ އިންތިޒާމް ހަމަޖައްސާނެ
ހައްޖު ކޯޓާ އިތުރުވުމުގެ ފުރުސަތު އެބައޮތް: ޝަހީމް
ކިޔަވާ ކުދިން، ހާޖީންނަށް އެހީތެރިވުމުގެ ހުއްދަ ދީފި
އިތުރު ކޯޓާ ލިބިއްޖެ ނަމަ ކިއޫ ކުޑަކުރަން ގްރޫޕްތަކަށް
ދިވެހިންނަށް އަރަފާތާއި މިނާގައި ރަނގަޅު ތަަންތަން
ދިވެހިން މިނާ އާއި އަރަފާތު ބިމުގައި ތިބޭނީ އެކުގައި