Roadha Mihaaru
ނެސްލޭ ފިއެސްޓާގެ ދެ ތަށި ވެސް އިސްކަންދަރް ސްކޫލަށް

ނެސްލޭ ކިޑްސް ފުޓްބޯލް ފިއެސްޓާގެ ދެ ތަށި ވެސް އިސްކަންދަރަށް

26 ފެބުރުއަރީ 2023

ސޮކާ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމު ކުރި ނެސްލޭ ކިޑްސް ފުޓްބޯލް ފިއެސްޓާގެ ދެ ކެޓަގަރީގެ ޗެމްޕިއަންކަން ވެސް އިސްކަންދަރު ސްކޫލް ހޯދައިފި އެވެ.

ސޮކާ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމު ކުރި ނެސްލޭ ކިޑްސް ފުޓްބޯލް ފިއެސްޓާގެ ދެ ކެޓަގަރީގެ ޗެމްޕިއަންކަން ވެސް އިސްކަންދަރު ސްކޫލް ހޯދައިފި އެވެ.

ސްކޫލްތަކުގެ ގްރޭޑް 1 އަދި 2 އަށް ހާއްސަ ކުރި ފިއެސްޓާގެ ގްރޭޑް 1 ގެ ޗެމްޕިއަންކަން އިސްކަންދަރުން ހޯދީ ރިރިޔާ ސްކޫލާ ވާދަކޮށެވެ. ގްރޭޑް 2 ގެ ޗެމްޕިއަންކަން އެ ސްކޫލްގެ ގްރެޑް 2 ގެ ދަރިވަރުންގެ ޓީމުން ހޯދީ ޣާޒީ ސްކޫލާ ވާދަކޮށެވެ.

ގްރޭޑް 1 ގެ ތިންވަނަ ޓީމަކީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލެވެ. ގްރޭޑް 2 ގެ ތިންވަނަ ހޯދީ ކަލާފާން ސްކޫލެވެ. އިއްޔެ ހެންވޭރު ދަނޑުގައި ނިމިގެން ދިޔަ ފިއެސްޓާގައި ކުޅުނު ކޮންމެ ކުއްޖަކަށް ވަނީ މެޑައްޔެއް ދީފަ އެވެ.

އިއްޔެ ނިމިގެން ދިޔަ ނެސްލޭ ކިޑްސް ފުޓްބޯޅަ ފިއެސްޓާގެ ތެރެއިން --- ފޮޓޯ: ނިޝާން އަލީ | މިހާރު

އިއްޔެ ނިމިގެން ދިޔަ ނެސްލޭ ކިޑްސް ފުޓްބޯޅަ ފިއެސްޓާގެ ތެރެއިން --- ފޮޓޯ: ނިޝާން އަލީ | މިހާރު

ނެސްލޭ ކިޑްސް ފުޓްބޯލް ފިއެސްޓާގެ ވަނަތައް

ގްރޭޑް 1 :

- ޗެމްޕިއަން އިސްކަންދަރު ސްކޫލް

- ދެވަނަ ހިރިޔާ ސްކޫލް

- ތިންވަނަ ޣިޔާސުއްދީން

ގްރޭޑް 2 :

- ޗެމްޕިއަން އިސްކަންދަރު ސްކޫލް

- ދެވަނަ ޣާޒީ ސްކޫލް

- ތިންވަނަ ކަލާފާން ސްކޫލް

އިއްޔެ ނިމިގެން ދިޔަ ނެސްލޭ ކިޑްސް ފުޓްބޯޅަ ފިއެސްޓާގެ ތެރެއިން --- ފޮޓޯ: ނިޝާން އަލީ | މިހާރު

އިއްޔެ ނިމިގެން ދިޔަ ނެސްލޭ ކިޑްސް ފުޓްބޯޅަ ފިއެސްޓާގެ ތެރެއިން --- ފޮޓޯ: ނިޝާން އަލީ | މިހާރު

މުބާރާތުގައި 20 ސްކޫލަކުން 40 ޓީމު ވާދަ ކުރި އެވެ. އެއީ ޖުމުލަ 720 ކުދިންނެވެ. މުބާރާތުގައި 296 މެޗު ކުޅުނެވެ. ކޮންމެ ގްރޭޑެއްގެ ދެމެދުގައި ޓީމުތައް ބަހާލާފައި ވަނީ ފަސް ގުރޫޕަކަށެވެ. ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމެވެ.