ނައިޖީރިޔާގައި މީގެ ތިން ދުވަސް ކުރިން ބޭއްވި ރިޔާސީ އިންތިޚާބާއި އާންމު އިންތިޚާބުގެ ވޯޓުގެ ވަގުތީ ނަތީޖާ ވެސް ނުލިބި ތިން ދުވަސް ވެގެން ދިއުމާއެކު، އާންމު ރައްޔިތުންގެ ހިތްތަކުގައި ހާސްކަމާއި ނުތަނަވަސްކަން އުފެދެން ފަށާފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.
ނައިޖީރިޔާގައި މީގެ ތިން ދުވަސް ކުރިން ބޭއްވި ރިޔާސީ އިންތިޚާބާއި އާންމު އިންތިޚާބުގެ ވޯޓުގެ ވަގުތީ ނަތީޖާ ވެސް ނުލިބި ތިން ދުވަސް ވެގެން ދިއުމާއެކު، އާންމު ރައްޔިތުންގެ ހިތްތަކުގައި ހާސްކަމާއި ނުތަނަވަސްކަން އުފެދެން ފަށާފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.
އޮބްޒާވަރުންނާޢި ވޯޓުލީ މީހުން ބުނާ ގޮތުގައި މިނިވަން އިންތިޚާބީ ކޮމިޝަނުން ވޯޓު ގުނުމުގެ ކަންތައް ކުރިއަށް ގެންދަނީ ވަރަށް ގިނަ ގޮންޖެހުންތަކާ އެކުގަ އެވެ. ވޯޓު ގުނަމުން ދާތާ ތިން ދުވަސް ވީއިރު ވެސް، ރައީސްކަމުގައި ހުންނެވި މުހައްމަދު ބުޚާރީގެ ބަދަލުގައި އެ މަގާމަށް އިންތިޚާބުވާނެ ބޭފުޅަކު ލަފާކޮށްލަން ވެސް ނޭނގެ އެވެ.
ރައީސް ބުޚާރީގެ އަށް އަހަރުގެ ވެރިކަމަށް ފަހު އެ މަގާމަށް އެންމެ ބޮޑަށް ވާދަކުރައްވާ ތިން ބޭފުޅަކު ފާހަގަކުރެވުނަސް، ރައްޔިތުންގެ ވޯޓުގައި އޭގެ ތެރެއިން ކުރީގައި އުޅުއްވަނީ ކޮން ބޭފުޅެއްކަން ނޭނގޭތީ، ރައްޔިތުން ތިބީ ވަރަށް ގޮތް ނޭނގޭ އިންތިޒާރެއްގަ އެވެ. އެ ތިން ބޭފުޅުންނަކީ، ވެރިކަން ކުރާ އޯލް ޕްރޮގްރެސިވް ކޮންގްރެސް ޕާޓީ އަށް ނިސްބަތްވާ، ލާގޯސް ސްޓޭޓްގެ ގަވަރުނަރު ބޮލާ އަހްމަދު ޓިނޫބޫ އާއި ކުރީގެ ނައިބު ރައީސް އަދި އިދިކޮޅު ޕީޕަލަސް ޑިމޮކްރެޓިކް ޕާޓީގެ އަތިކު އަބޫބަކުރު އާއި ލޭބާ ޕާޓީގެ ޕީޓާ އޯބީ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބު އޮބްޒާވްކުރި ޓީމުތަކުން ބުނާ ގޮތުގައި ވޯޓު ގުނުން ލަސްވެގެން އުޅެނީ، ވޯޓު ގުނުމުގައި އަލަށް ބޭނުންކުރި އިލެކްޓްރޯނިކް ނިޒާމުތަކަށް ދިމާވާ ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުންނެވެ. އަދި ވޯޓު ލަމުން ދިޔައިރު، ބައެއް ސަރަހައްދުތަކުގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން ވެސް ވޯޓު ގުނުމުގެ މަސައްކަތަށް ހުރަސްއެޅިފައިވާ ކަމަށް އޮބްޒާވަރުން ބުނެ އެވެ.
މިފަހަރުގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރީ ގާތްގަނޑަކަށް 93.4 މިލިއަން މީހުންނެވެ. އޭގެ ތެރެއިން ތިން ބައިކުޅަ އެއްބަޔަކީ އުމުރުން 18-34 އަހަރުގެ ޒުވާނުންނެވެ. ނައިޖީރިއާގެ މެދުތެރޭ ސަރަހައްދުތަކާއި ދެކުނު ސަރަހައްދުގެ ގިނަ ޒުވާނުންގެ ތާއީދު އޮތީ ލޭބާ ޕާޓީއަށް ކަމަށްވާއިރު، ވޯޓުގެ ނަތީޖާ ލަސްވަމުންދާ މައްސަލައިގައި އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން ދަނީ ވެސް ޒުވާނުންނެވެ.
ބައެއް ޔުނިވަސިޓީތަކުގެ ޒުވާނުން ބުނި ގޮތުގައި އިންތިޚާބާ ބެހޭ ކޮމިޝަނުން ވޯޓުގެ ކަންތައް އިންތިޒާމުކޮށްފައި އޮތް ގޮތް ކަމަކު ނުދެ އެވެ. ބައެއް ސަރަހައްދުތަކުގައި ވޯޓުލުން ކުރިއަށް ދަނިކޮށް، ގޭންގުތަކާއި ބައެއް ޕާޓީތަކުގެ މީހުން ލަކުޑިބުރި ފަދަ ތަކެތި ހިފައިގެން، ވޯޓުލާ މަރުކަޒުތަކަށް ވަދެ ވޯޓުލުން ހުއްޓުވާފައި ވެސް އެބަހުއްޓެވެ.
އެހެންކަމުން، ވޯޓުގެ ނަތީޖާ ބަދަލުކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ބައެއް ޒުވާނުން ބުނެ އެވެ. ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރަމުންދާ ޒުވާނުން ބުނާ ގޮތުގައި، ވަކި ކެންޑިޑޭޓަކަށް ބުރަވާ ގޮތަށް ވޯޓުގެ ނަތީޖާ ބަދަލުކޮށްލުމަށް، ބައެއް މީހުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ވަކި ކެންޑިޑޭޓަކަށް ވޯޓު ނުލައިފި ނަމަ ދިރިއުޅުމަށް ނުރައްކާކުރާނެ ކަމަށް ބުނެ އިންޒާރު ދީ ބިރު ދައްކަމުން ދާތީ، ބައެއް މީހުން ވޯޓުލުމުގައި ބައިވެރި ނުވާ ކަމަށް ވެސް ބުނެ އެވެ.
ނައިޖީރިއާގެ ގިނަ ޒުވާނުން އުންމީދު ކުރަނީ މިފަހަރުގެ އިންތިޚާބަކީ އެގައުމުގެ "މުސްކުޅި ސިޔާސީ ނިޒާމު" ބަދަލުކޮށްލުމަށް ލިބުނު ފުރުސަތެއް ކަމަށެވެ. ގާނޫނު ހަދާ މަޖިލީހުގައި މިހާރު ވެސް ތިއްބެވި ބައެއް މެމްބަރުންނަކީ 1990 ގެ އަހަރުތަކުން ފެށިގެން މަޖިލީހުގައި ތިއްބަވާ މެމްބަރުން ކަމަށްވާތީ، އެ މެމްބަރުންނާ ވާދަކުރެއްވި ޒުވާން ކެންޑިޑޭޓުން އިންތިޚާބުވުމުގެ ފުރުސަތު ބޮޑު ކަމަށް ޒުވާނުން ދެކެ އެވެ.
ނައިޖީރިއާގައި ޕެޓްރޯލް ޓޭންކަރެއް ގޮވައި 70 މަރު
ނައިޖީރިއާގައި ކާނާ ބަހާ ތަނެއްގައި ފިތިގެން 32 މަރު
ނައިޖީރިއާގެ ފެއާއެއްގައި ފިތިގެން 35 ކުއްޖަކު މަރު
މި އާއިލާގެ ހިތް ދޫވީ ރާއްޖޭގެ ހިމޭން ދިރިއުޅުމަށް
ބޯކޯ ހަރާމްއިން ނައިޖީރިއާގައި 80 މީހުން މަރާލައިފި
ނައިޖީރިއާގައި ޖާނު ގޮއްވުމުގެ ހަމަލާތަކުގައި 18 މަރު
ފައިސާ ބެހި ތަނެއްގައި ފިތިބާރުވެގެން ބަޔަކު މަރުވެއްޖެ
ކެންސަރުންވެސް ހޯލާ އަރައިގެންފި، ތަށިވެސް ހޯދައިދީފި
ނައިޖީރިއާގައި ބޯޓެއް ބަންޑުންޖަހާލައި 100 މަރު
ނައިޖީރިއާގެ ރިއާސީ އިންތިޚާބު ވެރިކަން ކުރާ ޕާޓީއަށް