އެމްއޭސީއެލްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރޯދަ އިނާޔަތާއި ހަދިޔާގެ ގޮތުގައި 5،000ރ. ދޭން ނިންމައިފި އެވެ.
19 މާޗް 2023
އެމްއޭސީއެލްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރޯދަ އިނާޔަތާއި ހަދިޔާގެ ގޮތުގައި 5،000ރ. ދޭން ނިންމައިފި އެވެ.
އެ ކުންފުނީގެ މުވައްޒަފުންނަށް މިއަދު ފޮނުވި ސާކިއުލާއެއްގައި ބުނީ މި އަހަރުގެ ރޯދަ މަހުގެ އިނާޔަތުގެ ފައިސާގެ ގޮތުގައި، ކޮންމެ މުސްލިމު މުވައްޒަފަކަށް 3،000ރ. މިއަދު ޖަމާކޮށްދޭނެ ކަމަށެވެ.
ނަމަވެސް، އެ ކުންފުނީގެ މަސައްކަތުގެ ބާވަތުން މުވައްޒަފުންގެ ފަރާތުން ރޯދަ މަހުގައި ކުންފުނީގެ މަސައްކަތަށް ބޭނުންވާ އަހަންމިއްޔަތުކަން ފާހަގަކޮށް މި މަހާ ގުޅުވައިގެން ހަދިޔާގެ ގޮތުގައި 2،000ރ. ދޭން ނިންމާފައިވާ ކަމަށެވެ. މި ފައިސާ ވެސް ރޯދަ އިނާޔަތާ އެކު ޖަމާކޮށްދޭނެ ކަމަށް ބުންޏެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަ މަސް ފެށުމުގެ ކުރިން އިނާޔަތުގެ ގޮތުގައި އެންމެ ކުޑަވެގެން 3،000ރ. ދިނުން ލާޒިމެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ސަރުކާރު މުވައްޒަފުންނަށް މިއަދު ރޯދަ އިނާޔަތް ޖަމާކޮށްދޭނެ އެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރު ރޯދަ މަސް ފެށެނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
އިއްތިހާދު އެއާވޭސްގެ ހިދުމަތް އާ ޓާމިނަލްގައި ފަށައިފި
ކުރީގެ މެމްބަރު ޖަމީލް އުސްމާން، އެމްއޭސީއެލްގެ ބޯޑަށް
ކިއު މަދުކުރުމަށްޓަކައި ވީއައިއޭގައި އީގޭޓުތައް ހަރުކުރަން ފަށައިފި
އޮސްޓްރިއަން ވެސް ވީއައިއޭގެ ޓާމިނަލް 1 އަށް
ޔޫއެސް-ބަންގްލާ ވެސް ދެން ބޭނުންކުރާނީ ޓާމިނަލް 1
އެއާ އިންޑިއާއިން އާ ޓާމިނަލް ބޭނުންކުރަން ފަށައިފި
ފްލައިދުބާއީ ވެސް ވީއައިއޭގެ އާ ޓާމިނަލަށް
ޕީކް ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތް ފަށައިފި
ބްރިޓިޝް އެއާވޭސް ޓާމިނަލް 1 އަށް
އެމްއޭސީއެލްގެ ބޯޑަށް ޑީއެމްޑީ މުޖުތަބާ އައްުޔަންކޮށްފި