ހުޅުމާލޭގައި ކާޑުގެ ބާވަތްތައް ހޯލްސޭލްކޮށް ވިއްކަން އެސްޓީއޯގެ ހާއްސަ ފިހާރައެއް މި ހަފުތާގައި ހުޅުވަން ނިންމައިފި އެވެ.
26 މާޗް 2023
ހުޅުމާލޭގައި ކާޑުގެ ބާވަތްތައް ހޯލްސޭލްކޮށް ވިއްކަން އެސްޓީއޯގެ ހާއްސަ ފިހާރައެއް މި ހަފުތާގައި ހުޅުވަން ނިންމައިފި އެވެ.
އެ ކުންފުނިން މިއަދު ބުނީ ހަނޑޫ، ހަކުރު އަދި ފުށް ހޯލްސޭލްކޮށް ވިއްކުމަށް ހާއްސަ ފިހާރައެއް ހުޅުމާލެ-2 ގައި ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
އެސްޓީއޯ އިން މިހާތަނަށް ކާޑުގެ ބާވަތްތައް ހޯލްސޭލްކޮށް ވިއްކަމުން އައީ މާލޭގެ އިތުރުން އެހެން ބައެއް ރަރަށުގަ އެވެ. މިހާތަނަށް ހުޅުމާލޭގައި އެސްޓީއޯ އިން ކާޑުގެ ބާވަތްތައް ހޯލްސޭލްކޮށް ނުވިއްކަ އެވެ.
ހުޅުމާލޭގައި ކާޑުގެ ބާވަތްތައް ހޯލްސޭލްކޮށް ވިއްކަން އެސްޓީއޯ އިން ނިންމި އިރު، މި ރޯދަމަހުގެ ފުރަތަމަ ދުވަހު، ހުޅުމާލެ އިން ހަނޑޫ، ހަކުރު، ފުށް ލިބުން ވަރަށް ބޮޑަށް ދަތިވި އެވެ. މީގެ ކުރިން ވެސް، ހާއްސަ ދުވަސްތަކާ ދިމާކޮށް، ކާޑުގެ ބާވަތްތައް ހުޅުމާލެ އިން ލިބުން ދަތިވެ އެވެ. އެގޮތަށް ސްޓޮކް ހުސްވަނީ، ވިޔަފާރިވެރިންނަށް ސަޕްލައި ނުކުރެވޭތީ އެވެ.
ރޯދަމަހާ ދިމާކޮށް ކާޑުގެ ބާވަތްތައް ބޭނުން ކުރާ ވަރު އިތުރުވެ އެވެ. އެސްޓީއޯ އިން އަންނަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ވެސް ކާޑުގެ ބާވަތްތައް އެއް އަގެއްގައި ވިއްކުމަށްޓަކައި، އަތޮޅުތަކަށް ކާޑު އުފުލުމުގެ ހަރަދު ދެމުންނެވެ.
ހުޅުމާލެ 2 ގައި އެސްޓީއޯގެ ފިހާރައެއް ހުޅުވަނީ
އެސްޓީއޯ، ޓެކޮނޮލޮޖީގައި ބޮޑު ބަދަލަކާ ދިމާއަށް!
އެންމެ ހެޔޮއަގުގައި ފްލެޓް ލިބޭ ސްކީމް އެސްޓީއޯ އިން
ފަހި ފްލެޓްގައި ރެނދު، ބުނީ ނުރައްކަލެއް ނެތް ކަމަށް
އަސާސީ ކާބޯތަކެތީގެ 23 ބާވަތް ވިއްކަން ފަށައިފި
ހުޅުމާލެ ޗެނަލް ޕާކަށް ނުވަދެވޭ ގޮތަށް ބޮއި އަޅައިފި
ފްލެޓްތައް ކައިރީ މާރާމާރީ ހިންގި ބަޔަކު ހައްޔަރުކޮށްފި
ހުޅުމާލެ ޗެނަލްގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާ
މާލެ އާއި ހުޅުމާލޭގެ އެކި ހިސާބުން ކަރަންޓު ކެނޑިއްޖެ
ހުޅުމާލެ2 ގައި މައްސަލަ ދިމާވީ ޓްރާންސްފޯމަރަކަށް