31 މާޗް 2023
ރާއްޖޭގައި އުފެދުނު އެކި ސިޔާސީ ފިކުރުތައް ނިމި، މިހާރު އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފިކުރު އެކަނި ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި އުފެދުނު އެކި ސިޔާސީ ފިކުރުތައް ނިމި، މިހާރު އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފިކުރު އެކަނި ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިސް މެމްބަރު އަލީ ޒާހިރު އެގޮތަށް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާނެ ކަމަށް އިއްޔެ އިއުލާން ކުރެއްވުމާއެކު، ސަރުކާރު ފަޅީގެ ގިނަ ބައެއްގެ ނުރުހުން ގާސިމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒު ވެފައި ވަނިކޮށެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ގާސިމްގެ ފަހަތުގައި ހުންނެވީ ނަޝީދެވެ. ގާސިމްގެ ރަނިންމޭޓަކަށް ހަމަޖައްސަވަން ނަޝީދު ބޭނުންފުޅުވަނީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ކަމަށް ވެ އެވެ.
މި ސަރުކާރާ ދެކޮޅު މީހުންނަށް ފާޑުވިދާޅުވާ ރައިވަރަކާއެކު، އަލީ ޒާހިރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވަގުތާ ހާލަތުގެ ސަބަބުން ގައުމުގައި އުފެދުނު ތަފާތު ޖަޒުބާތުތަކާއި ފިކުރުތައް މިހާރު ނިމިގޮސްފައިވާ ކަމަށެވެ.
"މުޅިން އައު ޖީލެއް ލީޑްކޮށްދެއްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު،" އޭނާ ވިދާޅުވި އެވެ.
އަލީ ޒާހިރު ހިއްސާކުރެއްވި ރައިވަރަކީ؛
ގަދަ ލަކުޑި ފީވެދޭ
ގަދަ ދަގަނޑު ދަބަރަށްވެދޭ
ގަދަ ހިލަ އަނދާ ރޫޅިދޭ
ގަދަވެ ބަލި އިންޖީނުދޭ
ގަދަނިދިއަޔަސް މަޑުވެދޭމި
ގަދަ އަލިފާންނިވި ދޭމި
އެމްޑީޕީ، އަދާލަތު އަދި އެމްޑީއޭގެ ކޯލިޝަނުން ރައީސަށް ފަސޭހަކަމާ އެކު އިންތިހާބު ކާމިޔާބު ކުރެވޭނެ: އަލީ ޒާހިރު https://t.co/p2dtnqXW8t
— Mihaaru (@Mihaarunews) March 14, 2023
އަލީ ޒާހިރުގެ ރައިވަރުގައި މައިގަނޑު ގޮތެއްގައި އަންގަވަން ބޭނުންވީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާތަނަށް އެންމެ ނުފޫޒު ގަދަ ސިޔާސީ ލީޑަރުންގެ ބާރު މިހާރު ނެތިފައިވާ ކަމެވެ. އެއީ ކުރީގެ ރައީސް ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ގާސިމެވެ.
އަލީ ޒާހިރުގެ ނަޒަރުގައި ރާއްޖޭގެ އާ ސިޔާސީ ފިކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
އެ މަނިކުފާނު އެންމެ އިތުބާރު ކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނޭ އަލީ ޒާހިރު ކުރިން ވިދާޅުވެފައިވާ ގޮތުގައި، އޭނާ ތަމްސީލުކުރައްވާ އަދާލަތު ޕާޓީ އާއި އެމްޑީޕީ އަދި އެމްޑީއޭ އިން ހަދަން ނިންމާފައިވާ ކޯލިޝަނަށް މި އަހަރުގެ ރިޔާސީ އިންތިހާބު ފަސޭހަކަމާއެކު ކާމިޔާބު ކުރެވޭނެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަނަށް ގާސިމް ގެނައުމުގެ ގޮތުން ރައީސާއި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަކިވަކިން ގާސިމާ ބައްދަލުކުރެއްވި އެވެ. އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ގާސިމްއާ ބައްދަލުކުރެއްވި އެވެ. ނަމަވެސް، ފަހު ވަގުތު ގާސިމް ނިންމެވީ އިންތިހާބުގައި ވާދަކުރެއްވުމަށެވެ.
އިމްރާން ވިދާޅުވީ އަދާލަތުން ތިބީ ރައީސާ އެކު ކަމަށް
ވެރިއެއްގެ ކެތްތެރިކަން ރައީސްގެ އެބަހުރި: އިލްޔާސް
ރައީސަށް ފަސޭހަކަމާއެކު ކާމިޔާބު ކުރެވޭނެ: އަލީ ޒާހިރު
އަދާލަތުން ކަމަކަށް އެއްބަސްވަނީ ވަރަށް ވިސްނުމަށްފަހު: އިމްރާން
ރައީސްގެ ސިޓީއަށް އަދާލަތު ޕާޓީން މިރޭ ގޮތް ނިންމަނީ
އެކުގައި ވާދަކުރަން އެމްޑީޕީ-އަދާލަތު މަޝްވަރާއަށް
"ގައުމީ ކާޑު ނެގީ ދައްކާނެ ވާހަކައެއް ނެތިގެން"
"އިދިކޮޅުން ވަނީ ދެކޮޅުނުޖެހޭ، ބަނގުރޫޓުވާނެ ވައުދު"
"ޖަލަށްލާނެ މީހުންގެ ލިސްޓެއް އިދިކޮޅުން ހަދައިފި"
އިޔާޒު: މުއިއްޒާ އެކު ތިބީ މަދު އިލްމުވެރިންތަކެއް