ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަށް ގިނަ އަދަދެއްގެ ދޮންވެލި ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން މިއަދު އިއުލާންކޮށްފި އެވެ.
02 އެޕްރީލް 2023
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަށް ގިނަ އަދަދެއްގެ ދޮންވެލި ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން މިއަދު އިއުލާންކޮށްފި އެވެ.
އާރުޑީސީގެ އިއުލާނުގައި ބުނީ އެ ކުންފުނީގެ ތިލަފުށި ޕްރޮޑަކްޝަން ސައިޓަށް ބޭނުންވާ ދޮންވެލި ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. ބޭނުންވަނީ 30،000 ކޮޑިފޫޓުގެ ހުދު ރާޅު ވެލި ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
އެ އިއުލާނުގައި ބުނީ ބޭނުންވަނީ އެ ކުންފުނިން އަންގާ ގޮތެއްގެ މަތިން އެކި ދުވަސްތަކަށް އަދަދުތައް ބަހާލައިގެން ތިލަފުށީ ޕްރޮޑަކްޝަން ސައިޓަށް ދޮންވެލި ގެންގޮސްދޭނެ ބަޔަކު ކަމަށެވެ.
ނަމަވެސް، އެއީ ސީދާ ކޮން މަސައްކަތެއް ކުރަން ހޯދާ ވެއްޔެއް ކަމަށް ބުނެފައެއް ނެތެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުގައި ބިޑުގައި ބައިވެރިވުމަށް މި މަހު 13 ގެ ކުރިން ޕްރޮފޯސަލް ހުށަހަޅަން ޖެހޭނެ ކަމަށް އިއުލާނުގައި ބުންޏެވެ. އަދި އެ މަސައްކަތް ހަވާލުކުރާ ބަޔަކު ކަނޑައެޅުމުގައި އެ ކުންފުނީގެ ބްލެކްލިސްޓް ޕޮލިސީއަށް އަމަލުކުރާނެ ކަމަށް ވެސް ބުންޏެވެ.
އާރުޑީސީ އަންނަނީ މާލެ އާއި ރަށްރަށުގައި މަގުތައް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މި ސަރުކާރުން އުފެއްދި އެ ކުންފުންޏާ ހަވާލުކޮށްގެން ހިންގާ މަގު ހެދުމުގެ މަޝްރޫއުތައް މުއްދަތު ހަމަވާއިރު ނުނިމޭތީ އާންމުންގެ ޝަކުވާ ބޮޑެވެ.
ތިލަފުށީގެ މަގުތައް މަރާމާތު ކުރަން ނިންމައިފި
އަމީނީމަގުގެ ހަލާކުވެފައި ހުރި ތަންތަން ހަދަން ފަށައިފި
ޕަމްޕް ސްޓޭޝަނަށް މިނިސްޓްރީން ވަގުތީ ހައްލެއް ހޯދައިފި
މޫކޭ އާއި ޔާސިރުގެ ޕާސްޕޯޓް ހިފަހައްޓައިފި
މޫކޭ، ޔާސިރުގެ އިލެކްޓްރޯނިކް ސާމާނުތަކެއް ހިފަހަޓައިފި
ހުޅުމާލެ ހޮސްޕިޓަލުގެ އީއާރު ބޮޑުކުރަން ހަވާލުކޮށްފި
އަމީނީމަގުގެ ތާރުގަނޑުގެ ހަލާކުވެ ނުރައްކާ ހާލަތަކަށް
ކަމެއް ވީހެން ވެސް ހީނުވޭ، މާލޭ ފުރެންދެން ކެމިކަލް!
އެޗްޑީސީން ނެގި 200 މިލިއަންގެ ލޯނަކަށް ގެރެންޓީދީފި
ތިލަފުށި-ޔޫޓީއެފް ބްރިޖުގެ ފީސިބިލިޓީ ސްޓަޑީއެއް ހަދަނީ