ރޯދަ އަށް ތިބެ މެންދުރުފަހު މެޗު ކުޅެން ޖެހޭތީވެ، ޓެކްނިކަލް ސަބަބުތަކަށްޓަކައި، އޮލިމްޕިކްސް ކޮލިފައިންގައި ގައުމީ އަންހެން ފުޓްބޯޅަ ޓީމު ބައިވެރިނުކުރާން ނިންމާފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.
03 އެޕްރީލް 2023
ރޯދަ އަށް ތިބެ މެންދުރުފަހު މެޗު ކުޅެން ޖެހޭތީވެ، ޓެކްނިކަލް ސަބަބުތަކަށްޓަކައި، އޮލިމްޕިކްސް ކޮލިފައިންގައި ގައުމީ އަންހެން ފުޓްބޯޅަ ޓީމު ބައިވެރިނުކުރާން ނިންމާފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.
އަންނަ އަހަރު ޕެރިހުގައި އޮންނަ އޮލިމްޕިކްސް ކޮލިފައިންގައި ރާއްޖެ ވާދަކުރަން ޖެހެނީ މިޔަންމާގައި އޮންނަ ގްރޫޕް ބީ ގަ އެވެ. ރާއްޖޭގެ އިތުރުން މި ގްރޫޕުގައި ހިމެނެނީ ބަންގްލަދޭޝް އާއީ އީރާނެވެ. މީގެ ތެރެއިން ބަންގްލަދޭޝް ވެސް ވަނީ ވަކިވެފަ އެވެ. އަދި ގްރޫޕް ސީ ގައި ވާދަކުރާ އަފްގާނިސްތާނާއި ފަލަސްތީން ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ.
މީގެ ތެރެއިން ބަންގްލަދޭޝް އިން މުބާރާތުން ވަކިވީ، ޓިކެޓާއި، ކެއުމާއި، ހުރުމާއި، ޕްރެކްޓިސް އަދި އެތެރޭގެ ދަތުރުތަކަށް އަމިއްލަ އަށް ހަރަދުކުރަން ޖެހޭތީ، އެކަމަށް ފައިސާ ނެތުމުންނެވެ.
ރާއްޖޭން ވެސް ވަކިވީ ފައިސާ ނެތިގެން ކަމަށް ބައެއް ނޫސްތަކުގައި ޖަހާފައިވެ އެވެ. އެކަމަކު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް "މިހާރު" އަށް ވިދާޅުވީ އެއީ ހަގީގަތެއް ނޫން ކަމަށާއި ރާއްޖޭން ބައިވެރިނުވީ ޓެކްނިކަލް ސަބަބުތަކާ ހެދި ކަމަށެވެ.
އެކަމުގެ ތަފްސީލް ދެމުން، ޓީމުގެ ކޯޗަކަށް ހުރި މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މެޗުތައް ރާވާފައި އޮތީ ރޯދަ މަހުގެ މެންދުރުފަހު ކުޅެން ކަމަށާއި، މިޔަންމާގެ ހޫނުމިން ހުރި ވަރަށް ބަލާއިރު، އެއީ ކުޅެން އެކަށޭނެ މާހައުލެއް ނޫން ކަމަށެވެ.
"ފުރަތަމަ ބެލިން އެގޮތަށް ކުޅެވިދާނެތޯ. އެކަމަކު މިފަދަ ހާލަތެއްގައި މި ކުޅުންތެރިން ނެތް މިހާތަނަށް ކުޅެފައެއް. އަނެއްކާ ރޯދަ ދޫކޮށްލާފައި ކުޅެން ބޭނުމެއް ނޫން. އެހެންވެ ކުޅުންތެރިންނާ ވެސް ވާހަކަދައްކާފައި، ކުޅުންތެރިންނަށް ވެސް މިއީ އުނދަގޫ ހާލަތެއް ކަމަށް ބުނުމުން އެންމެންގެ މަޝްވަރާގެ މަތިން ނިންމި ނިންމުމެއް މިއީ،" މިހާރު އެއް ވަނަ ޑިވިޝަނުގެ ބުރު ސްޕޯޓްސްއާ ހަވާލުވެފައިވާ ނިޒާމްބެ ބުންޏެވެ.
"އުނދަގޫ ހާލަތެއްގައި ކުޅެ ކުޅުންތެރިންގެ ސިއްހަތު ރިސްކެއްގެ ތެރެއަށް ލާން ޓެކްނިކަލް ޓީމު ބޭނުމެއް ނުވީ."
ރާއްޖެ އާއި ބަންގްލަދޭޝް ނެތުމުން، ގްރޫޕުގައި އޮންނާނީ މިޔަންމާ އާއި އީރާނުގެ ދެ މެޗެވެ. އަނެއް ބުރަށް ހޮވޭނީ އެގްރިގޭޓުން ކުރި ހޯދާ ޓީމެކެވެ.
އަންހެން ގައުމީ ޓީމު އެކުވެރިކަމުގެ މެޗުތަކެއް ކުޅެނީ
ފަހު 10 އަކާ ދިމާވާތީ ރާއްޖޭގެ މެޗު ފިލިޕީންސަށް
ޕްރެޒިޑެންޓްސް ކަޕް ވާންޖެހޭނީ ޝަރަފުވެރި ތައްޓަކަށް
ފުޓްބޯޅަ ސީޒަން ފަށާ އާ ތާރީހަކީ އޭޕްރީލް އަށެއް
އެފްއޭއެމްގެ ކޮންގްރެސްއެއް އަންނަ މަހު
އެފްއޭއެމްގެ އާ ޗެއާމަނަކަށް ކުރީގެ ޕީޖީ މުއިއްޒު
އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީން ޒުހޫރު ވަކިކޮށްފި
ނޯމަލައިޒޭޝަން ކޮމިޓީން އަހްމަދު އިސްތިއުފާ ދީފި
ޒުހޫރާ އެކު، ހާލަތު ބަދަލުވުމުގެ އުންމީދު ކުޑަ؟!
އެފްއޭއެމްގެ ވަގުތީ ޖެނަރަލް ސެކްރެޓަރީ އަކަށް ޝުޖާ