މި އަހަރުގެ ފުޓްބޯޅަ ސީޒަނުގެ ފުރަތަމަ މުބާރާތަކީ ޕްރެޒިޑެންޓްސް ކަޕް ކަމަށާއި އެ މުބާރާތް އަންނަ ހޮނިހިރު ދުވަހުގެރޭ ފަށާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.
04 އެޕްރީލް 2023
މި އަހަރުގެ ފުޓްބޯޅަ ސީޒަނުގެ ފުރަތަމަ މުބާރާތަކީ ޕްރެޒިޑެންޓްސް ކަޕް ކަމަށާއި އެ މުބާރާތް އަންނަ ހޮނިހިރު ދުވަހުގެރޭ ފަށާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.
އީގަލްސް އަތުން 2-1 އިން މާޒިޔާ މޮޅުވެ ޗެރިޓީ ޝީލްޑް އުފުލާލި މެޗުން ރޭ ސީޒަން ފެށި ނަމަވެސް، ދެން އޮންނާނީ ކޮން މުބާރާތެއް ކަމަށް އޮތީ ޔަގީންނުވެ އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރު" އަށް ވިދާޅުވީ، ޕްރެޒިޑެންޓްސް ކަޕުގައި ވާދަކުރާނީ ފުރަތަމަ ޑިވިޝަނުގެ 8 ޓީމު ކަމަށާއި ހުރިހާ ޓީމަކުން ވެސް އޮތީ ބައިވެރިވާނެ ކަމަށް ބުނެފައި ކަމަށެވެ.
"މިއަދު ފައިނަލް ވެގެންދާނެ،" ޖަވާ ވިދާޅުވި އެވެ.
އެކަމަކު، މިހާތަނަށް ޕްރެކްޓިސް ފަށާފައިވަނީ އެންމެ ތިން ޓީމުންނެވެ. އެއީ ދުރާލާ ވަރަށް ރަނގަޅަށް ތައްޔާރީތައް ފެށި މާޒިޔާ އާއި އީގަލްސްގެ އިތުރުން، މި ހަފުތާގައި ޕްރެކްޓިސް ފެށި ބުރު ސްޕޯޓްސް އެވެ. ފުރަތަމަ ޑިވިޝަނުގައި ދެން ހިމެނެނީ ވެލެންސިއާ، ގްރީންސްޓްރީޓްސް، ޔުނައިޓެޑް ވިކްޓްރީ، ޓީސީ ސްޕޯޓްސް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް އެވެ.
ޕްރެޒިޑެންޓްސް ކަޕަށް ފަހު، ސީޒަނުގެ މައި މުބާރާތް ކަމަށްވާ ދިވެހި ޕްރިމިއާ ލީގު ފަށާނެ ތާރީހެއް އަދި ނޭގެ އެވެ.
ޖޫން މަހު އޮންނަ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރުވާން އަންނަ މަހު ފަހުކޮޅު ސީޒަން މެދުކަނޑާލާން ވެސް ޖެހޭނެ އެވެ. އެހެންވެ ޕްރެޒިޑެންޓްސް ކަޕަށް ފަހު ލީގު ފެށި ނަމަވެސް، މާގިނަ މެޗުތަކެއް ނުކުޅެވޭނެ އެވެ.
ޕްރެޒިޑެންޓްސް ކަޕަކީ، ރާއްޖޭގައި ގައުމީ ފެންވަރުގައި ބާއްވާ އެންމެ ދުވަސްވީ ކުޅިވަރު މުބާރާތެވެ. ގައުމީ މުބާރާތުގެ ނަމުގައި 1947 ގައި ފެށި މުބާރާތް ފަހުން ކުޅެމުން އައީ، މިލްކުކުރެވޭ ގޮތަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ތަށްޓަކަށެވެ. އަދި 2005 ވަނަ އަހަރުން ފެށިގެން ޕްރެޒިޑެންޓްސް ކަޕަށް މުބާރާތް ރިބްރޭންޑްކުރި އެވެ. މި މުބާރާތަކީ، ޒަމާނުއްސުރެ، ލީގުގެ ގަދަ ހަތަރު ޓީމުގެ މެދުގައި ސީޒަނުގެ ފަހުކޮޅު ބާއްވަމުން އައި މުބާރާތެކެވެ. އެކަމަކު ފަހަކަށް އައިސް ތަފާތު ފޯމެޓްތަކަށް އަންނަނީ ބާއްވަމުންނެވެ.
މިދިޔަ ސީޒަން ފަށަން، ކުޅުނު ޕްރެޒިޑެންޓްސް މާޒިޔާ 2-1 އިން ބަލިކޮށް ކާމިޔާބުކުރީ ވެލެންސިއާ އިންނެވެ. އެއީ 2017 ވަަނަ އަހަރު ޓީސީ 3-0 އިން ބަލިކޮށް ނިއު ރޭޑިއަންޓުން ޕްރެޒިޑެންޓްސް ކާމިޔާބުކުރި ފަހުން މެދުކެނޑިފައި އޮވެފައި މުބާރާތް ބޭއްވި ފުރަތަމަ ފަހަރެވެ. މުބާރާތް އެންމެ ކާމިޔާބު ދެ ޓީމު ކަމަށްވާ ނިއު އާއި ވިކްޓްރީ އޮތީ ދެ ވަނަ ޑިވިޝަނުގައި ކަމުން މި އަހަރު އެ ދެ ޓީމަށް މުބާރާތުގައި ވާދަނުކުރެވޭނެ އެވެ.
ޕްރެޒިޑެންޓްސް ކަޕް ވާންޖެހޭނީ ޝަރަފުވެރި ތައްޓަކަށް
ރަށްރަށަށް ފުޓުބޯޅަ، ރ. އަތޮޅުގައި ދަނޑުފޯރި!
ފަހު 10 އަކާ ދިމާވާތީ ރާއްޖޭގެ މެޗު ފިލިޕީންސަށް
ފުޓްބޯޅަ ސީޒަން ފަށާ އާ ތާރީހަކީ އޭޕްރީލް އަށެއް
އެފްއޭއެމްގެ ކޮންގްރެސްއެއް އަންނަ މަހު
އެފްއޭއެމްގެ އާ ޗެއާމަނަކަށް ކުރީގެ ޕީޖީ މުއިއްޒު
އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީން ޒުހޫރު ވަކިކޮށްފި
ނޯމަލައިޒޭޝަން ކޮމިޓީން އަހްމަދު އިސްތިއުފާ ދީފި
ޒުހޫރާ އެކު، ހާލަތު ބަދަލުވުމުގެ އުންމީދު ކުޑަ؟!
އެފްއޭއެމްގެ ވަގުތީ ޖެނަރަލް ސެކްރެޓަރީ އަކަށް ޝުޖާ