06 އެޕްރީލް 2023
ހިމާޔަތްކޮށްފައިވާ ދޫނިތަކެއް ވަގަށް ބޭރުކުރަން އުޅުނު އިތުރު ދިވެއްސަކު ތައިލެންޑުން ހައްޔަރުކޮށްފި އެވެ.
ހިމާޔަތްކޮށްފައިވާ ދޫނިތަކެއް ވަގަށް ބޭރުކުރަން އުޅުނު އިތުރު ދިވެއްސަކު ތައިލެންޑުން ހައްޔަރުކޮށްފި އެވެ.
މިދިޔަ މަހު ވެސް، ދިވެހިންގެ ބަޔަކު މަނާ ދިރޭ ތަކެތި ތައިލެންޑުން ބޭރުކުރަން އުޅެނިކޮށް އަތުލައިގަތެވެ. އެ އެންމެން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
އެ ގައުމުގެ ބައެއް ނޫސްތަކުގައި ވާ ގޮތުން، ދިވެއްސަކު އިއްޔެ ހައްޔަރުކުރީ ބެންކޮކް އެއާވޭސްގެ ފްލައިޓަކުން ރާއްޖެ އަންނަން ވެގެން އެ ގައުމުގެ މައި އެއާޕޯޓް، ސުވަރްނަބޫމީ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓަ އެވެ. އޭނާގެ ލަގެޖުން ފެނުނީ ތައިލެންޑުގައި ހިމާޔަތްކޮށްފައިވާ ދިރޭ ތަކެތި ކަމަށް ކަމާބެހޭ އިދާރާތަކާ ހަވާލާދީ ނޫސްތަކުގައި ވެ އެވެ.
ހިމާޔަތްކޮށްފައިވާ ދޫނިތަކެއް ތައިލެންޑުން ބޭރުކުރަން އުޅެނިކޮށް އަތުލައިގަނެ ކަސްޓަމްސް އިން ފާސްކުރަނީ. -- ފޮޓޯ: ދަ ނެޝަނަލް
ތައިލެންޑްގެ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕާކް، ވައިލްޑްލައިފް އަދި ޕްލާންޓް ކޮންސަވޭޝަން (ޑީއެންޕީ) އާ ހަވާލާދީ ނޫސްތަކުގައި ބުނީ، ދިވެހި މީހާގެ ލަގެޖުން ފެނުނީ، ބްލެކް ހޯކް އާއި ބަފީ ފިޝް އައުލް އަދި ބެއާޑް އީގަލް އައުލް ފަދަ ދޫނިތައް ކަމަށެވެ.
އެ ދޫނިތައް ހުރީ ވަށިގަނޑުތަކަކަށް އަޅައި، ލަގެޖް ބޮކްސްއެއްގައި ބަންދުކޮށްފަ އެވެ.
ހިމާޔަތްކޮށްފައިވާ ދޫނިތަކެއް ތައިލެންޑުން ބޭރުކުރަން އުޅެނިކޮށް އަތުލައިގަނެ ކަސްޓަމްސް އިން ފާސްކުރަނީ. -- ފޮޓޯ: ދަ ނެޝަނަލް
ޑީއެންޕީ ބުނި ގޮތުގައި، އެ އެއްޗެހީގެ އަގު 100،000 ބާތު (45،099ރ.) އަަށް އަރަ އެވެ.
އެ މީހާއާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ސުވަރުނަބޫމީ އެއާޕޯޓް ޕޮލިސްއަށް ޑީއެންޕީން ހެކި ހުށަހަޅާފައިވާ ކަމަށް ބުންޏެވެ. އޭނާގެ ލަޖެގުން ފެނުނު ދޫނިތައް އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ތައިލެންޑްގެ މީޑިއާތަކުން ބުންޏެވެ.
ހިމާޔަތްކޮށްފައިވާ ދޫނިތަކެއް ތައިލެންޑުން ބޭރުކުރަން އުޅެނިކޮށް އަތުލައިގެންފައި: މި މައްސަލާގައި ހައްޔަރުކުރީ ދިވެއްސެއް. -- ފޮޓޯ: ދަ ނެޝަނަލް
ތައިލެންޑުން ޑްރަގް އެތެރެކުރި ދިވެއްސަކު އަތުލައިގެންފި
ތައިލެންޑުން 60 ދުވަހުގެ ވިސާ ލިބޭ ގޮތް ހަދައިފި
ޑައިވިންއަށް ދިޔަ ތައިލެންޑުމީހަކު ގެނބިގެން މަރުވެެެއްޖެ
ހަށިވިއްކާ ތަނެއް ރެއިޑްކޮށް ހަތަރު މީހަކު ހައްޔަރަށް
ސުޓާޕާ: ދެވަނަ ދަތުރުން އެއް މިލިއަންގެ ފަހުރު
ތައިލެންޑާއި ޔޫއޭއީ އަށް ބޭހަށް ފޮނުވަން ތައްޔާރުވަނީ
ރިޖެކްޓް މަދުކުރަން ތައިލެންޑު ބަޔަރުން ބޭނުމެއް ނުވި
އިންވެސްޓަރުގެ ގާބިލްކަން ކަށަވަރުކުރާނަން: މިނިސްޓްރީ
ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅަން ހަވާލުކޮށްފި
ޔޫއޭއީ، ތައިލެންޑަށް އާސަންދަ ފުޅާކުރަން ތައްޔާރުވަނީ