Roadha Mihaaru
އެކްސިޑެންޓެއްގައި ލޯންޗަކަށް ބޮޑެތި ގެއްލުންތަކެއް

އެކްސިޑެންޓެއްގައި ލޯންޗަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

15 އެޕްރީލް 2023

މާލެ އާއި ވިލިމާލެއާ ދެމެދު ދަތުރުކުރި ދެ ލޯންޗު އެކްސިޑެންޓުވެ، ލޯންޗަކަށް ބޮޑެތި ގެއްލުންތަކެއް މިރޭ ލިބިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލެ އާއި ވިލިމާލެއާ ދެމެދު ދަތުރުކުރި ދެ ލޯންޗު އެކްސިޑެންޓުވެ، ލޯންޗަކަށް ބޮޑެތި ގެއްލުންތަކެއް މިރޭ ލިބިއްޖެ އެވެ.

ކަނޑުމަތީގެ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

ފުލުހުން ބުނީ މިރޭ 19:45 ހާއިރު މާލެ އާއި ވިލިމާލެއާ ދެމެދު ދަތުރުކުރި ދެ ލޯންޗު ޖެހި އެކްސިޑެންޓުވުމާ ގުޅިގެން މެރިން ޕޮލިސް އެތަނުގައި ހަރަކާތްތެރިވި ކަމަށެވެ. އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.

ކަނޑުމަތީ އެކްސިޑެންޓުގައި ގެއްލުން ލިބުނު ލޯންޗު ވިލިމާލެ ބަނދަރުގައި.-- ފޮޓޯ: މެރިން ޕޮލިސް

ކަނޑުމަތީ އެކްސިޑެންޓުގައި ގެއްލުން ލިބުނު ލޯންޗު ވިލިމާލެ ބަނދަރުގައި.-- ފޮޓޯ: މެރިން ޕޮލިސް

މި ހާދިސާ ހިނގަން މެދުވެރިވި ގޮތެއް އަދި ނޭނގެ އެވެ.

އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެތަނުން އެއް ލޯންޗުގެ ކުރީ ބައި އޮތީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފަ އެވެ. އެ ދެ ލޯންޗު ވެސް މިހާރު އޮތީ ވިލިމާލެ ބަނދަރުގަ އެވެ.