Roadha Mihaaru
ޔަމަނުގައި ސައުދީގެ މަސައްކަތަށް ރާއްޖޭން ތާުއީދުކޮށްފި

ޔަމަނުގައި ސުލްހަ ގާއިމުކުރަން ސައުދީން ކުރާ މަސައްކަތަށް ރާއްޖޭން ތާއީދުކޮށްފި

17 އެޕްރީލް 2023

ޔަމަނުގައި ސުލްހަ ގާއިމު ކުރުމަށް ސިޔާސީ ހައްލެއް ހޯދުމަށް ސައުދީ އަރަބިއާއިން އިސް ނެގުމުން އެ މަސައްކަތަށް ރާއްޖޭން ތާއީދުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޔަމަނުގައި ސުލްހަ ގާއިމު ކުރުމަށް ސިޔާސީ ހައްލެއް ހޯދުމަށް ސައުދީ އަރަބިއާއިން އިސް ނެގުމުން އެ މަސައްކަތަށް ރާއްޖޭން ތާއީދުކޮށްފި އެވެ.

ޔަމަނުގެ ސަރުކާރާ ދެކޮޅަށް ނުކުތް ޝިއައީ ޖަމާއަތެއް ކަމަށްވާ ހޫތީންނާ ދެކޮޅަށް ހަނގުރާމަ ކުރި ސައުދީން ވަނީ އެ ޖަމާއަތާ ވެސް ވާހަކަ ދައްކައިގެން ޔަމަނުގެ މައްސަލަ އަށް ސިޔާސީ ހައްލެއް ހޯދުމަށް ނިންމައިފަ އެވެ.

ސައުދީން ޔަމަނަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު އަލް ޖާބިރު އިސްނެންގެވުމުގެ މަތިން މިމަހު 8-13 އަށް ވަނީ ޔަމަނުގެ އެކި ފަރާތްތަކާ އެކު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ޔަމަނުގައި އުފެދިފައިވާ ދާހިލީ ހަަމަނުޖެހުން ނިމުމަކަށް ގެނައުމަށް ފުރިހަމަ ސިޔާސީ ހައްލެއް ހޯދައިދިނުމަުގެ ގޮތުން، ސައުދީ އަރަބިއާގެ ވަފުދުން، ޔަމަނުގެ ސަންއާގައި މި މަހު ބޭއްވި ބައްދަލުވުންތަކަށް މަރުހަަބާ ކިޔާ ކަމަށެވެ.

"ދިވެހި ސަރުކާރުން ޔަމަނުގެ އެކި ޕާޓީތަކަށާއި އެ ގައުމުގެ ގާނޫނީ ސަރުކާރަށާއި ހޫތީންނަށް ވެސް އިލްތިމާސް ކުރަނީ ޔަމަނުގެ ރައްޔިތުންނަށްޓަކައި ސުލްހައިގެ ވާހަކަތަކަށް އެެއްބާރުލުން ދިނުމަށް،" ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.