ކުރީގެ ކުޅުންތެރިންނަށް އަމާޒު ކޮށްގެން ރޯދަ މަހު ކުރިއަށް ގެންދާ އެފްއޭއެމް ވެޓެރަންސް ލީގުގެ މިއަހަރުގެ ފައިނަލް ގައި މިދިޔަ އަހަރުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ކްލަބާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ވާދަކުރަން ޖެހިއްޖެ އެވެ.
ކުރީގެ ކުޅުންތެރިންނަށް އަމާޒު ކޮށްގެން ރޯދަ މަހު ކުރިއަށް ގެންދާ އެފްއޭއެމް ވެޓެރަންސް ލީގުގެ މިއަހަރުގެ ފައިނަލް ގައި މިދިޔަ އަހަރުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ކްލަބާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ވާދަކުރަން ޖެހިއްޖެ އެވެ.
މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލްގައި ހުޅުމާލެ ވެޓެރަންސް ވަނީ 1-0 އިން މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) ބަލިކޮށްފަ އެވެ. އަދި ދަ ގްރާންޑޭ ވަނީ ހުއްރިއްޔާ ސްޕޯޓްސް ކްލަބާ ވާދަކޮށް 3-2 އިން މެޗު ކާމިޔާބު ކޮށްފަ އެވެ.
އެފްއޭއެމް އެއް ނަމްބަރު ޓާފް ދަނޑުގައި ކުޅުނު ސެމީ ފައިނަލް މެޗުގައި ބައްދަލުކުރި ހުޅުމާލެ ވެޓެރަންސް އާއި އެމްއެސްއެމް އަކީ މިދިޔަ އަހަރުގެ ފައިނަލް ގައި ވެސް ކުޅުނު ދެ ޓީމެވެ. މި މެޗުގައި ހުޅުމާލެ ވެޓެރަންސްގެ ހަމައެކަނި ގޯލު ފުރަތަމަ ހާފުގައި ޖަހައިދިނީ އަބްދުލް މަޖީދު އިބްރާހިމް (މަޖިއްޓޭ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ އޭނާ އެވެ.
ދެ ނަމްބަރު ޓާފް ދަނޑުގައި ކުޅުނު ދެ ވަނަ ސެމީ ފައިނަލް މެޗުގައި ފުރަތަމަ ލަނޑު ޖެހީ ވެސް ދަ ގްރާންޑޭ އެވެ. މެޗުގެ ފަސް ވަނަ މިނިޓުގައި އިބްރާހިމް ޝަރީފް އެ ޓީމަށް ލީޑު ނަގައިދީފައި ވަނިކޮށް ހުއްރިއްޔާ އަށް އެއްވަރު ކޮށްދިނީ މައުސޫމް އަބްދުލްގަފޫރު (މާސޭ) އެވެ.
އެއްވަރު ވެގެން ފުރަތަމަ ހާފު ނިމުނު ކަމުގައި ވިއަސް ފަހު ހާފުގައި ގްރާންޑޭ އިން ވަނީ އިތުރު ދެ ގޯލު ޖަހައިފަ އެވެ. ދެ ވަނަ ފަހަރަށް ލީޑު ނަގައިދިން ލަނޑު ޖަހައިދިނީ އަލީ ނާޝިދެވެ އަދި ލީޑު ފުޅާ ކޮށްދިނީ ހުސެއިން ޝަރީފް އެވެ. އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ގްރާންޑޭގެ ދެ ވަނަ ލަނޑު ޖަހައިދިނީ ހުސެއިން ނަސީރެވެ.
މިއަހަރުގެ މުބާރާތުގައި 11 ޓީމެއް ވާދަ ކޮށްފައި ވާއިރު މުބާރާތް ކުރިއަށް ދިޔައީ ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. ފުރަތަމަ ގުރޫޕުން ދެ ޓީމު އަދި ދެވަނަ ގުރޫޕާއި ތިންވަނަ ގުރޫޕުން ތިން ޓީމު ވަނީ ނޮކައުޓް ބުރުން ފުރުސަތު ހޯދައިފަ އެވެ
މުބާރާތުގެ ފުރަތަމަ މެޗުން ގްރާްޑޭ ބަލިވި ނަމަވެސް އެޓީމުން ވަނީ ވާދަކުރި ގުރޫޕް އޭގެ އެއް ވަނަ ހޯދައިފަ އެވެ. އަދި ހުޅުމާލެ ވެޓެރަންސް ވާދަކުރި ގުރޫޕް ބީ އިން އެއް ވަނަ ހޯދީ މެޗަކުން ބަލިނުވެ އެވެ. ކުއާޓާ ގައި ގްރާންޑޭ ވަނީ ނިއު ރޭޑިއަންޓް ބަލިކޮށްފަ އެވެ. އަދި ހުޅުމާލެ ވެޓެރަންސް ވަނީ ކުއާޓާ ގައި ޕޮލިސް ކްލަބް ބަލިކޮށްފަ އެވެ.
މިއީ ދަ ގްރާންޑޭ ފައިނަލް ގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އެފްއޭއެމް އެއް ނަމްބަރު ޓާފް ގައި ގްރާންޑޭ އާއި ހުޅުމާލެ ވެޓެރަންސް ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ ބުރާސްފަތި ދުވަހުގެ ހަވީރު 4:30 ގަ އެވެ.
ގްރާންޑޭ ބަލިކޮށް ހުޅުމާލޭ ވެޓެރަންސް ތަށި ދިފާއުކޮށްފި
ނިއު/ސިފައިން ކަޓައި، ހުރާ އާއި ގްރާންޑޭ ސެމީ އަށް
ވެޓެރަންސް ލީގު: ބުރު ބަލިކޮށް ގްރާންޑޭއަށް އުންމީދެއް
ވެޓެރަންސް ލީގުގެ ފުރަތަމަ މޮޅު އީގަލްސް އަށް
މުއްދަތު ހަމަވިއިރު ވެހިކަލްތަކުގެ ޒޯން ބަދަލެއް ނުވި
ވެޓަރަންސް މެޗުގައި ލެޖެންޑް ޝާހްއަށް ބޮޑު އަނިޔާއެއް
ޝައިހު އިސްމާއިލްގެ ހަރަދުގައި ހުޅުމާލޭގައި މިސްކިތެއް
ނައިބް ރައީސް މި އަހަރު ވެސް ވެޓްރަންސްގައި ކުޅުއްވާ
ވިލިމާލޭން ތިން އަހަރުގެ ޗެމްޕިއަން ހުޅުމާލެ ބަލިކޮށްފި
ބާކީ ފްލެޓް ދޭނީ 15،000 ފޯމު ބަލާފައި:މުއްތަލިބު