ރާއްޖޭގެ ދެކުނު ކަނޑުގެ ސަރަހައްދުން ރާއްޖެ ބޭނުންވި ގޮތަށް މިއަދު އިން ކަނޑައެޅުމުގައި ރާއްޖެ އަށް ކާމިޔާބުވީ ބައިނަލްއަގްވާމީ އުސޫލުތަކަށް ފުރިހަމަ އަށް ބޯލަނބައިގެން ކުރިއަށް ދިއުމުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
28 އެޕްރީލް 2023
ރާއްޖޭގެ ދެކުނު ކަނޑުގެ ސަރަހައްދުން ރާއްޖެ ބޭނުންވި ގޮތަށް މިއަދު އިން ކަނޑައެޅުމުގައި ރާއްޖެ އަށް ކާމިޔާބުވީ ބައިނަލްއަގްވާމީ އުސޫލުތަކަށް ފުރިހަމަ އަށް ބޯލަނބައިގެން ކުރިއަށް ދިއުމުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ދެކުނު މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައެޅުމުގެ މައްސަލާގައި ދެ ގައުމުން ހިޔާލު ތަފާތުވުމުން، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މިއަދު ނިންމީ ރާއްޖެ އަށް ބޮޑު ބައެއް ލިބޭ ގޮތަށެވެ. ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެ އަށް ލިބެ އެވެ. މޮރިޝަސް އަށް ދޭން ނިންމީ 45،331 އަކަކިލޯ މީޓަރެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދު ބަހާލި ގޮތެވެ.
ރާއްޖެ އަށް ބޮޑު ބައެއް ލިބޭ ގޮތަށް އިޓްލޮސް އިން މައްސަލަ ނިންމުމުން ޝާހިދު ވިދާޅުވީ، އެއީ ރާއްޖެ އަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށެވެ. އޭނާ ވިދާޅުވީ އީއީޒެޑްގެ ކަށަވަރުކަން ލިބުނީ ބައިނަލްއަގްވާމީ ނިޒާމަށް ރާއްޖެ އިން ކުރާ އިތުބާރުގެ ސަބަބުން ކަމަށެވެ.
"މިއަދު ރާއްޖެއިން ވަނީ ދެކުނުގެ ކަނޑުގެ ސަރަޙައްދު ކާމިޔާބުކަމާއެކު ކަނޑައަޅާފައި. އަޅުގަނޑުމެން އެކަން ކުރީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ބައިނަލްއަގްވާމީ އުސޫލުތަކަށް ފުރިހަމައަށް ބޯލަނބައިގެން،" ޝާހިދު ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.
"ބައިނަލްއަގްވާމީ ނިޒާމަށް އަޅުގަނޑުމެން ކުރާ އިތުބާރުގެ ސަބަބުން އީއީޒެޑްގެ ބޭރުފުށަށް ޔަގީންކަން ގެނެވިއްޖެ."
ރާއްޖެ އަށް ކަނޑުގެ ސަރަހައްދުގެ ބޮޑުބައެއް ލިބުމުގައި އިޓްލޮސްގައި ވަކާލާތު ކުރި ރާއްޖޭގެ ގާނޫނީ ޓީމު ލީޑް ކުރެއްވި ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ކުރެއްވި މަސައްކަތް ޝާހިދު ފާހަގަ ކުރެއްވި އެވެ.
ވޯޓު ނުދިނީ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިދާނެތީ
ޕީޕީއެމްގެ ސިޓީއެއް އިޓްލޮސް އަށް!
މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސްގެ ސިޓީފުޅެއް
މޮރިޝަސްއާ ދެކޮޅު ވޯޓަށް މާފަށް އެދެންޖެހޭނެ: ޕީޕީއެމް
ފޯޅަވަހީގެ އެއްބަސްވުމަކަށް ބަދަލެއް ނުގެންނަން: ޔޫކޭ
ޗާގޯސްގެ މައްސަލައިގައި ޔޫކޭ-މޮރިޝަސްގެ އާ ޑީލެއް
ޗާގޯސް ޑީލަށް ޓްރަމްޕުގެ ބަހެއް އޮންނަންވާނެ: ޔޫކޭ
ޗާގޯސް ދިނުމާމެދު އަލުން ވިސްނަންޖެހޭ: ނަޝީދު
ޗާގޯސް މޮރިޝަސްއަށް ދޭނެ ކަމާ މެދު ސުވާލުއުފެދިއްޖެ
ޓްރަމްޕް ސަރުކާރުން ޗާގޯސް ޑީލަށް ހުރަސް އަޅާފާނެ