Roadha Mihaaru
ގަހެއް ކަނޑަން އުޅުމުގެ ތެރޭގައި މީހަކު މަރުވެއްޖެ

ގަހެއް ކަނޑަން އުޅުމުގެ ތެރޭގައި ގޮފިގަނޑަކުން ބޮލުގައި ޖެހި މީހަކު މަރުވެއްޖެ

03 މެއި 2023

ދެކުނުގެ ރިސޯޓެއްގައި ގަހެއް ކަނޑަން އުޅުމުގެ ތެރޭގައި ގޮފިގަނޑަކުން ބޮލުގައި ޖެހި، ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން އަންނަނިކޮށް މީހަކު މިއަދު މަރުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދެކުނުގެ ރިސޯޓެއްގައި ގަހެއް ކަނޑަން އުޅުމުގެ ތެރޭގައި ގޮފިގަނޑަކުން ބޮލުގައި ޖެހި، ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން އަންނަނިކޮށް މީހަކު މިއަދު މަރުވެއްޖެ އެވެ.

އެ ހާދިސާގައި މަރުވީ 61 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ ދެކުނުގެ ރިސޯޓެއްގައި ގަހެއް ކަނޑަނިކޮށް ގޮފިގަނޑެއް ވިއްސައިގެން ގޮސް މީހެއްގެ ބޮލުގައި ޖެހި އަނިޔާވުމާ ގުޅިގެން އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައީ މިއަދު ހެނދުނު 9 ޖަހާކަށް ހާއިރު ކަމަށެވެ.

އެއީ ކޮން ރިސޯޓެއް ކަމެއް އަދި ނޭނގެ އެވެ.

ފުލުހުން ބުނީ އެ މީހާ މަރުވީ ފަރުވާދެމުން އަންނަނިކޮށް ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށެވެ.

"މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" އޭނާ ވިދާޅުވި އެވެ.

އައްޑޫ ހޮސްޕިޓަލުގެ ބަހެއް ނުލިބޭތީ އިތުރު މައުލޫމާތު ލިބޭ ގޮތެއް އަދި ނުވެ އެވެ.