މިހާރު ކުރިއަށްދާ "އިންޓަ އޮފީސް/ ކޮމްޕެނީ ޗެމްޕިއަންޝިޕް" ވޮލީބޯޅަ މުބާރާތުގައި ސީދާ ތިން ސެޓުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަލިކޮށް ސްޓެލްކޯ އިން ސެމީ ފައިނަލްގެ ޖާގައެއް ހޯދުމުގެ އުންމީދު ދަމަހައްޓައިފި އެވެ.
މިހާރު ކުރިއަށްދާ "އިންޓަ އޮފީސް/ ކޮމްޕެނީ ޗެމްޕިއަންޝިޕް" ވޮލީބޯޅަ މުބާރާތުގައި ސީދާ ތިން ސެޓުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަލިކޮށް ސްޓެލްކޯ އިން ސެމީ ފައިނަލްގެ ޖާގައެއް ހޯދުމުގެ އުންމީދު ދަމަހައްޓައިފި އެވެ.
ހުޅުމާލޭ އާބަންކޯ ވޮލީ ކޯޓުގައި އިއްޔެ ހަވީރު ވިއްސާރައިގެ ތެރޭގައި ކުޅުނު މެޗުގެ ފޯރިގަދަ ސެޓްތައް ސްޓެލްކޯ ގެންދިޔައީ 27-25، 26-24 އަދި 25-23 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޓެލްކޯގެ ބިދޭސީ ކުޅުންތެރިޔާ، އިންޑިއާގެ ގަގަންދީޕް ސިންގް އެވެ.
ސްޓެލްކޯ އާއި އެމްޕީއެލް ހިމެނޭ ގުރޫޕް އޭގައި މުޅިއެކު ފަސް ޓީމު ހިމެނެ އެވެ. މި ދެޓީމުގެ އިތުރުން ދެން ހިމެނެނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މޯލްޑިވްސް ޕޮލިސް ސާވިސް (އެމްޕީއެސް) އަދި އާބަންކޯ އެވެ. ސެމީ އަށް ދާނީ އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެވެ.
ސްޓެލްކޯ ވަނީ ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން އެމްއޭސީއެލް އެވެ. ދެވަނަ މެޗުގައި 3-1 ސެޓުން ޕޮލިސް އަތުން ބަލިވި ނަމަވެސް ތިންވަނަ މެޗުގައި މިވަނީ ސީދާ ތިން ސެޓުން އެމްޕީއެލްގެ މައްޗަށް ކުރި ހޯދައިފަ އެވެ.
ގުރޫޕް ސްޓޭޖުގައި ސްޓެލްކޯގެ ފަހު މެޗުގައި ބައްދަލުކުރާނީ މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފައިވާ އާބަންކޯއާ ދެކޮޅަށެވެ. އާބަންކޯގެ ތިންވަނަ މެޗު ރޭ ޕޮލިހާ ދެކޮޅަށް ކުޅެން އޮތް ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ވަނީ ފަސް ކޮށްފަ އެވެ.
ސްޓެލްކޯގެ އިތުރުން މި ގުރޫޕުން ސެމީގެ ޖާގަތަކަށް އެންމެ ބޮޑަށް ވާދަކުރާނީ ޕޮލިހާއި އާބަންކޯ އެވެ. ޕޮލިހުން ފުރަތަމަ މެޗުގައި ސްޓެލްކޯ ބަލިކުރިއިރު، އާބަންކޯ ވަނީ ފުރަތަމަ ދެ މެޗުގައި އެމްއޭސީއެލް އާއި އެމްޕީއެލް ސީދާ ތިން ސެޓުން ބަލިކޮށްފަ އެވެ.
މި މުބާރާތުގައި މިއަދު ހަވީރު 4:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގުރޫޕް ބީގެ ވެމްކޯ އާއި އެމްއެންޑީއެފް އެވެ. އަދި މިރޭ 8:30 ގައި އެމްޕީއެލް އާއި އެމްއޭސީއެލް ވާދަކުރާނެ އެވެ.
ޕޮލިހާއި ވެމްކޯ ސެމީ ފައިނަލްގެ ޖާގަ ޔަގީން ކޮށްފި
އާބަންކޯ އާއި ސިފައިން ސެމީއަށް، ޕޮލިސް އުންމީދުގައި
ކަރެކްޝަންސް ބަލިކޮށް އެފްއެސްއެމްއަށް ސެމީގެ އުންމީދެއް
ސިފައިން ސެމީއާ ގާތަށް، އެމްޕީއެލް އަށް ފުރަތަމަ މޮޅު
ސިފައިންނާއި ޕޮލިސް ވެސް އޮފީސް މުބާރާތް ފެށީ މޮޅަކުން
އާބަންކޯއާއި ސްޓެލްކޯ އޮފީސް މުބާރާތް މޮޅަކުން ފަށައިފި
"ބަޖެޓް ދެނީ ސަރުކާރުން، ޖަވާބުދާރީ ކުރެވެން ޖެހޭނެ"
ވީއޭއެމްގެ ރައީސްކަމަށް ތިންވަނަ ފަހަރަށް ލަތީފް
ޓްރާންސްފޯމަރު "ވަގު" ހުއްޓުވުމުން ބޯފަޅާލައިފި
ސިޓީން މެޗު ދޫކޮށްލުމުން އެޗްޑީސީ ފައިނަލަށް