Roadha Mihaaru
ލެކިއުޓްގައި މައިންނަށް ހާއްސަ ޕްރޮމޯޝަނެއް

ލެކިއުޓުން މައިންގެ ދުވަހަށް ހަދިޔާ: ހާއްސަ ޕްރޮމޯޝަނަކާއި އޮފާތަކެއް

11 މެއި 2023

އަންނަ އާދިއްތަ ދުވަހު ފާހަގަކުރާ މަންމައިންގެ ދުވަހަށް ހާއްސަކޮށް ލެކިއުޓްގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.

އަންނަ އާދިއްތަ ދުވަހު ފާހަގަކުރާ މަންމައިންގެ ދުވަހަށް ހާއްސަކޮށް ލެކިއުޓްގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ އާދިއްތަ ދުވަހުގެ ނިޔަލަށެވެ. ލެކިއުޓުން ބުނި ގޮތުގައި މި ޕްރޮމޯޝަނަކީ މައިންގެ ދުވަހު މައިންނަށް ލެކިއުޓްގެ ޕްރޮޑަކްޓުތައް ހަދިޔާކުރުމަށް ހުޅުވާލި ހާއްސަ ފުރުސަތެކެވެ.

މި ޕްރޮމޯޝަންގެ ދަށުން ލެކިއުޓުން ކުރާ 3،000ރ. އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ހިލޭ ފިނިފެންމާ ގަހެއް ދީ، ދުވަހާ ގުޅޭ ގޮތަށް ހަދިޔާ ބަންދުކޮށްދޭނެ އެވެ. އަދި ކޮންމެ 2،500ރ. އިން މަތީގެ ވިޔަފާރިއަކަށް ސަކިއުލަންޓް ޕްލާންޓެއް ވެސް ހިލޭ ދޭނެ އެވެ.

ޕްރޮމޯޝަނަށް ތައްޔާރުކޮށްފައިވާ ހާއްސަ ޕެކްތަކެއް. -- ފޮޓޯ: ލެކިއުޓް

ޕްރޮމޯޝަނަށް ތައްޔާރުކޮށްފައިވާ ހާއްސަ ޕެކްތަކެއް. -- ފޮޓޯ: ލެކިއުޓް

މި ޕްރޮމޯޝަންގައި، ލެކިއުޓްގައި ވިއްކާ ތުރުކީގެ އެންމެ މޮޅު ކަލަ ކޮސްމެޓިކްސް ބްރޭންޑް "ފްލޯމާ"ގެ 500ރ. އިން މަތީގެ ވިޔަފާރިތަކަށް ހިލޭ މޭކަޕް ބޭގެއް ވެސް ދޭނެ އެވެ. އަދި އެ ބްރޭންޑުގެ ޕްރޮޑަކްޓުތައް ހިމަނާ މަންމަމެންގެ ދުވަހުގެ ހާއްސަ ގިފްޓް ބޮކްސްއެއް ވެސް ތައްޔާރު ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ވަނީ ދީފަ އެވެ.

ލެކިއުޓުން މައިންގެ ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި 500ރ. އާއި 4،000ރ. އާ ދެމެދުގެ ގިފްޓް ވައުޗަރުތައް ވެސް ވަނީ ތައާރަފްކޮށްފަ އެވެ.

ލެކިއުޓަކީ މަޝްހޫރު އެކި ބްރޭންޑުތަކުގެ ސެންޓު، ކޮސްމެޓިކްސް، ސްކިންކެއާ އަދި މޭކަޕް ވިއްކާ ފިހާރައެކެވެ.