Roadha Mihaaru
ދެކުނު އެފްރިކާ އިން އެމެރިކާގެ ސަފީރާ ސުވާލުކޮށްފި

ތުހުމަތުތަތަކާ ގުޅިގެން ދެކުނު އެފްރިކާ އިން އެމެރިކާގެ ސަފީރު ހާޒިރުކޮށް، ސުވާލުކޮށްފި

13 މެއި 2023

ކޭޕްޓައުން (މެއި 13) - ދެކުނު އެފްރިކާ އިން ރަޝިއާ އަށް ހަތިޔާރު ވިއްކާ ކަމަށް ބުނެ އެމެރިކާގެ ސަފީރު ރޫބެން ބްރިޖެޓީ ކުރި ތުހުމަތުތަކާ ގުޅިގެން ދެކުނު އެފްރިކާގެ ފޮރިން މިނިސްޓްރީ އަށް އޭނާ ހާޒިރުކޮށް، ސުވާލު ކޮށްފި އެވެ.

ކޭޕްޓައުން (މެއި 13) - ދެކުނު އެފްރިކާ އިން ރަޝިއާ އަށް ހަތިޔާރު ވިއްކާ ކަމަށް ބުނެ އެމެރިކާގެ ސަފީރު ރޫބެން ބްރިޖެޓީ ކުރި ތުހުމަތުތަކާ ގުޅިގެން ދެކުނު އެފްރިކާގެ ފޮރިން މިނިސްޓްރީ އަށް އޭނާ ހާޒިރުކޮށް، ސުވާލު ކޮށްފި އެވެ.

ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ކުރަމުންދާ ހަނގުރާމަ އަށް ބޭނުންވާ ހަތިޔާރު، ދެކުނު އެފްރިކާއިން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވިއްކި ކަމަށް ބްރިޖެޓީ ތުހުމަތު ކުރައްވަ އެވެ. ތުހުމަތު ކުރައްވަނީ ދެކުނު އެފްރިކާ އަށް ދިޔަ ރަޝިއާގެ ބޯޓަކަށް ހަތިޔާރު ބަރު ކުރި ކަމަށެވެ.

ބްރިޖެޓީ މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި ތުހުމަތުތަކާ ގުޅިގެން ދެކުނު އެފްރިކާގެ ރައީސް ސައިރިލް ރަމަފޯސާ ވިދާޅުވީ، ރަޝިއާގެ މުދާ އުފުލާ ބޯޓުގެ އެ ދަތުރު ގުޅޭ ތަހުގީގެއް ފަށާފައިވާ ކަމަށެވެ. ބްރިޖެޓީގެ ތުހުމަތުތައް އާންމު ކުރުމުގެ ކުރިން ތަހުގީގު ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ތުހުމަތު ކުރެވޭ ހަތިޔާރާ ގުޅޭ ގޮތުން އެމެރިކާގެ ޖާސޫސީ އޮފިޝަލުންގެ އަތުގައި ހުރި ހެއްކިތައް ވެސް ތަހުގީގުގައި ބޭނުންކުރާނެ ކަމަށް ދެކުނު އެފްރިކާގެ ރައީސް ވިދާޅުވި އެވެ.

"ދެކުނު އެފްރިކާގައި ބޯޓަށް ހަތިޔާރު އަރުވާފައިވާ ކަމުގެ އެއްވެސް ހެއްކެއް މިހާތަނަކަށް ނެތް،" ދެކުނު އެފްރިކާގެ ސަރުކާރުން ނެރުނު ބަޔާނުގައި ވެ އެވެ.

އެސޯސިއޭޓެޑް ޕްރެސްއިން ބުނީ ޑިސެމްބަރު 6-8 ގައި ރަޝިއާގެ ބޯޓަށް ދެކުނު އެފްރިކާ އިން ހަތިޔާރު އެރުވި ކަމަށެވެ. ނަމަވެސް ދެކުނު އެފްރިކާގެ ފޮރިން މިނިސްޓްރީން ވެސް ބުނީ އެ ބުނާ މުއްދަތުގައި ރަޝިއާ އަށް އެއް ވެސް ހަތިޔާރެއް ވިއްކާފައިވާ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.

ދެކުނު އެފްރިކާގެ ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ރިލޭޝަންސް އެންޑް ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެ ގައުމުގެ ފޮރިން މިނިސްޓަރު ނަލޭޑީ ޕަންޑޯ ވެސް އެމެރިކާގެ ދިފާއީ ވަޒީރު އެންޓޯނީ ބްލިންކެންއާ އެކަމާ ގުލޭ ގޮތުން ވާހަކަ ދައްކަވާނެ ކަމަށެވެ