ސްކޭޓް މޯލްޑިވްސްގެ ޑިވަލޮޕްމަންޓް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
13 މެއި 2023
ސްކޭޓް މޯލްޑިވްސްގެ ޑިވަލޮޕްމަންޓް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
އެ ޕާޓްނާޝިޕަކީ އަންނަ އަހަރުގެ ނިޔަލަށް ގާއިމު ކުރި ޕާޓްނާޝިޕެކެވެ. ދިރާގުން ބުނިގޮތުގައި އެ ޕާޓްނާޝިޕްގެ ދަށުން އެ ކުންފުނިން ސްކޭޓް މޯލްޑިވްސްއަށް ގައުމީ އަދި ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. ދިރާގުގެ އެސިސްޓެންޓް މެނޭޖަރު ބްރޭންޑް، ނާޔާ ޝަރީފް ވިދާޅުވި ގޮތުގައި އެ ޕާޓްނާޝިޕްގެ މަގުސަދަކީ ރޯލާ ސްކޭޓިން ކުޅިވަރު ކުރިއެރުވުމަށް އެއްބާރުލުން ދީ އަދި އެ ކުޅިވަރު ކުޅޭނެ މޮޅެތި އެތުލީޓުންތަކެއް ބިނާކޮށް އަދި ގައުމީ ފެންވަރުގައި ފާހަގަ ކުރެވޭނެ ބަޔަކު އުފައްދަން އެއްބާރުލުން ދިނުމެވެ. އަދި ދިރާގަކީ ކުޅިވަރު ޕްރޮމޯޓުކޮށް ޒުވާނުންނަށް ކުޅިވަރުގެ އެކި ދާއިރާތަކުން ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރާ ކުންފުންޏެއް ކަމަށް ވިދާޅުވި އެވެ. ސްކޭޓް މޯލްޑިވްސްގެ ރައީސް، މުހައްމަދު ހާނިމް ވިދާޅުވީ އުއްމީދަކީ އެ ޕާޓްނާޝިޕުގެ ދަށުން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކުރުމަށް ގިނަ ސްކޭޓަރުންތަކެއް ތަމްރީނުކޮށް ބިނާކުރުން ކަމަށެވެ. މިހާރު ކުރިއަށްދާ އެ އެސޯސިއޭޝަންގެ ދެވަނަ އިންޓަނޭޝަނަލް ރޯލާ ސްކޭޓިން ޗެމްޕިއަންޝިޕަކީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ސްކޭޓަރުން ވެސް ބައިވެރިވި މުބާރާތެކެވެ. ސްކޭޓް މޯލްޑިވްސްއަކީ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ސްކޭޓިންއާ ބެހޭ ގައުމީ މުއައްސަސާއެވެ.
ސްކޭޓް އެރީނާއާ އެކު ޒުވާނުންނަށް ފުރުސަތުތައް ފަހިވާނެ
އުސްފަސްގަނޑުގައި ހަދާ ސްކޭޓް އެރީނާގެ ބިންގާ އަޅައިފި
10ދުވަހުގެ ޗުއްޓީގައި ރަށަށް ކޮށްދިނީ "ސަޅި ކަމެއް"
އޮފީސް ނެޓްބޯޅަ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު
ދިރާގު ކަސްޓަމަރުންނަށް ލަންކާއަށް ހިލޭ ގުޅޭނެ
ދެ ލޯންޗު ހޯދުން ދެ ގުނަކޮށްދޭ އޮފާ ހަމަވަނީ
ޑީޖީޖީ އާއި މެގަޗިޕުން އޭލިއަންވެއާ ގޭމިން ބަންޑްލްއެއް
ދިރާގު ޕޭ ކަސްޓަމަރުންނަށް މާދަމާ 1ރ. އަށް ކޮފީއެއް
އެމްއެލްބީބީ މިނީ ސީރީޒަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު
ދިރާގަށް "ގްރޭޓް ޕްލޭސް ޓު ވޯކް" ގެ ސެޓިފިކޭޝަން