Roadha Mihaaru
އުރީދޫގެ "ހަދިޔާ ފޮށި"، އެންމެ ކާމިޔާބު ޕްރޮމޯޝަން

އުރީދޫގެ "ހަދިޔާ ފޮށި"، އެންމެ ކާމިޔާބު ރޯދަ ޕްރޮމޯޝަން

13 މެއި 2023

“އޭ، ފޮށި ހުޅުވއިފިންތަ؟ ކޯނޗެއް ލިބުނީ” މިދިޔަ ރޯދަ މަހު އުރީދޫ ނެޓްވޯކުގެ ބޭނުން ކުރަމުން ދިޔަ ކޮންމެ މީހަކު ވެސް އެކަކު އަނެކަކާ ކުރަމުން ދިޔަ ސުވާލަކީ އެއީ އެވެ. ރޯދަމަހާ ދިމާކޮށް އުރީދޫގެ މޮބައިލް އެޕަށް ފޮނުވި "ހަދިޔާ ފޮށި" ހުޅުވިތޯ އެކަކު އަނެކަކު ސޯޝަލް މީޑިއާގައި ވެސް އަހަމުން ދިޔައީ ވަރަށް ފޯރީގަ އެވެ. އުރީދޫގެ މި އަހަރުގެ ރޯދަ ހަދިޔާ ނިންމައި ހުރިހާ އިނާމުތަކެއް މިހާރު ވަނީ ހަވާލުކޮށްފަ އެވެ. އެ ކުންފުނިން ބުނި ގޮތުގައި “ހަދިޔާ ފޮށި” ގޭމަށް ބޮޑު ތަރުހީބެއް ލިބުނެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ޓީވީ ލިބުނު ކަސްޓަމަރަށް ޓީވީ ހަވާލު ކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޓީވީ ލިބުނު ކަސްޓަމަރަށް ޓީވީ ހަވާލު ކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"އަސްލު އަޅުގަނޑުމެން ހީކުރި ވަރަށް ވުރެ ބޮޑު ތަރުހީބެއް މި އަށް ލިބުނު. އަޅުގަނޑުމެން ބޭނުންވީ މި ރޯދަމަހު ކޮންމެ ކަސްޓަމަރަކަށް ވެސް ކޮންމެވެސް ހަދިޔާ އެއް ދޭން،" އުރީދޫގެ އެސިސްޓެންޓް ޕީއާރު މެނޭޖަރު، ބްރޭންޑް އެންޑް މާކޮމްސް ނާއިފާ ޖިހާދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ގޭމްގެ ސަބަބުން ހެޔޮ އަގުގައި އެ ކުންފުނިން ފޯރުކޮށް ދެމުންދާ ޑޭޓާ އޮފާތަކުގެ ނަތީޖާ ވެސް ރަނގަޅެވެ.

އުރީދޫގެ ހަދިޔާ ފޮށިން އައިފޯން 14 ޕްރޯ ލިބުނު ކަސްޓަމަރަށް އިނާމު ހަވާލު ކުރަނީ. -- ފޮޓޯ: އުރީދޫ

އުރީދޫގެ ހަދިޔާ ފޮށިން އައިފޯން 14 ޕްރޯ ލިބުނު ކަސްޓަމަރަށް އިނާމު ހަވާލު ކުރަނީ. -- ފޮޓޯ: އުރީދޫ

ހަދިޔާ ފޮށީގައި އުރީދޫގެ ޑޭޓާގެ އިތުރުން އަގުހުރި ބޮޑެތި ގިނަ އިނާމުތަކެއް ހިމެނި އެވެ. އޭގެ ތެރޭގައި ސްމާޓް ޓީވީ އާއި އައިފޯން 14 ޕްރޯ އާއި ސްކޫޕީ ސައިކަލާއި ބަދިގެ ސާމާނު އަދި އެއާ ޕޮޑްސް އާއި ރިސޯޓް ޗުއްޓީ ފަދަ އެކި އިނާމުތައް ހިމެނެ އެވެ.

އުރީދޫން ބުނީ، ރާއްޖޭގެ އެކި ހިސާބުތަކުގެ ކަސްޓަމަރުންނަށް އެ ހަދިޔާތައް ލިބިފައިވާ ކަމަށެވެ. ހަދިޔާ ލިބުނު ހުރިހާ ކަސްޓަމަރުންނަށް ހަދިޔާތައް ހަވާލު ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ. އުރީދޫން ބުނި ގޮތުގައި ހަދިޔާ ފޮށި ގޭމަކީ އެ ކުންފުނީގެ އެންމެ ކާމިޔާބު އެއް ރޯދަ ޕްރޮމޯޝަނެވެ.

ހަދިޔާ ފޮށި ގޭމް އަމާޒު ކުރީ އުރީދޫގެ އެޕަށެވެ. އެ ގޭމްގައި ހިމެނޭ ހަދިޔާ ފޮށި ހުޅުވުމުގެ ފުރުސަތު ދިނީ ކޮންމެ 24 ގަޑިއިރަކު އެއް ފަހަރު އެވެ.