16 މެއި 2023
މިލާން (މެއި 16) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގްގައި މިރޭ އިންޓަ މިލާނާ ދެކޮޅަށް ނުކުންނައިރު، ފުރަތަމަ މެޗުގެ ނަތީޖާ އޭސީ މިލާން ކޮޅަށް އަނބުރާލައި ފައިނަލަށް ދެވޭނެ ފެންވަރު އެޓީމުގެ އެބަހުރި ކަމަށް މިލާންގެ ކޯޗު ސްޓެފަނޯ ޕިއޯލީ ބުނެފި އެވެ.
މިލާން (މެއި 16) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގްގައި މިރޭ އިންޓަ މިލާނާ ދެކޮޅަށް ނުކުންނައިރު، ފުރަތަމަ މެޗުގެ ނަތީޖާ އޭސީ މިލާން ކޮޅަށް އަނބުރާލައި ފައިނަލަށް ދެވޭނެ ފެންވަރު އެޓީމުގެ އެބަހުރި ކަމަށް މިލާންގެ ކޯޗު ސްޓެފަނޯ ޕިއޯލީ ބުނެފި އެވެ.
އިޓަލީގެ ފުޓްބޯޅައިގައި ވާދަވެރި ދެ ޓީމުގެ ފުރަތަމަ ލެގްގެ މެޗު އިންޓަ މިލާން ވަނީ 0-2 އިން ކާމިޔާބުކޮށްފަ އެވެ. ސެމީގެ ދެ ލެގްގެ ވެސް ކުޅެނީ މިލާން ސިޓީގައި އޮންނަ ސެން ސީރޯ ސްޓޭޑިއަމްގަ އެވެ. ފުރަތަމަ ލެގް މިލާން ހޯމްގެ ގޮތުގައި ކުޅުނުއިރު މިރޭގެ މެޗަކީ އިންޓަގެ ހޯމް މެޗެވެ.
މިލާނަށް ފައިނަލުގެ ޖާގައެއް ލިބޭނީ މިރޭ މަދުވެގެން ތިން ގޯލުގެ ތަފާތުން އިންޓަ ބަލިކޮށްގެންނެވެ. ޕިއޯލީ ބުނީ މިލާނަށް ޗެމްޕިއަންސް ލީގު ފައިނަލުން ފުރުސަތު ހޯދިދާނެކަން ގަބޫލުކުރާ އެކަކު ވެސް ނެތް ކަމަށެވެ. އެކަމަކު އޭނާ ގަބޫލުކުރާ ގޮތުގައި މިލާންގައި ތިބީ ކުރިން ހެދުނު ގޯސްތައް ރަނގަޅުކޮށް މެޗު އަނބުރާލެވޭނެ ކުޅުންތެރިންނެވެ.
"މިލާން މެޗު ފަށާނީ ޑިސްއެޑްވާންޓޭޖަކުންކަން އެނގޭ. އެކަމަކު އަހަރެމެންގެ އެބަހުރި މެޗު އަނބުރާލެވެނޭ ކޮލިޓީ،" މިލާންގެ ކޯޗު ބުންޏެވެ.
"އެންމެ ވިސްނުމެއް ހުރީ. ބޭނުންވާ މޮޅު ހޯދައިގެން ފައިނަލަށް ދާން. އެކަމަކު އެކަން ގަބޫލެއް ނުކުރާނެ އެކަކު ވެސް. އަހަރެމެން ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި ކުޅޭނެ ކަމަށް ވެސް ގަބޫލުކުރި މީހަކު ނެތް."
މިލާންގެ އަރަމުން އަންނަ ތަރި ލެއާއޯ، މިރޭ މެޗުގެ ކުރިން އޮތް ފަރިތަކުރުންތަކުގައި.-- ފޮޓޯ: އޭއެފްޕީ
މިރޭގެ މެޗަށް ނުކުންނައިރު މިލާނަށް އޮތް ހިތްހަމަޖެހުމަކީ ޕޯޗުގަލް ރަފައެލް ލެއާއޯ އަނިޔާއިން ރަނގަޅު ވެފައި ވުމެވެ. މި ސީޒަނުގައި މިލާނަށް 13 ގޯލު ޖަހާފައިވާ ވިންގާ، އަނިޔާގެ ސަބަބުން ފުރަތަމަ ލެގްގެ މެޗުގައި ނުކުޅެ އެވެ. އެކަމަކު މިހާރު އަންނަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.
ޕިއޯލީ ބުނީ ލިއާއޯގެ އިތުރުން މިޑްފީލްޑަރު ރަޑޭ ރިއުނިޗް އާއި ޖޫނިއާ މެސިއަސް ވެސް އަނިޔާއިން ރަނގަޅުވެފައިވާ ކަމަށެވެ. އެ ކުޅުންތެރިން މިރޭގެ މެޗުގައި ކުޅޭނެކަމުގެ އިޝާރާތެއް ކޯޗު ދިނެވެ.
އިންޓަގެ ކޯޗު ސިމިއޯނީ އިންޒާގީ ބުނީ މިރޭގެ މެޗަކީ އިންޓަގެ ތާރީހުގައި ކުޅޭނެ އެންމެ މުހިއްމު އެއް މެޗު ކަމަށެވެ.
"ހައްގު އެޑްވާންޓޭޖެއް އެބައޮތް. ހުވަފެނީ ފައިނަލަށް ދާން ބާކީ އޮތީ 90 މިނިޓް. އިންޓަގެ ގޮތުގައި މިރޭ ނުކުންނާނީ މިލާނަކީ ވަރުގަދަ ޓީމުކަމަށް ބަލައިގެން،" މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިންޓަގެ ކޯޗު ބުންޏެވެ.
އިންޓަގެ ކޯޗު ސިމިއޯނީ އިންޒާގީ.-- ފޮޓޯ: އޭއެފްޕީ
އިންޓަ އަށް އެންމެ ފަހުން ޗެމްޕިއަންސް ލީގު ލިބުނީ ހޯޒޭ މޮރީނިއޯގެ ކޯޗުކަމުގައި 2010 ވަނަ އަހަރު އެވެ. އެ ފަހަރު އެޓީމުން އިޓާލިއަން ކަޕާއި އިޓާލިއަން ލީގު ވެސް ކާމިޔާބުކުރި އެވެ. އެކަމަކު އޭގެފަހުން ޔޫރަޕްގައި އެޓީމަށް ރަނގަޅު ވާދައެއް ނުކުރެވެ އެވެ.
އިންޓަ އިން ހަފްތާ ބަންދުގައި ސަސުއޯލޯ އަތުން 2-4 އިން މޮޅުވި މެޗުގައި ޖޮކުއިން ކޮރެއާ އަށް އަނިޔާވި ނަމަވެސް މިރޭގެ މެޗުގައި ކުޅޭނެ ކަމަށް ބެލެވެއެވެ.
ޒަމާންވީ ދެ ވާދަވެރިން މިރޭ ޔޫރަޕްގައި ވާދަކުރާއިރު އިޓާލިއަން ލީގުގައި އިންޓަ އޮތީ ތިން ވަނައިގަ އެވެ. މިލާން ފަސް ވަނައިގައި އޮތްއިރު ދެ ޓީމުގެ ދެމެދުގައި ފަސް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ލީގުގައި މި ދެޓީމު ވެސް މަސައްކަތްކުރަމުން އަންނަނީ ގަދަ ހަތަރަކުން ޖާގަ ހޯދައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދާށެވެ.
ޗެމްޕިއަންސް ލީގު ދެ ވަނަ ސެމީގައި ވާދަކުރަނީ ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ އެވެ. މި ދެ ޓީމު ރެއާލްގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ދެ ވަނަ ލެގްގެ މެޗު ސިޓީގެ ދަނޑުގައި ކުޅޭނީ މާދަމާ ރެ އެވެ.
މިލާންގެ ދެ ޓީމުގެ ސެމީ ފައިނަލް ދެ ވަނަ ލެގްގެ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.
މިލާން ބަލިކޮށް އިންޓަ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި
ސެމީގައި މިލާން ޑާބީ، ދެ ލެގު ވެސް އެއް ދަނޑެއްގައި
އިންޓަ އަތުން ވީ ބަލި އާޓެޓާ އަށް ހަޖަމެއް ނުވި
ސިޓީ އަށް އިންޓަގެ ގޯލު ހުޅުވާލެވޭ ގޮތެއް ނުވި
އެމްބާޕޭ ރެއާލާ އެކު ޗެމްޕިއަންސް ލީގު ފެށީ ގޯލަކުން
ޔޫރޫ 2032 ގެ މެޗުތައް ސެން ސީރޯ ނުކުޅެވޭނެ
ޕެނަލްޓީ ބަލާލާނެ ހިތްވަރު ސިމިއޯނީއަށް ނުލިބުނު
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް
މަރުގެ ގުރޫޕުން ނިއުކާސަލް ސަލާމަތެއް ނުވި
ބެޔާނާއި ރެއާލް ކޮލިފައިވެއްޖެ ޔުނައިޓެޑް ކަރުތާފެނަށް