މި އަހަރުގެ "އިންޓަ އޮފީސް/ ކޮމްޕެނީ ޗެމްޕިއަންޝިޕް" ވޮލީބޯޅަ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ އާބަންކޯ ހޯދައިފި އެވެ.
މި އަހަރުގެ "އިންޓަ އޮފީސް/ ކޮމްޕެނީ ޗެމްޕިއަންޝިޕް" ވޮލީބޯޅަ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ އާބަންކޯ ހޯދައިފި އެވެ.
އެ ކުންފުނި ފައިނަލްގެ ޖާގަ ހޯދީ ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި ސިފައިންނާ ވާދަކޮށް، ފަހަތުން އަރައި 3-1 ސެޓުން މޮޅުވެގެންނެވެ.
މާލޭގެ ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުޅުނު އެ މެޗުގެ ފުރަތަމަ ސެޓް ސިފައިން ގެންދިޔައީ 25-22 އިންނެވެ. ނަމަވެސް ޖެހިގެން ކުޅުނު ތިން ސެޓު 25-20، 28-26 އަދި 25-23 އިން އާބަންކޯ ކާމިޔާ ކުރި އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކީ އާބަންކޯ ޓީމަށް ކުޅޭ ސްރީ ލަންކާގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ ލަސިންދޫ މެތުމަލް ވަސަންތަޕްރިޔާ ގޮނާރާ ގާމަގޭ އެވެ.
މުޅި އެކު ނުވަ ޓީމު ވާދަކުރާ އެ މުބާރާތް ބާއްވަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އާބަންކޯ އާއި ސިފައިންނަކީ ވާދަކުރި ގުރޫޕުގެ ހުރިހާ މެޗެއް ވެސް ކާމިޔާބު ކޮށްގެން ގުރޫޕްގެ އެއްވަނައިގެ ގޮތުގައި ސެމީ އިން ޖާގަ ހޯދި ދެ ޓީމެވެ. މި ސެމީ ފައިނަލް މެޗުން ސިފައިން ބަލިވި ނަމަވެސް އެ ޓީމަށް ފައިނަލަށް ދިޔުމުގެ ފުރުސަތު އަދި ނުގެއްލެ އެވެ.
އާބަންކޯ އަތުން ބަލިވިއަސް ސިފައިންނަށް އަދި ފައިނަލްގެ ޖާގަ ނުގެއްލޭ.-- ފޮޓޯ: ވީއޭއެމް
ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ މިރޭ ސިފައިންނާއި ވެމްކޯ ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ.
ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދަތުރުކުރި ވެމްކޯ އާއި ފުލުހުން ބައްދަލުކުރި ސެމީ ފައިނަލް މެޗު، 3-1 ސެޓުން ކާމިޔާބު ކުރީ ވެމްކޯ އެވެ.
ވެމްކޯގެ ޓީމުން 25-19 އިން މެޗުގެ ފުރަތަމަ ސެޓް ގެންދިޔައިރު، ޕޮލިހުން ވަނީ 25-21 އިން ދެވަނަ ސެޓް ގެންގޮސްފަ އެވެ. ނަމަވެސް ވާދަވެރި ކުޅުމަކަށް ފަހު 25-23 އަދި 27-25 އިން ޖެހިގެން އައި ދެ ސެޓް ގެންގޮސްގެން ވެމްކޯ ވަނީ މެޗު ކާމިޔާބުކޮށް، ފައިނަލްގެ ޖާގައެއް ހޯދުމުގެ އުންމީދު އާކޮށްފަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯ ޓީމަށް ކުޅޭ އިންޑިއާގެ ވިނީތު ކުމާރެވެ.
ފައިނަލްގެ ޖާގައެއް ހޯދަން ވެމްކޯ އަށް ޖެހޭނީ ސިފައިން ބަލިކުރަން.-- ފޮޓޯ: ވީއޭއެމް
މެޗުން ބަލިވުމުން ފުލުހުންނަށް މުބާރާތް ނިނުމީ އެވެ. ފައިނަލްގެ ފަހު ޖާގަ ހޯދަން ވެމްކޯ އާއި ސިފައިން ބައްދަލުކުރާ މެޗު އޮންނާނީ މިރޭ 8:30 ގައެވެ. ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.
ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު، އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ވޮލީބޯޅަ އެސޯސިއޭޝަނުން މި އަހަރުގެ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ މެޗުތައް ބޭއްވީ ހުޅުމާލޭ އާބަންކޯ ވޮލީ ކޯޓުގަ އެވެ. އެކަމަކު، ވިއްސާރައިގެ ސަބަބުން އައުޓްޑޯ ވޮލީ ކޯޓުގައި މެޗުތައް ފަސްކުރަން ޖެހުމުގެ މައްސަލައާ ހުރެ ގުރޫޕް ސްޓޭޖުގެ މެޗުތައް ނިންމާލާފައި، ސެމީ ފައިނަލް މެޗުތަކާއި ފައިނަލް މެޗު ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުޅޭ ގޮތަށް ނިންމީ އެވެ.
ހުރިހާ މެޗަކުން މޮޅުވެ އާބަންކޯ ޗެމްޕިއަންކަން ހޯދައިފި
ވިއްސާރައިގެ ސަބަބުން އޮފީސް ވޮލީ މުބާރާތް އިންޑޯއަށް
ޕޮލިސް ބަލިކޮށް ގުރޫޕްގެ އެއްވަނަ އާބަންކޯ އަށް
އާބަންކޯ އާއި ސިފައިން ސެމީއަށް، ޕޮލިސް އުންމީދުގައި
ކަރެކްޝަންސް ބަލިކޮށް އެފްއެސްއެމްއަށް ސެމީގެ އުންމީދެއް
އާބަންކޯ ކުރިއަށް، ވެމްކޯ ވެސް މޮޅުވެއްޖެ
"ބަޖެޓް ދެނީ ސަރުކާރުން، ޖަވާބުދާރީ ކުރެވެން ޖެހޭނެ"
ވީއޭއެމްގެ ރައީސްކަމަށް ތިންވަނަ ފަހަރަށް ލަތީފް
ސިޓީން މެޗު ދޫކޮށްލުމުން އެޗްޑީސީ ފައިނަލަށް
ވޮލީ ޓީމު ރޭންކިން މެޗުގައިވެސް ތަޖިކިސްތާން ބަލިކޮށްފި