28 މެއި 2023
ހުޅުމާލޭގައި ހަދަމުން އަންނަ ކޭޕާކް ރެޒިޑެންސްގެ ލޯކަލް އެޖެންޓް، ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓްގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހް (މަންޑޭ) ކަސްޓަމަރުންނަށް އޮޅުވާލި ކަމަށް ތުހުމަތުކުރާ މައްސަލާގައި އޭނާ ތަހުގީގަށް އެއްބާރުލުން ނުދީ ހެކި ނައްތާލަން މަސައްކަތް ކުރާ ކަމަށް އެ ކުންފުނިން އިއްޔެ ބުނެފި އެވެ.
ހުޅުމާލޭގައި ހަދަމުން އަންނަ ކޭޕާކް ރެޒިޑެންސްގެ ލޯކަލް އެޖެންޓް، ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓްގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހް (މަންޑޭ) ކަސްޓަމަރުންނަށް އޮޅުވާލި ކަމަށް ތުހުމަތުކުރާ މައްސަލާގައި އޭނާ ތަހުގީގަށް އެއްބާރުލުން ނުދީ ހެކި ނައްތާލަން މަސައްކަތް ކުރާ ކަމަށް އެ ކުންފުނިން އިއްޔެ ބުނެފި އެވެ.
ފްލެޓް އިމާރާތްކުރާ އަދަދަށް ވުރެ އިތުރަށް އެތައް ބައެއްގެ އަތުން ފައިސާ އަތުލައި އޮޅުވާލި މައްސަލާގައި މަންޑޭއާ ދެކޮޅަށް އެންމެ ފުރަތަމަ މައްސަލަ ހުށަހެޅީ ހަންބޯ ކުންފުނީގެ ޗައިނާގެ ހިއްސާދާރު ޝިއުން ޖިން އެވެ. އެ ކުންފުނީގައި އޭނާގެ 95 ޕަސެންޓް ހިއްސާ އޮންނައިރު މަންޑޭގެ ހިއްސާގެ އަދަދަކީ ފަސް ޕަސެންޓެވެ.
ހަމްބޯ ކުންފުނިން ރޭ ނެރުނު ބަޔާނެއްގައި ބުނީ، "ކޭ-ޕާކް" ރެޒިޑެންސްގެ އެޕާޓްމަންޓްތައް އެ ކުންފުންޏަށް އެނގުމެއް ނެތި ވިއްކައި އެ މުއާމަލާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން ހިންގާފައިވާ މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހުޅުމާލޭގައި ހަދަމުން އަންނަ ކޭޕާކް ރެސިޑެންސް: މަންޑޭގެ ތުހުމަތު ކުރީ މައި ހިއްސާދާރު އުޅުނީ ފައިސާތައް ހިފައިގެން ފިލަން ކަމަށް--- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މައުލޫމާތު ދިނުމުގެ ބައްދަލުވުންތައް ބާއްވައި އެ ބައްދަލުވުންތަކުގައި ބައިވެރިވި މީހުންނާއި ކުންފުންޏަށް ލިޔެކިޔުންތައް ހިއްސާ ކުރި މީހުންނަށް ގަވާއިދުން މައުލޫމާތު ބަދަލުކުރަމުން އަންނަ ކަމަށް ވެސް ހަންބޯ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ކުރާ މަސައްކަތަށް އޮތް އެންމެ ބޮޑު ހުރަހަކީ ކުންފުނީގެ ބޯޑު ބައްދަލުވުން ބޭއްވުމަށް މަންޑޭގެ ފަރާތުން ކުރިމަތިވި ގޮންޖެހުންތައް ކަމަށް ބަޔާނުގައި ވެ އެވެ. ނަމަވެސް މަންޑޭގެ ފަރާތުން ކުރިމަތިވި ހުރަސްތައް މިހާރު ނައްތާލެވިފައިވާ ކަމަށް ހަންބޯ ކުންފުނިން ބުންޏެވެ.
"ހަސަން މަމްދޫހުގެ ފަރާތުން ކުންފުނީގެ ލިޔެކިޔުންތައް ހިފަހައްޓައި އެ ލިޔުންތައް ލިބިފައި ނުވާތީ އާއި ތަހުގީގަށް އެއްބާރުލުން ނުދީ ހެކި ނައްތާލުމަށް މަސައްކަތް ކޮށްފައި ވުމުގެ ސަބަބުން ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ވެސް އެ ލިޔެކިޔުންތައް ފުރިހަމަ އަށް ލިބޭ ގޮތް ވެފައި ނުވާތީ ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތަށް ގިނަ ގޮންޖެހުންތަކެއް ހުރި،" ހަންބޯގެ ބަޔާނުގައިވެ އެވެ.
ހަންބޯ ކުންފުނިން މިހާރު ކުރާ ކަމަކީ އެ ކުންފުންޏަށް ޝަކުވާ ހުށަހެޅި މީހުންގެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުން ކަމަށާއި އަދި ފުލުހުން އެދިފައިވާ ގޮތަށް މައުލޫމާތު ހިއްސާ ކޮށްދިނުމަށް ވެސް ކަސްޓަމަރުންގެ ކިބައިން އެދުނެވެ.
މަންޑޭގެ ފަރާތުން ކުރިމަތި ހުރަސްތައް ނައްތާލެވިފައިވާތީ، އެ ކުންފުނިން ކުރިން ވެސް އިއުލާން ކޮށްފައިވާ ގޮތަށް މި އަހަރުގެ ފަހު ކުއާޓަރުގައި ފްލެޓްތައް ހަވާލުކޮށް ނިންމުމަށްޓަކައި މަސައްކަތް ކުރާ މީހުން އިތުރަށް ގެނެސްގެން ވެސް އެކަން ކުރާނެ ކަމަށް ހަމްބޯ އިން ބުންޏެވެ.
މަންޑޭގެ މައްޗަށް ތުހުމަތު ކޮށްފައިވާ ގޮތުގައި މަންޑޭ ވަނީ އެތައް ބަޔަކަށް އެއް އެޕާޓްމަންޓެއް ވެސް ވިއްކައި ފައިސާ ނަގައި އެ ބޭނުންކޮށްފަ އެވެ. މިކަން ކުރީ ޖިންގެ ސޮއި ފޯޖްކޮށްގެން ކަމަށާއި ސައްހަ ނޫން ލިޔުންތައް އުފައްދައިގެން ބޭންކުތައް މެދުވެރިކޮށް ވެސް ފައިސާގެ މުއާމަލާތްތައް ކޮށްފައިވާ ކަމަށް ޖިން ވަނީ ތުހުމަތުކޮށްފަ އެވެ.
އެ ކުންފުނިން ހުޅުމާލޭގައި އިމާރާތްކުރަން ނިންމީ ދެ ކޮޓަރި އާއި ތިން ކޮޓަރި ހިމެނޭ ގޮތުން ޖުމްލަ 110 އެޕާޓްމަންޓެވެ. އެ ތަންތަނުގެ އަގު އުޅެނީ 2.7 މިލިއަން ރުފިޔާގަ އެވެ.
އެ އަދަދަށް ވުރެ އިތުރަށް އެތައް ބައެއްގެ އަތުން ފައިސާ އަތުލައި އޮޅުވާލި މައްސަލާގައި ފުލުހުން ވަނީ މަންޑޭ އާއި އޭނަ އާ އެކު އެ ވިޔަފާރީގައި ބައިވެރިވި އިތުރު ދެ ދިވެހިންގެ ޕާސްޕޯޓު ހިފަހައްޓާފަ އެވެ.
މަންޑޭގެ ޕާސްޕޯޓް އިމިގްރޭޝަނާ ހަވާލުކުރަންޖެހޭ
ބަންދުގެ މުއްދަތު ހަމަވުމުން މަންޑޭ ދޫކޮށްލައިފި
ފްލެޓަށް ހުޅުވާލި ކަމަށް ބުނެ ފޭކްމެސެޖުތަކެއް ފޮނުވަނީ
ނިންމުން ބަދަލުކޮށް ބައްސާމްގެ އެޕާޓްމަންޓް އަތުލަނީ
ދުވަސްވީ މީހުންގެ އަތުން ފޭރޭ މައްސަލަތައް އިތުރުވަނީ
ބައްސާމްގެ ޕެންޓްހައުސް ޕޮލިހާ ހަވާލުކުރަން އަންގައިފި
ވަގު ސްލިޕް ހަދަން ހާއްސަ އެޕެއް، ސަމާލުވާން އެދެފި
ސްކޭމްގައި ގެއްލުނު 13 މިލިއަނުން ދެމިލިއަން ހޯދައިފި
ގެސްޓް ހައުސެއްގައި ފޭރުނު 2މީހުންގެ މައްސަލަ ޕީޖީއަށް
ބަރަހަނާ މަންޒަރުތައް އާންމުކުރީ ވަނަވަރު އެނގޭ ގޮތަށް