ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޕާކިސްތާނުގެ ހަތަރު މީހުންގެ ގްރޫޕެއް ހައްޔަރުކޮށްފި އެވެ.
31 މެއި 2023
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޕާކިސްތާނުގެ ހަތަރު މީހުންގެ ގްރޫޕެއް ހައްޔަރުކޮށްފި އެވެ.
މި ހަތަރު ފިރިހެނުން ވެސް މިހާރު ތިބީ ދޫނިދޫ ޖަލުގައި ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
އެ އެންމެނަށް ވެސް ތުހުމަތުކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ވިޔަފާރިކުރަން އުޅުމެވެ. އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ވަނީ ބަންދަށް ފަސް ދުވަސް ދީފަ އެވެ.
ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި، މި އެންމެން ރާއްޖެ އައިރު، އެ މީހުންގެ އަމަލުތައް ހުރި ގޮތުން، ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކުކުރެވުނެވެ. އެ ތުހުމަތުގައި މި އެންމެން އައިޖީއެމްއެޗަށް ގެންގޮސް، ސްކޭންކޮށްގެން ބެލި އިރު ވަނީ އެ އެއްޗެހި ފެނިފަ އެވެ.
މި މީހުން ގެނައި މަސްތުވާތަކެތީގެ ބާވަތެއް އަދި ބަރުދަނެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ.
ޕާކިސްތާނަކީ ރާއްޖެއަށް އެންމެ ގިނައިން މަސްތުވަތާކެތި އެތެރެކުރާ އެއް ގައުމެވެ. އިންޑިއާ ސިފައިން މި މަހު ކުރީކޮޅު ހިންގި އޮޕަރޭޝަނެއްގައި ވަނީ ރާއްޖެ އާއި ލަންކާ އަދި އިންޑިއާއަށް 2.5 ޓަނުގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޕާކިސްތާނުގެ ބަޔަކު ހިފަހައްޓައިފަ އެވެ.
ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންގެ ތެރޭގައި ވެސް ޕާކިސްތާނު މީހުން ގިނަ އެވެ.
ލަންކާ ބޯޓުން ޑްރަގާއެކު ހައްޔަރުކުރި މީހުން ބަންދަށް
ޑްރަގް ބޮޑު މައްސަލައެއްގައި ދޫކުރި މައްސަލަ ނުބެލި
ބޮކްސާތެރެއަށް ލައިގެން ޑްރަގް އެތެރެކުރަނިކޮށް ހައްޔަރު
ޑްރަގާއެކު އަތުލައިގަތް ނެދަލެންޑްސް މީހާ ބަންދަށް
ޗެއިން އޮފް ކަސްޓަޑީ ގޯސްވެ، ބޮޑު ހުކުމަކުން ސަލާމަތް
ޑްރަގް ހަވާލުކުރީ ޑީއެޗްއެލް ޔުނިފޯމުގައި ތިބި ފުލުހުން
ޑްރަގް މައްސަލަތަކުގައި 20 މީހަކު އުމުރަށް ޖަލަށް
ވައިގެ މަގުން ޑްރަގް ގެނައި މީހަކު ހައްޔަރުކޮށްފި
ޑްރަގާއެކު ހައްޔަރުކުރުމުން ބުނީ ބައްޕަގެ އެއްޗެއްކަމަށް
ރަހީނުކޮށްގެން ގެންގުޅުނު ފްލެޓްގައި އަނެއްކާ ރެއިޑެއް!