އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލިހުގެ ބޭފުޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކުރައްވައިފި އެވެ.
31 މެއި 2023
އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލިހުގެ ބޭފުޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކުރައްވައިފި އެވެ.
އެ ޕާޓީން ކުރި ޓުވީޓެއްގައި ބުނީ، އެއީ މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމާފައި ވާތީ އެ މަނިކުފާނުގެ ސަމާލުކަމަށް ގެންނަން އިލްމުވެރިން ބޭނުންވާ ކަންކަމާ މެދު މަޝްވަރާ ކުރުމުގެ ބައްދަލުވުމެއް ކަމަށެވެ.
އެކަމަކު، ބައްދަލުވުމާ ގުޅޭ ތަފްސީލެއް 2018 އިން ފެށިގެން މި ސަރުކާރާ އެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީން ބުންޏެވެ.
ޢަދާލަތު ޕާޓީން މި ރިޔާސީ އިންތިޚާބުގައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރުމަށް ނިންމާފައިވާތީ، ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން މިއަދު ރައީސާ ބައްދަލުކުރައްވައި، އެ މަޖިލީހުން ރައީސްގެ ސަމާލުކަމަށް ގެންނަން ބޭނުންފުޅުވާ ކަންކަމާމެދު މަޝްވަރާކުރައްވައިފި.
— Adhaalath Party (@AdhaalathOffice) May 31, 2023
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާނު މުހައްމަދު ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި، ސަރުކާރުގެ ސިޔާސަތުތަކަށް ވެސް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލިހުގެ ބޭފުޅުން ތާއިދު ކުރައްވާކަން ފާހަގަ ކުރެއްވި ކަމަށެވެ.
އެ އިލްމުވެރިން ތިއްބެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކުގައި ކަމުގެ ޔަގީންކަން ވެސް ދެއްވި ކަމަށް މިއުވާން ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަން ހަދަން މިހާތަނަށް ނިންމީ އަދާލަތު ޕާޓީ އާއި އެމްޑީއޭ އިންނެވެ. މި ސަރުކާރު ހިންގަން އެމްޑީޕީއާ އެކު ކޯލިޝަން ހަދާފައިވާ އެހެން ޕާޓީތަކުގެ ތެރެއިން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ނިންމަވާފައި ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރައްވާށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
ފަސްޓް ލޭޑީ ފަޒްނާ އާއި ސާޖިދާ ބައްދަލުކުރައްވައިފި
ހެޔޮވެރިކަމެއް ކޮށްދެވުމުގެ އިހުސާސްކުރެވޭ: ރައީސް
ރައްޔިތުން ގާތު ނާހާ ނިޒާމުގެ ބަދަލެއް ނުގެންނާނެ
ގާނޫނީހުރަހެއް ނެތްނަމަ، ނޮވެމްބަރު 11ގައި ހުވާކުރާނެ
އަންނަ އާދިއްތަ ދުވަސް ބަންދު
އިމްރާން ވިދާޅުވީ އަދާލަތުން ތިބީ ރައީސާ އެކު ކަމަށް
"އިދިކޮޅުން ވަނީ ދެކޮޅުނުޖެހޭ، ބަނގުރޫޓުވާނެ ވައުދު"
"ޖަލަށްލާނެ މީހުންގެ ލިސްޓެއް އިދިކޮޅުން ހަދައިފި"
މާދަމާ ވެސް ސަރުކާރު ބަންދު!
ވެރިއެއްގެ ކެތްތެރިކަން ރައީސްގެ އެބަހުރި: އިލްޔާސް