Roadha Mihaaru
އެޕާޓްމަންޓުތަކުން ސްކޭމް ހިންގި ހުނައިން ޖަލަށްލައިފި

ފާގަތިގޭ އެޕާޓްމަންޓުތަކުން ސްކޭމް ހިންގަމުން ދިޔަ ހުނައިން ތިން އަހަރަށް ޖަލަށް

14 ޖޫން 2023

މ. ފާގަތިގޭގެ އެޕާޓްމަންޓުތައް ވިއްކުމާއި ކުއްޔަށް ދިނުމުގެ ނަމުގައި އެތައް ބަޔަކަށް އޮޅުވާލައި މަކަރު ހަދައި މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގުމުގެ ތުހުމަތު އޮތް އެ ގޭ އިބްރާހިމް ހުނައިން އަހްމަދުގެ މައްޗަށް މީގެ މައްސަލައެއްގައި އުފުލި މަކަރާއި ހީލަތް ހެދުމުގެ ދައުވާއެއް ސާބިތުވެ ތިން އަހަރާއި ދެ މަހާއި ދެ ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

މ. ފާގަތިގޭގެ އެޕާޓްމަންޓުތައް ވިއްކުމާއި ކުއްޔަށް ދިނުމުގެ ނަމުގައި އެތައް ބަޔަކަށް އޮޅުވާލައި މަކަރު ހަދައި މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގުމުގެ ތުހުމަތު އޮތް އެ ގޭ އިބްރާހިމް ހުނައިން އަހްމަދުގެ މައްޗަށް މީގެ މައްސަލައެއްގައި އުފުލި މަކަރާއި ހީލަތް ހެދުމުގެ ދައުވާއެއް ސާބިތުވެ ތިން އަހަރާއި ދެ މަހާއި ދެ ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ހުނައިންގެ މައްޗަށް މި ދައުވާކުރީ ފާގަތިގޭގެ ތިން ކޮޓަރީގެ އެޕާޓްމަންޓެއް މީހަކަށް 19 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވުމެއް ހެދުމަށް ފަހު، އެކަން ސިއްރުކޮށް، ހަމަ އެ އެޕާޓްމަންޓް އެހެން މީހަކަށް ފަސް އަހަރަށް ކުއްޔަށްދީ އެ މީހާގެ އަތުން 27 މަސް ދުވަހުގެ ކުލީގެ ގޮތުގައި 364،500ރ. ނެގުމަށް ފަހު ވެސް އެޕާޓްމަންޓް ހަވާލުނުކުރި މައްސަލައިގަ އެވެ. މި ދައުވާގައި އެ ފައިސާ ހުނައިންގެ އަތުން ހޯދުމަށް ވެސް އެދިފައިވެ އެވެ.

ހުނައިންގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން އޭނާއާ ދެކޮޅަށް ހުށަހެޅި ހެކިންގެ ތެރޭގައި އޭނާގެ މަންމަ ވެސް ހިމެނެ އެވެ. އެއީ ފާގަތިގޭގެ ވެރިފަރާތެވެ. ކުއްޔަށް ދިނުމުގެ އެއްބަސްވުންތައް ހަދާފައި ހުރީ އޭނާ ލައްވައި ސޮއިކުރުވައިގެންނެވެ. އެކަމަކު ހެކިބަސް ދޭންޖެހެނީ ދަރިފުޅާ ދެކޮޅަށް ކަމަށްވާތީ އެކަމަށް އުޒުރުވެރިވެ މަންމަގެ ފަރާތުން ކޯޓަށް ސިޓީއެއް ފޮނުވި އެވެ. ޝަރީއަތުން ނިންމީ ހުށަހަޅާފައިވާ އެހެން ހެކިތަކުން، މަންމަގެ ފަރާތުން ސާބިތުކުރަން ބޭނުންވާ ކަންކަން ވެސް ސާބިތުކުރެވޭތީ އާއި ދައުލަތުގެ ވެސް އިއުތިރާޒެއް ނެތުމުން އޭނާގެ ހެކިބަސް ނުނެގުމަށެވެ.

އެޕާޓްމަންޓް ކުއްޔަށް ހިފުމަށް ފައިސާ ދެއްކުމަށްފަހު، އެޕާޓްމަންޓް ލިބޭނެ ދުވަހެއް ނޭނގި، އަދި ދުވަހަކު ވެސް ލިބޭނެ ކަމުގެ އުންމީދެއް ވެސް ނެތި، އެ މީހެއްގެ އަތުން ގެއްލިގެންދަނީ، އުމުރު ދުވަހު ކުރި މަސައްކަތުން ރައްކާކޮށްފައިވާ ފައިސާ: ގާޒީ

ހުނައިންގެ މަންމަ ފުލުހުންނަށް ދީފައިވާ ބަޔާން ވެސް ދައުލަތުން ކޯޓަށް ހުށަހެޅި އެވެ. އޭގައި ބުނެފައިވަނީ ގޭގެ އެޕާޓްމަންޓްތައް ކުއްޔަށް ދިނުމާ ގުޅޭ ގޮތުން ކުރާ ހުރިހާ މުއާމަލާތެއް ވެސް ކުރަނީ ހުނައިން ކަމަށެވެ. އަދި އެކަމަށް ހުނައިން ވެސް ޝަރީއަތުގައި އެއްބަސްވި އެވެ.

ޝަރީއަތުގައި ހުނައިން ވަނީ އެޕާޓްމަންޓުގެ ކުލީގެ ގޮތުގައި 364،500ރ. އާ ހަވާލުވި ކަމަށް އެއްބަސްވެފަ އެވެ. އެކަމަކު އޭނާ ބުނީ ދައުވާގައި ބުނާ ގޮތަށް މަކަރާއި ހީލަތުގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށާއި އެޕާޓްމަންޓް ހަވާލު ނުކުރެވުނީ ކުރިން ކުއްޔަށް ނެގި މީހާ އެތަން ހަވާލު ނުކުރާތީ ކަމަށެވެ. އެކަމަކު އެޕާޓްމަންޓް ހަވާލުކުރަން ހުނައިން އެންގި ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށް ބުނެ، އެންމެ ފުރަތަމަ އެތަން ކުއްޔަށް ނެގި މީހާ ވަނީ ބަޔާން ދީފަ އެވެ. އެހެންވެ ޝަރީއަތުން ނިންމީ ހުނައިން ދައުވާއަށް އިންކާރުކުރީ ކަމަށެވެ.

އެހެންވެ ހުށަހެޅި ހެކިތަކަށް ރިއާޔަތްކޮށް ގާޒީ އިސްމާއިލް ޝަފީއު ނިންމެވީ އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ދައުވާ ސާބިތުވާ ކަމަށެވެ.

Emme bodu scam: Dhariyakah, Mayakah dheyveynee ves mivaruge landeh!

Emme bodu scam: Dhariyakah, Mayakah dheyveynee ves mivaruge landeh!

The most trusted news source in the Maldives

Mihaaru

ހުނައިންގެ މަކަރާއި ހީލަތާ ބެހޭ ގޮތުން "މިހާރު" އިން ކުރިން ޝާއިއުކުރި ލިޔުމެއް

ސާބިތުވި ކުށުގެ ދަރަޖައިގެ ގޮތުން އަސާސީ އަދަބަކީ 1 އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ. އެކަމަކު ބޯހިޔާވަހިކަން ފަދަ އަސާސީ ބޭނުމެއް ފުއްދުމުގެ ގޮތުން ހޯދާ ފައިސާ ނިގުޅައިގަނެ، އެއްބަސްވުންތަކުގެ ނާޖާއިޒް ފައިދާ ނެގުމަކީ މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ދެވޭ ބޮޑު ގެއްލުމެއް ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.

"އެޕާޓްމަންޓް ކުއްޔަށް ހިފުމަށް ފައިސާ ދެއްކުމަށްފަހު، އެޕާޓްމަންޓް ލިބޭނެ ދުވަހެއް ނޭނގި، އަދި ދުވަހަކު ވެސް ލިބޭނެ ކަމުގެ އުންމީދެއް ވެސް ނެތި، އެ މީހެއްގެ އަތުން ގެއްލިގެންދަނީ، އުމުރު ދުވަހު ކުރި މަސައްކަތުން ރައްކާކޮށްފައިވާ ފައިސާ އެވެ." ހުކުމުގައި ގާޒީ ލިޔުއްވާފައިވެ އެވެ.

އެހެންވެ މިކަމަށް ރިއާޔަތްކޮށް، ގާނޫނުން ފަނޑިޔާރަށް ލިބިދޭ އިޚްތިޔާރުގެ ތެރެއިން، އަސާސީ އަދަބަށްވުރެ ހަތަރު ގުނަ ބޮޑުކޮށް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކަނޑައެޅުއްވީ އެވެ. މި މުއްދަތުން ވަނީ އޭނާ ބަންދުގައި ހުރި 10 ދުވަސް އުނިކޮށްފަ އެވެ.

ހުނައިން ނެގި 364،500ރ. އޭގެ ވެރިފަރާތަށް ރައްދުކުރުމުގެ ގޮތުން ހަ މަސް ދުވަހުގެ ތެރޭ ކޮންމެ މަހަކު މަދުވެގެން 60،750ރ. ސިވިލް ކޯޓު މެދުވެރިކޮށް ދައްކައި ހަލާސްކުރުމަށް ވެސް ހުކުމުގައިވެ އެވެ.

ހުނައިން ވަނީ ޖަލު އަދަބު ލުއިކޮށްދޭން ޝަރީއަތުގައި އެދިފަ އެވެ. އެކަމަކު އޭނާ ނެގި ފައިސާގެ ތެރެއިން މިހާތަނަށް ވެސް އެއްވެސް ފައިސާއެއް ވެސް އަނބުރާ ރައްދުކޮށްފައި ނުވާތީ ޖަލު ހުކުމް ޖޫރިމަނާއަށް ބަދަލު ނުކުރަން ގާޒީ ނިންމެވީ އެވެ.