ރޭގަނޑު އަވަހަށް ނިދައި ފަތިހު ހޭލައިގެން ނަމާދުކޮށް، ގުރުއާން ކިޔެވުމަކީ ސްކޫލް އޮންނަ ދުވަސްވަރެއް ނަމަ މިޝްކާ މޫސަގެ އާދަ އެވެ. ހާއްސަކޮށް، ގުރުއާން މުބާރާތެއް ބޯމަތި ވެއްޖެ ނަމަ ގުރުއާން ކިޔެވުމުގައި ފ. ދަރަނބޫދޫ ސްކޫލްގެ މި ކުއްޖާ ގިނަ ވަގުތު ހޭދަކުރެ އެވެ.
30 ޖޫން 2023
ރޭގަނޑު އަވަހަށް ނިދައި ފަތިހު ހޭލައިގެން ނަމާދުކޮށް، ގުރުއާން ކިޔެވުމަކީ ސްކޫލް އޮންނަ ދުވަސްވަރެއް ނަމަ މިޝްކާ މޫސަގެ އާދަ އެވެ. ހާއްސަކޮށް، ގުރުއާން މުބާރާތެއް ބޯމަތި ވެއްޖެ ނަމަ ގުރުއާން ކިޔެވުމުގައި ފ. ދަރަނބޫދޫ ސްކޫލްގެ މި ކުއްޖާ ގިނަ ވަގުތު ހޭދަކުރެ އެވެ.
މިޝްކާ ބުނީ ސްކޫލްގައި އިތުރު ހަރަކާތްތައް ހިންގާ ދަރިވަރުންގެ ގުލްޝަން ކްލަބުގެ ސެކްރެޓަރީ ކަމާއި ސީނިއާ ޕްރިފެކްޓްކަން ކުރިޔަސް އޭނާ އެންމެ ބޮޑު އިސްކަމެއް ދެނީ ކިޔެވުމަށް ކަމަށެވެ. އެހެންވެ، ދުރާލައި ތާވަލެއް ހަދައިގެން ސްކޫލްގެ މަސައްކަތްތައް ކުރުމުން އިތުރު ފަސޭހަތަކެއް ވާ ކަމަށް އުމުރުން 15 އަހަރުގެ ދަރިވަރު ބުންޏެވެ.
އެ ގޮތަށް ތާވަލް ހެދިޔަސް، ބިޒްނަސް ސްޓްރީމްގައި ކިޔަވާ މިޝްކާ އެންމެ ބޮޑު އިސްކަމެއް ދެނީ ގުރުއާން ކިޔެވުމަށެވެ. ސްކޫލުގެ މަސައްކަތްތައް އަންނަނީ އޭގެ ފަހުންނެވެ.
"ފުރަތަމަ ކިޔެވުން. ދެން ކުޅިވަރު،" އަންނަ އަހަރު އޯ ލެވެލް އިމްތިހާނުގައި އިށީންނަން ތައްޔާރުވަމުން އަންނަ ދަރިވަރު ބުންޏެވެ.
މިޝްކާ ވަނީ އަތޮޅާއި ރަށު ފެންވަރުގައި ބޭއްވި ގުރުއާން މުބާރާތްތަކުން ވަނަތައް ހޯދައިފަ އެވެ. އަލްކައުނު ޓީވީން މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވި ގުރުއާން މުބާރާތުން އުމުރުފުރާއިން އެއްވަނަ އާއި އަތޮޅު މުބާރާތުގައި މުޅި މުބާރާތުން ދެ ވަނަ ހޯދި އެވެ.
މަދަހަ ކިޔުމަކީ ވެސް އޭނާގެ ހާއްސަ ޝައުގެއް އޮންނަ ކަމެކެވެ. ރަށު ސްކޫލުން ބާއްވާ ނެޓްބޯޅަ އާއި ބެޑްމިންޓަން އަދި އެތްލެޓިކްސްގައި ވެސް މިޝްކާގެ ހުނަރުތައް ދައްކައި، ކާމިޔާބީތައް ހޯދާފައި ވެ އެވެ.
މިހާރު ގްރޭޑް 9 ގައި ކިޔަވަމުން އަންނަ މިޝްކާ ބުނީ، ހަޔާތުގައި ހަދާ ފުރަތަމަ ބޮޑު އިމްތިހާނަށް މިހާރު ތައްޔާރުވާން ފަށާފައިވާ ކަމަށެވެ. އޯ ލެވެލް އިމްތިހާނުގައި ގައުމީ ގަދަ 10 ގައި ހިމެނި، ބައެއް މާއްދާތަކުން ފަހުރުވެރި ވަނަތައް ހޯދުމަށް އޭނާ ވަނީ އަޒުމް ކަނޑައަޅައިފަ އެވެ.
"އަޅުގަނޑުގެ އަޒުމަކީ އަބަދު ވެސް އެއް ވަނަ ހޯދުން،" ބިޒްނަސްގެ ދާއިރާއިން ކުރިއަށް ދިއުމުގެ އުއްމީދުގައި ހުރި ދަރިވަރު ބުންޏެވެ.
ސަތޭކައިގެ ދަރިވަރު: އޭނާގެ ދިރިއުޅުން ބަދަލުވެއްޖެ
އާ އުސޫލުގައި ގްރޭޑް 9އިން ފެށިގެން ތުނބުޅި ބެހެއްޓޭ
4އިން މަތީގެ ކުދިން އާ ޔުނީފޯމުގައި ހަރުވާޅު މަޖުބޫރު
ޔުނިފޯމު 2027ގައި ބަދަލުވާ ގޮތުގެ ނަމޫނާ ފޮނުވައިފި
އަމިއްލަ ރަށުގެ ތައުލީމު ބަދަލުކޮށްލި ޕްރިންސިޕަލް
ވޮކޭޝަނަލް ތަމްރީނަށް ހާއްސަ ސްކޫލު ހުޅުވައިފި
ކުރު މުއްދަތެއްގައި ޔުނިވާސިޓީތަކަށް ވެވޭނެގޮތް ހަދައިފި
ދިރާސީ ކަލަންޑަރު ޑިޖިޓަލައިޒްކޮށްފި
ސްކޫލްތަކުން ވޭޕް ސްޓިކް ނުފެނެއޭ ބުނާވަރަށް މަދުވެއްޖެ
ހިތަދޫ ސްކޫލަށް ސާނަވީ ކަށަވަރު ކޮށްދެއްވި ޕްރިންސިޕަލް