ސައުދީ ރަސްގެފާނު ސަލްމާން އަބްދުލް އަޒީޒަކީ ރާއްޖެ އަށް ހާއްސަ އިސްކަމެއް ދެއްވާ ބޭފުޅެއް ކަމަށާއި ގުޅުން ވަރަށް ރަނގަޅު ކަމަށް ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު މަތްރިކް އައްދައުސަރީމި އިއްޔެ ވިދާޅުވެއްޖެ އެވެ.
ސައުދީ ރަސްގެފާނު ސަލްމާން އަބްދުލް އަޒީޒަކީ ރާއްޖެ އަށް ހާއްސަ އިސްކަމެއް ދެއްވާ ބޭފުޅެއް ކަމަށާއި ގުޅުން ވަރަށް ރަނގަޅު ކަމަށް ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު މަތްރިކް އައްދައުސަރީމި އިއްޔެ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ސައޫދީ ރަސްގެފާނުގެ ހަރަދުގައި ރާއްޖެ އިން މި އަހަރު ހައްޖުގެ އަޅުކަމަށް ފުރާ މީހުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގަ އެވެ.
ސަފީރު ވިދާޅުވީ، ރާއްޖެއަކީ ސަތޭކަ ޕަސެންޓް މުސްލިމް ގައުމަކަށް ވާތީ އާ އެކު، ސައޫދީ ރަސްގެފާނު ދިވެހިންނާ މެދު ހާއްސަ ގޮތްތަކެއް ބަހައްޓަވާ ކަމަށެވެ.
"މި ފުރުސަތު ރާއްޖެ އަށް އަބަދުވެސް ދެއްވުމަށް ރަސްގެފާނު އިސްކަން ދެއްވާ. ދިވެހިންނަށް ހާއްސަ ގޮތްތަކެއް ރަސްގެފާނު ބަހައްޓަވާ. ރަސްގެފާނަށް އަބަދުވެސް ދިވެހިން ވަރަށް ހާއްސަ،" ސަފީރު ވިދާޅުވި އެވެ.
ހައްޖުގެ އަޅުކަމަށް ދާ ދިވެހިންނަށް ސައޫދީން ފަސޭހަ އިން ވިސާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"އެއީ ދިވެހިންނަށް ވަރަށް ބޮޑު ލުޔެއް،" މަތްރިކް ވިދާޅުވި އެވެ.
ސައޫދީ ރަސްގެފާނުގެ ހަރަދުގައި ކޮންމެ އަހަރަކު ވެސް ވަކި އަދަދަކަށް ރާއްޖެ އިން ހައްޖަށް މީހުން ގެންދެ އެވެ. މި އަހަރު ވެސް 10 މީހަކަށް ސައޫދީ ސަރުކާރުން އެ ފުރުސަތު ދީފައިވާއިރު، މީހުން ކަނޑައަޅަނީ ރާއްޖޭގައި ހުންނަ ސައޫދީގެ އެމްބަސީ މެދުވެރިކޮށް އެ ގައުމުގެ ސަރުކާރުންނެވެ.
ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގާ، ސައޫދީ ސަފީރު އިއްޔެ ސަލާމް ކުރައްވަނީ.---ފޮޓޯ: ސައޫދީ އެމްބަސީ.
ސައޫދީ ރަސްގެފާނުގެ ހަރަދުގައި މި އަހަރު ހައްޖަށް ދާ ދިވެހިންގެ ތެރޭގައި ދިވެހި ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ހިމެނެ އެވެ.
ސައޫދީ ރަސްގެފާނުގެ ހަރަދުގައި މާލޭގައި މިސްކިތެއް އިމާރާތް ކޮށްދެއްވައި އަދި ސައޫދީގެ ގައުމީ އެއާލައިން ސައޫދިއްޔާގެ ސީދާ ދަތުރުތައް ވަނީ ފަށައިފަ އެވެ.
ރާއްޖެ އިން މި އަހަރު ހައްޖަށް ފުރާ ފަހު ގުރޫޕް މިއަދު ފުރާނެ އެވެ.
ދިވެހި ހާޖީންނަށް މަބްރޫރު ހައްޖަކަށް ރައީސް އެދިވަޑައިގެންފި
އަރަބި ބަހުގެ މައުހަދެއް ސައުދީން ރާއްޖޭގައި އަޅައިދެނީ
ދިވެހި ހައްޖުވެރިންގެ ދަތުރުތައް ގައުމީ އެއާލައިނުން
ސައުދީ ރަސްގެފާނު ދެއްވާ ހައްޖުވުމުގެ 1،000 ފުރުސަތު ފަލަސްތީނަށް
ކިޔަވާ ކުދިން، ހާޖީންނަށް އެހީތެރިވުމުގެ ހުއްދަ ދީފި
އިތުރު ކޯޓާ ލިބިއްޖެ ނަމަ ކިއޫ ކުޑަކުރަން ގްރޫޕްތަކަށް
ދިވެހިންނަށް އަރަފާތާއި މިނާގައި ރަނގަޅު ތަަންތަން
ސަލާމަތީކަންކަން ހައްޖުވެރިންނާ ބައްދަލުކުރަން ހުރަހަކަށް
ދަގަނޑޭ ހައްޖަށް، ސާފް ޗެމްޕިއަންޝިޕުން ނުފެންނާނެ
ސަލްމާން މިސްކިތް ފުރަތަމަ ހުކުރު ނަމާދަށް ފުރާލައިފި