Roadha Mihaaru
ހައްޖަށް ދިޔަ ދެ ދިވެއްސަކަށް އައިސީޔޫގައި ފަރުވާ ދެނީ

ހައްޖަށް ދިޔަ ދެ ދިވެއްސަކަށް އައިސީޔޫގައި ފަރުވާ ދެނީ

27 ޖޫން 2023

ރާއްޖެ އިން މި އަހަރުގެ ހައްޖުގެ އަޅުކަމަށް ސައޫދީ އަރަބިއްޔާ އަށް ދިޔަ ދެ ދިވެއްސެއްގެ ހާލު ދެރަވެ، އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖެ އިން މި އަހަރުގެ ހައްޖުގެ އަޅުކަމަށް ސައޫދީ އަރަބިއްޔާ އަށް ދިޔަ ދެ ދިވެއްސެއްގެ ހާލު ދެރަވެ، އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ހައްޖަށް ދިޔަ ދިވެހިންގެ ތެރެއިން މިވަގުތު އައިސީޔޫގައި ފަރުވާ ދެމުން އަންނަނީ އުމުރުން 85 އަހަރުގެ ފިރިހެނަކަށާއި 58 އަހަރުގެ އަންހެނަކަށް ކަމަށެވެ.

އެހެން ނަމަވެސް މިކަމާބެހޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

މިއަހަރު ހައްޖަށް ފުރާ އެންމެފަހު ގްރޫޕު ފުރާފައި ވަނީ މިމަހުގެ 19 ގަ އެވެ. ހައްޖުވެރިން މިއަދު އަރަފާތު ބިމުގައި ތިބުމަށްފަހު މިރޭ މުޒްދަލިފާއަށް ދާން ދަތުރު ފަށާނެ އެވެ.

ހައްޖަށް މީހުން ގެންދިއުމަށް ސައުދީ އަރަބިއްޔާ އިން މިއަހަރު ރާއްޖެއަށް ދިނީ 1000 ކޯޓާ އެވެ. އޭގެ ތެރެއިން ހައްޖަށް މީހުން ގެންދަން ހުއްދަދީފައިވާ ތިން ކުންފުންޏަށް ވެސް ވަނީ 90 ކޯޓާދީފަ އެވެ. ބާކީ ކޯޓާތައް ދީފައި ވަނީ ހައްޖު ކޯޕަރޭޝަނަށެވެ.