އާރުޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންގެ އެކައުންޓަށް 13 މިލިއަން ރުފިޔާ ޖަމާވި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
04 ޖުލައި 2023
އާރުޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންގެ އެކައުންޓަށް 13 މިލިއަން ރުފިޔާ ޖަމާވި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި، ޔާސިރުގެ އެކައުންޓަށް އެއް ފަހަރާ ގިނަ އަދަދެއްގެ ފައިސާ ޖަމާވި މައްސަލަ ފުލުހަށް ހުށަހެޅީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިންނެވެ. ނަމަވެސް، އޭނާގެ އެކައުންޓަށް ފައިސާ ޖަމާވީ ސީދާ އާރުޑީސީގެ އެކައުންޓުން ކަމެއް ސާފެއް ނުވެ އެވެ.
އެކަމަކު ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ އާރުޑީސީއާ ގުޅޭ މައްސަލައެއް ބަލަމުންދާ ކަމަށެވެ. އޭގެ އިތުރު ތަފްސީލެއް ނުދެ އެވެ.
މަގު ހެދުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) އަދި ޔާސިރަކީ އެއް ރަށަކަށް އުފަން، ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. އަދި ޔާސިރު ވަނީ މީގެ ދުވަސްކޮޅެއް ކުރިން މޫކޭގެ ކޮއްކޮއަކާ ކައިވެނިކޮށްފަ އެވެ.
އެ ދެ ބޭފުޅުން އާރުޑީސީގެ އެކައުންޓުން 13 މިލިއަން ރުފިޔާ ނެގި ކަމަށް ބުނެ އެހެން މީޑިއާއަކުން ލިޔުނު ހަބަރަކަށް ރައްދު ދެއްވައި މޫކޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.
"ކަނޑައެޅިގެން ދޮގެއް. ވައްކަން ކޮށްގެން އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރަން މިއީ ޔާމިނެއް ނޫން. އެއް އެކައުންޓުން އަނެއް އެކައުންޓަށް ހިނގާ މުއާމަލާތްތައް ފެންނަން ހުންނާނެތާ ގައިމު ވެސް. ކުރު ވާހަކަ ލިޔާއިރު ވެސް މިއަށް ވުރެ ގަބޫލުކުރެވޭ ކަހަލަ ވާހަކަ ލިޔަން ފަރިތަ ކޮށްލުން ރަނގަޅު ވާނެ ކަމަށް ފެނޭ." އޭނާ ވިދާޅުވި އެވެ.
މޫކޭއަކީ އެމްޑީޕީގެ މަޑުއްވަރީ ދާއިރާގެ ރައީސެވެ. އެޗްޑީސީގެ ޕްރޮކިއުމެންޓް މެނޭޖަރަކަށް ވެސް މީގެ ކުރިން އުޅުއްވި ޔާސިރަކީ އެމްޑީޕީގެ ހުޅުމާލެ ދާއިރާގެ ރައީސެވެ.
ޝައްކުވާ ފައިސާ ޔާސިރުގެ އެކައުންޓަށް ވަންނަތާ 4އަހަރު
241 ކޮމިޓީން ހޯދީ ކަސްޓަމްސްގެ ބޮޑެތި އިހުމާލުތަކެއް
ޔާމީންގެ ތުހުމަތުތައް އަޝްރަފަށް
ޝުޖާއުއާ ގުޅޭ ރިޕޯޓުގެ މައްސަލަ ބަލާތާ ދުވަސްތަކެއް!
ޝަމްއާން ބަންދުކުރީ ރަނގަޅަށް: ހައި ކޯޓް
އޭސީސީން އެގްރިކަލްޗާ މިނިސްޓްރީއަށް ވަދެއްޖެ
ފަޒުލްއަށް ކުރަނީ ލިޔުންތަކެއް ނައްތާލިކަމުގެ ތުހުމަތު
މޫކޭ އާއި ޔާސިރުގެ ޕާސްޕޯޓް ހިފަހައްޓައިފި
މޫކޭ، ޔާސިރުގެ އިލެކްޓްރޯނިކް ސާމާނުތަކެއް ހިފަހަޓައިފި
ފަޒުލްގެ ގެއިން ބައެއް ތަކެތި ފުލުހުން ގެންގޮސްފި