Roadha Mihaaru
އެއާޕޯޓް އަޅަން 3 ރަށެއްގެ ބިން ހިއްކަން ހަވާލުކޮށްފި

އެއާޕޯޓް އަޅާ ތިން ރަށެއްގެ ބިން ހިއްކަން 654 މިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކޮށްފި

12 ޖުލައި 2023

ށ. ބިލެތްފަހި، ބ. ތުޅާދޫ އަދި ތ. ވިލުފުށީގައި އެއާޕޯޓް އަޅަން ބޭނުންވާ ބިން ހިއްކަން 654 މިލިއަން ރުފިޔާ އަށް ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ށ. ބިލެތްފަހި، ބ. ތުޅާދޫ އަދި ތ. ވިލުފުށީގައި އެއާޕޯޓް އަޅަން ބޭނުންވާ ބިން ހިއްކަން 654 މިލިއަން ރުފިޔާ އަށް ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީ ބުނީ އެ މަސައްކަތް ހަވާލުކުރީ ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ކަމަށެވެ.

މިނިސްޓްރީގެ ފަރާތުން އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި ކެޕިޓަލް މެރިންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސިވަރާޖާ މަނިވައްނަން އެވެ.

ބިލެތްފަހި، ތުޅާދޫ އަދި ވިލުފުށީގެ އެއާޕޯޓް ހަދަން ބޭނުންވާ ބިން ހިއްކަން ބަޔަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ބިލެތްފަހި، ތުޅާދޫ އަދި ވިލުފުށީގެ އެއާޕޯޓް ހަދަން ބޭނުންވާ ބިން ހިއްކަން ބަޔަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ރާއްޖޭގައި 2014 ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވާ ކެޕިޓަލް މެރިންގެ ބޯޑުގައި ތިބެނީ ސްރީލަންކާ ދެމީހުންނެވެ. އެ ކުންފުނީގެ ހިއްސާދާރުންނަކީ މެނޭޖިން ޑިރެކްޓަރު ސިވަރާޖާ މަނިވައްނަން އާއި އިނގިރޭސިވިލާތުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށްވާ ކެޕިޓަލް އިވެސްޓްމަންޓް އެންޑް ފައިނޭންސް ލިމިޑެޓެވެ. އެއީ ކޮންސްޓްރަކްޝަން އާއި ރިއަލްސްޓޭޓް ވިޔަފާރިކުރާ ކުންފުންޏެކެވެ.

ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި، އެ ތިން ރަށުގައި ބިން ހިއްކަން ކެޕިޓަލް މެރިންއާ ހަވާލުކުރީ 42،450،783.48 ޑޮލަރު (654 މިލިއަން ރުފިޔާ) އަށެވެ.

މަޝްރޫއުގެ ތަފުސީލު

• ބިލެތްފަހިން 56.34 ހެކްޓަރުގެ ބިން ހިއްކުން.

• ތުޅާދޫން 44.70 ހެކްޓަރުގެ ބިން ހިއްކުން.

• ވިލުފުށި 44.70 ހެކްޓަރުގެ ބިން ހިއްކުން.

ބިލެތްފަހި، ތުޅާދޫ އަދި ވިލުފުށީގެ އެއާޕޯޓް ހަދަން ބޭނުންވާ ބިން ހިއްކަން ބަޔަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ބިލެތްފަހި، ތުޅާދޫ އަދި ވިލުފުށީގެ އެއާޕޯޓް ހަދަން ބޭނުންވާ ބިން ހިއްކަން ބަޔަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ހދ. މަކުނުދޫ، ށ. ބިލެތްފަހި، ރ. ބެރިއަންފަރު، ބ. ތުޅާދޫ، ފ. މަގޫދޫ އަދި ތ. ވިލުފުށީގައި ރީޖަނަލް އެއާޕޯޓް އަޅަން ސަރުކާރުން އޮތީ ނިންމައިފަ އެވެ. އޭގެ ތެރެއިން އަމަލީ މަސައްކަތް އަދި ފެށީ މަގޫދޫ އެއާޕޯޓުގެ އެކަންޏެވެ.

ފައިސާގެ ބަދަލުގައި ރިސޯޓް ހަދާނެ ރަށެއް ލިބޭ އުސޫލުން، މި ހަ ރަށުގެ އެއާޕޯޓު ހަދަން ބޭނުންވާ ފައިސާގެ ތެރެއިން ބައެއް ހޯދަން ދިވެހި ދެ ކުންފުންޏަކާ މިދިޔަ އަހަރު ހަވާލު ވެސް ކުރި އެވެ. އެކަމުގެ އެއްބަސްވުން ހެދީ މުނި އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޑެޓް އާއި ދެކުނު ދުނި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ އެކުގަ އެވެ.