30 ޖެނުއަރީ 2017
މެނީލާ (ޖެނުއަރީ 30) - ފުލުހުންގެ ތެރޭގައި ތިބި ކޮރަޕްޓް އޮފިޝަލުން ސާފުކޮށް ނިމެންދެން ޑްރަގާ ދެކޮޅު ހަނގުރާމަ މަޑުޖައްސާލުމަށް އެ ގައުމުގެ ފުލުހުން ނިންމައިފި އެވެ.
މެނީލާ (ޖެނުއަރީ 30) - ފުލުހުންގެ ތެރޭގައި ތިބި ކޮރަޕްޓް އޮފިޝަލުން ސާފުކޮށް ނިމެންދެން ޑްރަގާ ދެކޮޅު ހަނގުރާމަ މަޑުޖައްސާލުމަށް އެ ގައުމުގެ ފުލުހުން ނިންމައިފި އެވެ.
ފުލުހުންގެ ވެރިޔާ ރޮނާލްޑް ޑެލާ ރޯސާ މިއަދު ވިދާޅުވީ އެންޓި-ޑްރަގު ޔުނިޓްތައް ވެސް އުވާލާނެ ކަމަށެވެ.
ފުލުހުންގެ ވެރިޔާ މިމޭރުމުން ވާހަކަ ދައްކަވާފައި ވަނީ ދެކުނު ކޮރެއާގެ ވިޔަފާރިވެރިއަކު ޕޮލިސް ހެޑްކުއާޓަރުގައި މަރާލާފައި ވަނިކޮށެވެ. ވިޔަފާރިވެރިޔާ ކިޑްނެޕްކޮށް މަރާލާފައި ވަނީ އެންޓި-ޑްރަގު ފުލުހުން ކަމަށްވެ އެވެ.
ފިލިޕީންސްގައި ޑްރަގާ ދެކޮޅު ހަނގުރާމަ މިދިޔަ އަހަރުގެ މެދެއްހާ ހިސާބުގައި ފެށި ފަހުން މިހާތަނަށް ވަނީ 7،000 އަށް ވުރެ ގިނަ މީހުން މަރާލައިފަ އެވެ.
ރައީސް ރޮޑްރިގޯ ޑުޓާޓެގެ ހަރުކަށި ސިޔާސަތުތަކަށް ދަނީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެކަމަކު ފިލިޕީންސްގެ ރައްޔިތުންގެ މެދުގައި ޑުޓާޓެގެ މަގްބޫލްކަން ވަނީ ބޮޑުވެފަ އެވެ.
ޑެލާ ރޮސާ ވިދާޅުވީ ފުލުހުންގެ ތެރެ ސާފު ކުރުމަށް ޑުޓާޓެ އަންގަވާފައިވާ ކަމަށެވެ. އަދި މަސްތުވާތަކެއްޗާ ދެކޮޅު ހަނގުރާމަ އޭގެ ފަހުން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފިލިޕީންސް އިން މަސްތުވާތަކެތީގެ ވަބާ ޑިސެމްބަރުގެ ނިޔަލަށް ފުހެލާނެ ކަމަށް ޑުޓާޓެ ވަނީ ވިދާޅުވެފަ އެވެ. އޭގެ ފަހުން ވަނީ މި އަހަރުގެ މާޗު މަހަށް މުއްދަތު އިތުރުކޮށްފަ އެވެ. ނަމަވެސް ޑުޓާޓެ އިއްޔެ ވަނީ ޑްރަގާ ދެކޮޅު ހަނގުރާމަ އޭނާގެ ވެރިކަމުގެ އެންމެ ފަހު ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. ޑުޓާޓެގެ ދައުރު ނިމޭނީ 2022 ވަނަ އަހަރު އެވެ.
ކުށްކުރާ މީހުން މަރަން ޓީމެއް ގެންގުޅުނިން: ޑުޓާޓޭ
ޑުޓާޓެގެ ޑްރަގު ހަނގުރާމައިގައި 20،000 މަރު
ފިލިޕީންސްގައި މީހުން މަރާ މައްސަލަ އައިސީސީ އަށް
ކުށްވެރިވެއްޖެ ނަމަ ދަރިފުޅު ނަމަވެސް މަރާނަން: ޑުޓާޓެ
އެންމެ ފަހުން ޑުޓާޓެގެ ދަރިއަށް ޑްރަގު ވިޔަފާރީގެ ތުހުމަތު
ޑްރަގާ ދެކޮޅު ހަނގުރާމައިގައި އެއްރެއިން 32 މަރު
ޑްރަގާ ދެކޮޅު ހަނގުރާމައިގައި މޭޔަރަކު އަވަހާރަކޮށްލައިފި
ބަޑީގެ ވަޒަނަކުން ޑްރަގު ނުހުއްޓުވޭނެ
ޑުޓާޓެ އަށް ފާޑުކިޔާ މީހާ އަށް ޑްރަގުގެ ދައުވާ ކޮށްފި
147 މިލިއަން ޑޮލަރުގެ ޑްރަގު ފިލިޕީންސް އިން އަތުލައިފި