ކުރިއަށް އޮތް ކޮމަންވެލްތު ގޭމްސް ބާއްވަން ހަވާލުވި އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓުން ހަރަދު ބޮޑުވުމުގެ ސަބަބުން އެކަން ކުރެވެން ނެތް ކަމަށް ބުނުމުން، އެ ގޭމްސް ބޭއްވޭނެ ކަމާމެދު ސުވާލު އުފެދިއްޖެ އެވެ.
ކުރިއަށް އޮތް ކޮމަންވެލްތު ގޭމްސް ބާއްވަން ހަވާލުވި އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓުން ހަރަދު ބޮޑުވުމުގެ ސަބަބުން އެކަން ކުރެވެން ނެތް ކަމަށް ބުނުމުން، އެ ގޭމްސް ބޭއްވޭނެ ކަމާމެދު ސުވާލު އުފެދިއްޖެ އެވެ.
ކޮމަންވެލްތު ގޭމްސް ބާއްވާނެ ގައުމެއް ނުލިބިގެން ކޮމޮންވެލްތު ގޭމްސް ފެޑެރޭޝަން (ސީޖީއެފް) އިން އުޅެނިކޮށް، އެ މުބާރާތް 2026 ވަނަ އަހަރު ބާއްވަން ވިކްޓޯރިއާ އިން އެއްބަސްވީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ.
އެކަމަކު، ވިކްޓޯރިއާގެ ޕްރިމިއާ ޑެނިއަލް އެންޑްރޫސް ވިދާޅުވީ އަންދާޒާ ކޮށްފައިވާ ހަރަދު މިހާރު ތިން ގުނައަށް އިތުރުވެ، އެއީ ހަގީގަތުގައި މިހާރު އެ ސްޓޭޓަށް އުފުލޭނެ ވަރުގެ މާލީ ބުރައެއް ނޫން ކަމަށެވެ.
ސީޖީއެފުން ބުނިގޮތުގައި، ވިކްޓޯރިއާގެ އެ ނިންމުމާ މެދު ހިތާމަކުރާ ކަމަށާއި އެކަމަކު މިކަމަށް ހައްލެއް ހޯދާނެ ކަމަށެވެ.
ކޮމަންވެލްތު ގޭމްސްއަކީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ ގިނަ ކުޅިވަރުތަކެއް ހިމެނޭ މުބާރާތެކެވެ. ކޮމޮންވެލްތް ގޭމްސްގެ ތާރީހުގައި އެ މުބާރާތް ހަމައެކަނި ކެންސަލް ކޮށްފައިވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރެވެ.
ވިކްޓޯރިއާ ސްޓޭޓްގެ ތިން ސިޓީއެއްގައި 12 ދުވަހަށް ދިގުދެމިގެންދާ އެ މުބާރާތް ބާއްވަން ހަރަދުވާނެ ކަމަށް ފުރަތަމަ އަންދާޒާ ކުރީ ގާތްގަނޑަކަށް 1.8 ބިލިއަން ޑޮލަރެވެ. އެކަމަކު އެ އަދަދު މިހާރު ތިން ގުނަ ވާނެ ކަމަށް ލަފާކުރެވޭއިރު، އެ ހަރަދާ އެއްވަރުގެ އިގުތިސާދީ ފައިދާއެއް ނުލިބޭނެ ކަމަށް އެންޑްރޫސް ވިދާޅުވި އެވެ.
"މި މަގާމުގައި ވަރަށް އުނދަގޫ ނިންމުންތަކެއް ނިންމައިފިން. އެކަމަކު މިއީ އޭގެ ތެރެއިން އެއް ނިންމުމެއް ނޫން،" ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވި އެވެ.
ވިކްޓޯރިއާގެ އިދިކޮޅު ލީޑަރު ޖޯން ޕެސުޓޯ ވިދާޅުވީ އެ ނިންމުމަކީ އެ ސްޓޭޓަށް "ބޮޑު ލަދުވެތި" ކަމެއް ކަމަށާއި ބައިނަލްއަގުވާމީ އިވެންޓްސް ލީޑަރެއްގެ ގޮތުގައި ލިބިފައި އޮތް ގަދަރަށް "ވަރަށް ބޮޑު ގެއްލުމެއް" ލިބޭ ނިންމުމެއް ކަމަށެވެ.
ޕެސުޓޯގެ ވާހަކަތަކަށް އެއްބަސްވެވަޑައިގަންނަވަމުން ކޮމަންވެލްތު ގޭމްސް އޮސްޓްރޭލިއާގެ ޗީފް އެގްޒެކެޓިވް ވިދާޅުވީ ވިކްޓޯރިއާއިން ފާހަގަކޮށްފައިވާ ހަރަދަކީ މާބޮޑުކޮށް ކޮށްފައިވާ އަންދާޒާއެއް ކަމަށާއި 2026 ވަނަ އަހަރުގެ މުބާރާތް ބާއްވަން އޮސްޓްރޭލިއާގެ އިތުރު ސްޓޭޓެއް ހޯދަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
އޮސްޓްރޭލިއާގެ އެކި ސްޓޭޓުތަކުން މި މުބާރާތް ފަސް ފަހަރެއްގެ މަތިން ބާއްވާފައި ވެ އެވެ.
އެކަމަކު 2026 ގެ މުބާރާތާ ހަވާލުވެވެން ނެތް ކަމަށް އޮސްޓްރޭލިއާގެ ހުރިހާ ސްޓޭޓުތަކުން ވަނީ ބުނެފަ އެވެ.
ކޮމަންވެލްތު ގޭމްސް އިންޑިއާގެ އަހުމަދުއާބާދަށް
"މޫނުބުރުގާ ސްޓަންޓް" ހެދި މެންބަރު ސަސްޕެންޑްކޮށްފި
އޮސްޓްރޭލިއާ މަޖިލީހުގައި މޫނުބުރުގާއަށް ފުރައްސާރަކޮށްފި
ފަލަސްތީނު ބަލައިގަތް ގައުމުތަކަށް ރާއްޖޭގެ މަރުހަބާ
އޮސްޓްރޭލިއާ އާއި ކެނެޑާ ވެސް ފަލަސްތީނު ބަލައިގެންފި
އޮސްޓްރޭލިއާ ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނަނީ
އޮސްޓްރޭލިއާއިން ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓެއް ދެނީ
އެމްއެންޔޫ އާއި ދެ ޔުނިވާސިޓީއަކާ އެކު އެއްބަސްވުމެއް
2.4 މިލިއަން ކުދިން ސަލާމަތްކޮށްދިން މީހާ މަރުވެއްޖެ
ކުޑަކުދިންގެ ކުށަށް ވެސް އޮސްޓްރޭލިއާގައި ބޮޑު އަދަބު