ޕެނަލްޓީ ޖަހައިގެން 5-4 އިން އެންމެ ފަހުގެ ޗެމްޕިއަން އެމެރިކާ ބަލިކޮށް ސްވިޑެން އަންހެނުންގެ ވޯލްޑް ކަޕް ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
07 އޯގަސްޓް 2023
ޕެނަލްޓީ ޖަހައިގެން 5-4 އިން އެންމެ ފަހުގެ ޗެމްޕިއަން އެމެރިކާ ބަލިކޮށް ސްވިޑެން އަންހެނުންގެ ވޯލްޑް ކަޕް ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
ސްވިޑެންގެ އިތުރުން ސްޕެއިން އާއި ޖަޕާން އަދި ނެދަލެންޑްސް ވެސް ވަނީ ކުއާޓާ އަށް ދަތުރު ކޮށްފަ އެވެ.
އިއްޔެ ސްވިޑެން އާއި އެމެރިކާ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުން ދެން ޖެހީ ޕެނަލްޓީ އެވެ.
ގަދަ 16 ގެ ދެ މެޗު ހޮނިހިރު ދުވަހު ކުޅުނުއިރު ސްޕެއިން ވަނީ 1-5 އިން ސްވިޒަލެންޑް ބަލިކޮށްފަ އެވެ. މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖަޕާނުން ނޯވޭ ބަލިކުރީ 1-3 އިންނެވެ. ނެދަލެންޑްސް ކުއާޓާގެ ޖާގަ ކަށަވަރުކުރީ އިއްޔެ 0-2 އިން ދެކުނު އެފްރިކާ ބަލިކޮށްގެންނެވެ.
މުބާރާތުން ކެޓުމުން އެމެރިކާގެ ކުޅުންތެރިން މާޔޫސް ވެފައި.-- ފޮޓޯ: އޭއެފްޕީ
ސްޕެއިން އިން ސްވިޒަލެންޑް ބަލިކުރި މެޗުގައި އެޓީމުން ފުރަތަމަ ހާފުގައި ހަތަރު ގޯލު ޖެހި އެވެ. ސްވިޒަލެންޑުގެ ހަމައެކަނި ގޯލަކީ ސްޕެއިން ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ގޯލެވެ. ސްޕެއިނުން ވަނީ ދެ ވަނަ ހާފުގައި އިތުރު ގޯލެއް ޖަހައި ފަރަގު ބޮޑުކޮށްފަ އެވެ. ސްޕެއިނަށް އަންހެން ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ލިބުނު މިއީ ފުރަތަމަ ފަހަރެވެ.
ނޯވޭއާ ދެކޮޅަށް ޖަޕާން ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ދެ ވަނަ ހާފުގައި ޖަޕާނުން ވަނީ ކުޅުން ރަނގަޅުކޮށް އިތުރު ދެ ގޯލު ޖަހައިފަ އެވެ.
ޖަޕާނުން ވަނީ 2011 ވަނަ އަހަރު އަންހެނުންގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފަ އެވެ. މިފަހަރުގެ މުބާރާތުގައި ޖަޕާނުން މޮޅު ކުޅުމެއް ދައްކަމުން އަންނައިރު ގްރޫޕް ސްޓޭޖުގައި އެޓީމު ވަނީ އެއް ވަނަ ހޯދައިފަ އެވެ. މުބާރާތުގައި ކުޅުނު ހަތަރު މެޗުގައި ޖަޕާނުން 14 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ އެންމެ ގޯލެކެވެ.
ޗެމްޕިއަން އެމެރިކާ ހިމެނުނު ގްރޫޕުގެ އެއް ވަނަ ހޯދި ނެދަލެންޑްސްގެ ފުރަތަމަ ގޯލު ނުވަ ވަނަ މިނިޓުގައި ޖެހީ ޖިލް ރޫޑް އެވެ. އޭގެފަހުން ދެކުނު އެފްރިކާ އިން ވަނީ ކުޅުން ރަނގަޅުކޮށް ހަމަލާތައް އުފައްދައިފަ އެވެ. ދެކުނު އެފްރިކާގެ ގޯލްކީޕަރު ކޭލިން ސްވާޓަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ނެދަލެންޑްސް އަށް ލީޑު ފުޅާކޮށްދިނީ ލައިނެތު ބީރެންސްޓީން އެވެ.
ކުއާޓާ ފައިނަލުގައި ނެދަލެންޑްސް ނުކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ. ސްވިޑެން ނުކުންނާނީ ޖަޕާނާ ދެކޮޅަށެވެ.
ގަދަ 16 ގައި މިއަދު ކުޅޭ މެޗުގައި އިންގްލެންޑް ނުކުންނާނީ ނައިޖީރިއާއާ ދެކޮޅަށެވެ. އޮސްޓްރޭލިއާ އާއި ޑެންމާކު ކުޅޭ މެޗު އޮންނާނީ މިއަދު ހަވީރު 3:30 ގަ އެވެ.
އަންހެނުންގެ ވޯލްޑް ކަަޕަށް ނައިކީގެ ތަފާތު އިސްތިހާރެއް
ވޯލްޑްކަޕްގައި އެމްބާޕޭ އާއި ހާލަންޑްގެ ކުރިމަތިލުން
ކެޕްޓަން ސާލިޔާގެ ހެޓްރިކުން އޮޑި އަށް ބޮޑު މޮޅެއް
ޓްރެންޓް އެންމެ މޮޅަށް ކުޅުނު މެޗުގައި އަނިޔާވެއްޖެ!
ތިން އަހަރަށްފަހު ނޭމާގެ ފުރަތަމަ ހެޓްރިކް
ލައްކައަކަށްވުރެ ބޮޑު ޓްރާންސްފާއެއް، ފައިސަލް ނިއުއަށް
ނިއު މޮޅުވާން އޮޑިން ފުރުސަތެއް ނުދިން
އަންހެން ފުޓްބޯޅައިގެ ފުރަތަމަ މެޗު ވިކްޓަރީ އަށް!
އަންހެން ލީގުގެ ކޮންމެ ޓީމަކަށް 100،000ރ.
ރެލިގޭޝަނުން މައްޗަށް ޖެހިލުމުގެ އުއްމީދު ޔޫވީއަށް