އިންޑިއާގެ ހިންދޫ ދީނުގެ ހާމުދުރަކު އޭނާގެ ދީން ފެތުރުމަށް ރާއްޖެ އައިސް މާލޭގައި އެއްވުމެއް ބާއްވަން ނިންމައި އެކަމުގެ އިޝްތިހާރު ކުރާ މައްސަލައެއް ފެންމަތިވުމުން އެކަން ބަލައި ފިޔަވަޅު އަޅަން އިސްލާމިކް މިނިސްޓްރީ ފުލުހުންނަށް މިއަދު މައްސަލަ ހުށަހަޅައިފި އެވެ.
31 އޯގަސްޓް 2023
އިންޑިއާގެ ހިންދޫ ދީނުގެ ހާމުދުރަކު އޭނާގެ ދީން ފެތުރުމަށް ރާއްޖެ އައިސް މާލޭގައި އެއްވުމެއް ބާއްވަން ނިންމައި އެކަމުގެ އިޝްތިހާރު ކުރާ މައްސަލައެއް ފެންމަތިވުމުން އެކަން ބަލައި ފިޔަވަޅު އަޅަން އިސްލާމިކް މިނިސްޓްރީ ފުލުހުންނަށް މިއަދު މައްސަލަ ހުށަހަޅައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލޭގެ ހޮޓަލެއްގައި "ސްޕްރިޓުއަލް ހީލާ"ގެ ނަމުގައި، ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާ ހިލާފު އަމަލުތަކެއް ހިންގަން އިޝްތިހާރު ކުރާ ކަމުގެ މައުލޫމާތު ލިބުމުން އެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ފުލުހުންގެ އިދާރާ އަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ އިޝްތިހާރުތަކުގައިވާ ގޮތުން، ޑރ. ގަނޭޝް ޑުބޭ ކިޔާ ހިންދޫ ދީނުގެ ހާމުދުރަކު އޭނާގެ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް މިދިޔަ އަންގާރަ ދުވަހުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް މާލޭގައި ބާއްވަން ވަނީ ނިންމައިފަ އެވެ. އެ ސެޝަންތައް ބާއްވާ ތަނެއް އިޝްތިހާރުތަކުގައި ބުނެފައެއް ނެތެވެ. ނަމަވެސް، ބުކިން ހައްދާނެ ނަންބަރާއި އަގު ވަނީ ޖަހައިފަ އެވެ.
އޭނާ އާއި އިތުރު މީހަކު މާލެ އައިސް އިއްޔެ ޗެކިން ވީ ހެންވޭރުގައި ހުންނަ އުނިމާ ގްރޭންޑް ހޮޓަލަށެވެ.
އެ މައްސަލަ ފެންމަތިވި ފަހުން، އުނިމާ ގްރޭންޑް ހޮޓަލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ހޮޓަލަށް ޗެކިންވި ގެނޭޝް ޑުބޭ އާއި ނިމިޝާ ކިޔާ އިންޑިއާގެ ދެ މީހަކު އެ ހޮޓަލުގެ އުސޫލުތަކާ ހިލާފުވުމުގެ ސަބަބުން އެ މީހުން މިހާރު ޗެކް-އައުޓް ކޮށްފައިވާ ކަމަށެވެ. އެ މީހުން ފޭސްބުކް މެދުވެރިކޮށް، ޖަހާފައިވާ އިޝްތިހާރުތަކަކީ އެ ހޮޓަލާ އެއްވެސް ގުޅުމެއް ވާ އެއްޗެއް ނޫން ކަމަށް ވެސް ނޫސްބަޔާނުގައި ވެ އެވެ.
އެ މައްސަލާގައި ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށް، ސަރުކާރަށް ވެސް ފާޑުކިޔަމުންނެވެ.
ހިތަދޫގައި ހިންދޫ ދީނުގެ އަޅުކަންކުރި މައްސަލަ ޕޮލިހަށް
ޕޮންގަލް ފާހަގަކުރަން އުޅެނިކޮށް ހުއްޓުވައިފި
އެހެން ދީންތަކުގެ ޝިއާރު ފާޅު ނުކުރެވޭނެ: މިނިސްޓްރީ
ފާލުބެލުމުގެ ހިދުމަތް ދޭ ގުރޫޕު ހިފަހައްޓައިފި
އާޓިފިޝަލް ބީޗުގައި ހަމަނުޖެހުން ހިންގި ބިދޭސީން ޑީޕޯޓު
ޑްރަގު އެތެރެކުރި އިންޑިއާގެ ދެ މީހަކު ހައްޔަރުކޮށްފި
އަލިފާނުގެ ހާދިސާގެ ތަގުގީގަށް އިންޑިއާގެ ޓީމެއް
މަނީ ލޯންޑަރިންގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި
ޕޮލިސް ސްޓޭޝަންތަކަށް ވީ ގޮތެއް ބަލަން އޮޑިޓް ކުރަނީ
ބަނޑޭރިކޮށިން ފެނުނު ހަށިގަނޑު އިންޑިއާ އަށް