Roadha Mihaaru
ހުޅުޖެހި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

މާފަންނު ޕްލާޒާގައި ހުޅުޖެހި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

06 ސެޕްޓެމްބަރ 2023

މާފަންނު ހައުސް ޕްލާޒާގެ އިމާރާތުގެ ތެރޭގައި މިއަދު ރޯކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާފަންނު ހައުސް ޕްލާޒާގެ އިމާރާތުގެ ތެރޭގައި މިއަދު ރޯކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މާފަންނު ހައުސް ޕްލާޒާގައި އަލިފާން ރޯވެފައިވާ ކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 11 ޖެހި ފަހުންނެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށް ފުލުހުން ބުންޏެވެ.

ސިފައިން ވަނީ އެ އަލިފާނުގަނޑު ކުޑައިރުކޮޅެއްގެ ތެރޭގައި ކޮންޓްރޯލް ކޮށްފަ އެވެ.

މާފަންނު ހައުސް ޕްލާޒާގައި ރޯވި އަލިފާންގަނޑު ނިއްވާލައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މާފަންނު ހައުސް ޕްލާޒާގައި ރޯވި އަލިފާންގަނޑު ނިއްވާލައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ހާދިސާއާ ގުޅިގެން ދިވެހި ދެ ފިރިހެނުން އެތަނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެމީހުން ހައްޔަރުކުރީ އެތަނުގައި ހުޅުޖެހި ކަމުގެ ތުހުމަތުގަ އެވެ.

ސިފައިން ބުނީ އެއީ މީހުން ދިރިއުޅޭ ގެއެއް ނޫން ކަމަށެވެ. ރޯވީ ގުދަނެއްގެ ގޮތަށް ހުރި އެތަނުގެ ތެރެއަށް ޖަމާކޮށްފައި ހުރި ކުނިތަކެއްގައި ކަމަށް ވެސް ސިފައިން ބުންޏެވެ.

މާފަންނު ހައުސް ޕްލާޒާގައި ރޯވި އަލިފާންގަނޑު ނިއްވާލައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މާފަންނު ހައުސް ޕްލާޒާގައި ރޯވި އަލިފާންގަނޑު ނިއްވާލައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ހިސާބުގައި ދިރިއުޅޭ ބައެއް މީހުން ބުނި ގޮތުގައި މިހާރު ފަޅަށް ހުންނަ އެ ގޭގެ ތެރެއަށް މަސްތުވާތަކެތި ބޭނުންކުރާ މީހުން ވަރަށް ގިނައިން ވަދެ އުޅެ އެވެ. މިއަދު ހައްޔަރުކުރި ދެ މީހުންނަކީ ވެސް އާންމުކޮށް އެތަނަށް ވަދެ އުޅޭ ދެމީހުންނެވެ.