11 ސެޕްޓެމްބަރ 2023
ނިއު ޔޯކް (ސެޕްޓެމްބަރު 11) - މިއަހަރުގެ ޔޫއެސް އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށް، ރެކޯޑް އަދަދުކަމަށްވާ 24 ވަނަ ފަހަރަށް ގްރޭންޑް ސްލޭމް ތަށި އުފުލާލުމަށް ފަހު ސާބިއާގެ ނޯވަކް ޖޮކޮވިޗް، ބާސްކެޓްބޯޅަ ލެޖެންޑް ކޯބީ ބްރަޔަންޓްގެ ހަނދާން އާކޮށްފި އެވެ.
ނިއު ޔޯކް (ސެޕްޓެމްބަރު 11) - މިއަހަރުގެ ޔޫއެސް އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށް، ރެކޯޑް އަދަދުކަމަށްވާ 24 ވަނަ ފަހަރަށް ގްރޭންޑް ސްލޭމް ތަށި އުފުލާލުމަށް ފަހު ސާބިއާގެ ނޯވަކް ޖޮކޮވިޗް، ބާސްކެޓްބޯޅަ ލެޖެންޑް ކޯބީ ބްރަޔަންޓްގެ ހަނދާން އާކޮށްފި އެވެ.
ޖެނުއަރީ 2020 ގައި ހިނގާދިޔަ ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައި ކޯބީ ވަނީ މަރުވެފަ އެވެ. އެ ހާދިސާގައި އޭނާގެ އޭނޭގެ 13 އަހަރުގެ އަންހެން ދަރިފުޅު ޖިއާނާއާ ވެސް ވަނީ މަރުވެފަ އެވެ.
ރޭ ކުޅުނު ޔޫއެސް އޯޕަން ފައިނަލްގައި ޖޮކޮވިޗް ވަނީ 6-3، 7-6، (7-5) އަދި 63 އިން ރަޝިއާގެ ޑެނީލް މެޑްވެޑޭވް ބަލިކޮށްފަ އެވެ.
މެޑްވެޑޭވް އަކީ 2021 ވަނަ އަހަރުގެ ޔޫއެސް އޯޕަން ފައިނަލްގައި ޖޮކޮވިޗް ބަލިކޮށް، "ކަލަންޑާ ސްލޭމް" އެއް ފުރިހަމަ ކުރުމުން ހުއްޓުވައިފަ އެވެ. އެ އަހަރުގެ ޔޫއެސް އޯޕަންގެ ކުރިން، އޮސްޓެރޭލިއަން އޯޕަން އާއި ފްރެންޗް އޯޕަން އަދި ވިމްބެލްޑަން ކާމިޔާބު ކުރީ ވެސް ޖޮކޮވިޗެވެ.
މިއަހަރުގެ ޔޫއެސް އޯޕަން މުބާރާތާ އެކު މިއަހަރު ވެސް ޖޮކޮވިޗް ވަނީ ތިން ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ވިމްބެލްޑަން މުބާރާތް އޭނާ އަށް ގެއްލުނީ ފައިނަލްގައި ކާލޯސް އަލްކަރާޒް އަތުން ބަލިވެގެންނެވެ.
މެޑްވެޑޭވް ޔޫއެސް އޯޕަންގެ ސެމީ ފައިނަލަށް ދިޔައީ 3-1 ސެޓުން ސެމީ ފައިނަލްގައި އަލްކަރާޒްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ޖޮކޮވިޗް ވަނީ ސެމީ ފައިނަލްގައި އެމެރިކާގެ ބެން ޝެލްޓަން ބަލިކޮށްފަ އެވެ.
ޔޫއެސް އޯޕަން ކާމިޔާބުކުރި ޖޮކޮވިޗް (ކ) އާއި ފައިނަލްގައި ވާދަކުރި މެޑްވެޑޭވް (ވ).-- ފޮޓޯ: އޭއެފްޕީ
"އަހަރެންނަށް ހިޔާލު ވެސް ނުކަން މިތާނގައި 24 ވަނަ ސްލޭމް އާ ގުޅޭގޮތުން ވާހަކަ ދައްކަން ހުންނާނެ ކަމަށް، އެކަމު ފާއިތުވި ދެތިން އަހަރު އަހަރެންނަށް ގަބޫލު ކުރެވުނު އަދި ފުރުސަތެއް އެބަ އޮތޭ ތާރީހު ބަދަލު ކޮށްލަން، ފުރުސަތުގެ ބޭނުން ރަނގަޅަށް ކުރަން ޖެހެއޭ،" ޖޮކޮވިޗް ބުންޏެވެ.
ފައިނަލް މެޗުގެ ކާމިޔާބީ އަށް ފަހު ޖޮކޮވިޗް ވަނީ، މީގެ ތިން އަހަރު ކުރިން މަރުވި ބާސްކެޓްބޯޅަ ލެޖެންޑް ކީބީ ބްރަޔަންޓް އާއި ޖޮކޮވިޗް އެކުގައި ހުރި ފޮޓޮއަކާ އެކު 24 ނަމްބަރު ޖެހި ޓީޝާޓެއް ލައިފަ އެވެ.
ޖޮކޮވިޗް ބުނީ، އޭނާ ޓެނިސް ކެރިއަރުގައި ކުރިމަތިވި އެންމެ ދަތި ދުވަސްވަރު، ހާއްސަކޮށް 2017 ގައި އުޅަނބޮއްޓަށް އަނިޔާވެ ކުޅުން ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު އޮތް އިރު ވެސް އެންމެ ގާތުން އެހީތެރިކަން ފޯރު ކޮށްދިން އެއް ފަރާތަކީ ކޯބީ ކަމަށެވެ.
"މި ޓީޝާޓް ހަދަން އަހަރެން ގަސްދުކުރިން މީގެ ދުވަސްކޮޅެއް ކުރިން. އޭނާ އަކީ އަހަރެންގެ ވަރަށް ގާތް ރަހުމަތްތެރިއެއް. މޮޅުވުމުގެ މެންޓަލިޓީއާ ގުޅޭގޮތުން އަހަރެމެން ވަރަށް ބައިވަރު ވާހަކަ ދެއްކިން،" ކޯބީގެ ހަނދާން އާކުރަމުން ޖޮކޮވިޗް ބުންޏެވެ.
"އަނިޔާގެ ސަބަބުން އަހަރެން އަލުން ކުޅުމުގެ ތެރެއަށް އައިސް ކުރީގެ މަގާމަށް ވާސިލް ވާން ކުރި މަސައްކަތުގައި އެންމެ ގާތުން އެހީތެރިކަން ފޯރު ކޮށްދީ، ހިތްވަރު ދިން އެއް ފަރާތަކީ އޭނާ. އޭނާގެ ކެރިއަރުގައި ލޭކާސް އަށް ކުޅުނުއިރު ބޭނުންކުރި 24 ނަމްބަރު ޖޯޒީ ވީމައި، އަހަރެން ހިތަށް އެރީ އަހަރެންގެ މި ކާމިޔާބީއާ އެކު އޭނާގެ ހަނދާން އާކޮށްލުމަކީ އަހަރެންނަށް ހިތްހަމަޖެހުމެއް ލިބޭނެ ކަމެއްކަމަށް."
ޖޮކޮވިޗްގެ 24 ވަނަ ގްރޭންޑް ސްލޭމް ތައްޓާ އެކު އޭނާ ވެފައި ވަނީ ޓެނިހުގެ އޯޕަން އީރާގައި އެންމެ ގިނަ ތަށި ހޯދި ކުޅުންތެރިޔާއަށެވެ. އަންހެން ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް ކާމިޔާބު ކޮށްފައި ވަނީ 23 ތައްޓެވެ. އޮސްޓްރޭލިއާގެ ކުރީގެ އަންހެން ކުޅުންތެރިޔާ މާގަރެޓް ކޯޓް ވެސް ވަނީ 24 ގްރޭންޑް ސްލޭމް ތަށި ހޯދައިފަ އެވެ. ނަމަވެސް އޭގެ ތެރެއިން 13 ތަށި ހޯދީ އޯޕަން އީރާގެ ކުރިންނެވެ.
ޔޫއެސް އޯޕަން މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލްގައި ބެލަރޫސްގެ އަރިޔާނާ ސަބަލެންކާ ބަލިކޮށް ކާމިޔާބު ހޯދީ އެމެރިކާގެ ކޮކޯ ގޯފް އެވެ.
މިއީ އުމުރުން 19 އަހަރުގެ ކުޅުންތެރިޔާ ކާމިޔާބު ކުރި ފުރަތަމަ ގްރޭންޑް ސްލޭމް ތައްޓެވެ. މީގެ ކުރިން އޭނާ ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލް ކުޅެފައި ވަނީ މިދިޔަ އަހަރު ފްރާންސްގެ ޕެރިހުގަ އެވެ.
ފެޑެރާގެ ރެކޯޑްމުގުރާލައި ޖޮކޮވިޗް ޔޫއެސްއޯޕަން ސެމީއަށް
ވެކްސިންގެ ލުޔާ އެކު ޖޮކޮވިޗަށް އެމެރިކާގައި ކުޅެވޭނެ
ވެކްސިން ނުޖަހައި އެމެރިކާގައިވެސް ޖޮކޮވިޗަށް ނުކުޅެވޭނެ
ޔޫއެސް އޯޕަންގެ ޗެމްޕިއަންކަން މެޑްވެޑޭވް ހޯދައިފި
ސަޕޯޓަރުންނާ އެކު އުފާކުރަން ޖޮކޮވިޗް ދެކޮޅު ހަދައިފި
އިނާމު ފައިސާ އުނިކޮށް ޖޮކޮވިޗްގެ މައްސަލަ ބަލަނީ
ލައިން ޖަޖެއްގައި ބޯޅައިން ޖެހުމުން ޖޮކޮވިޗް ވަކިކޮށްފި
ވަވްރިންކާ ޔޫއެސް އޯޕަން ކާމިޔާބުކޮށްފި
އޮލިމްޕިކްސްއިން ޖޮކޮވިޗް ރަން މެޑަލް ހޯދައިފި
ޖޮކޮވިޗް އޮލިމްޕިކްސްގައި ނަޑާލްގެ މައްޗަށް ކުރި ހޯދައިފި